ބޮންޑެޑް ވެއަރހައުސެއްގައި ހުރި ސިނގިރޭޓުތަކެއް ގެއްލުނު މައްސަލައެއް ބަލަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 58ސ
ބޮންޑެޑް ވެއަރހައުސެއްގައި ހުރި ސިނގިރޭޓުތަކެއް ގެއްލުނު މައްސަލައެއް ބަލަނީ

މޯލްޑިވްސް ކަސްޓަމްސް ސަރވިސަށް ނޭނގި ބޮންޑެޑް ވެއަރހައުސެއްގައި ހުރި ސިނގިރޭޓުތަކެއް ގެއްލުނު މައްސަލައެއް ފުލުހުންނާއި ކަސްޓަމްސްއިން ބަލަން ފަށައިފިއެވެ.

މިކަމާގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުގައި ދާޚިލީ ސަލާމަތާބެހޭ ވަޒީރު ވިދާޅުވީ އެ ވެއަރހައުސްއަކީ ކަސްޓަމަސްގެ ބެލުމުގެ ދަށުގައި ހުރި ތަނެއްނަމަވެސް އެތަނުގެ ވެރިފަރާތުން ވެއަރހައުސް ހިންގިތަން ދޫކޮށް އެތަނުގައި އެހެން މަސައްކަތެއް ކޮށްފައިވާ ކަމަށެވެ. އެ މައުލޫމާތު ލިބުމުން އެކަން ޔަގީންކޮށް ތަނުގެ ވެރިފަރާތަށް އެތަނުގައި ހުރިކަމަށް ރެކޯޑުތަކުން ދައްކާ މުދަލަށް ޑިއުޓީ ދެއްކުމަށް އަންގާފައިވާވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އަދި އެކަން ހިނގި ގޮތް ބަލައި ޤާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުންނާއި ކަސްޓަމްސްއިން ތަހުގީގުކުރައްވަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ބޮންޑެޑް ވެއަރހައުސް މާލޭގެ އެކި ގެތަކުގައި އަދި އެޕާޓްމަންޓުތަކުގައި އަންނަނީ ހިންގަމުންނެވެ. އެފަދަ ތަންތަނުގައި ދެތަޅު ހަރުކޮށް ތަޅުދަނޑި ބަލަހައްޓަނީ ކަސްޓަމްސްއިންނެވެ.

މުދާ ގެއްލުނު ބޮންޑެޑް ވެއަރހައުސްއަކީވެސް ގެއެއްގައި ހަދާފައި ހުރި ތަނެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

 

މިއަދު އޮންލައިން