ދަމުނަމާދަށާ ފަތިސްނަމާދަށް ހޭލެވުމުން ކަންނެތްވެ ނިދަން ހެޔޮނުވާނެ! އެނަގައިލެވެނީ ﷲ ތަޢާލާ ދެއްވަވާ ދަޢުވަތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ދަމުނަމާދަށާ ފަތިސްނަމާދަށް ހޭލެވުމުން ކަންނެތްވެ ނިދަން ހެޔޮނުވާނެ! އެނަގައިލެވެނީ ﷲ ތަޢާލާ ދެއްވަވާ ދަޢުވަތެއް!

ފަތިސް ނަމާދަށް ހޭލެވުމުންވެސް ބައެއް މީހުން ނަމާދުކުރަން ކަންނެތްވެއެވެ. ޚާއްޞަކޮށް ހިނައިގަންނަން ޖެހިފައިވާނަމަ ކަންނެތްކަން ވަކިން ބޮޑުވެއެވެ. ހިނައިގަންނަންޖެހިއްޖެނަމަ ހިނައިގަނެގެން ނިދަން އެންމެ ބޮޑަށް ބާރުއަޅަންޖެހޭ ސަބަބަކީވެސް އެއީއެވެ.  

އަބަދުވެސް ބުނާފަދައިން ގޭގެ މީހުންނަށް އެނގިދާނެތީ ހިނައިގަންނަން ލަދުނުގަންނާށެވެ! އެއީ ރޭގަނޑުގެ ވަޤުތެއް އަދި ފަތިހުގެ ވަޤުތެއް ކަމުގައިވީނަމަވެސްމެއެވެ. އަހުރެން ހުކުރު ޚުޠުބާ ކިޔަން މިންބަރުގައި ހުރެގެން މިވާހަކަތައް މިބުނަނީ ލަދެއް ނެތި މިވާހަކަތައް މިދައްކަނީ މިއީ އަހުރެންނާއި ހަމަ ތިއަބައިމީހުންގެ ދީނުގައިވެސް ޢަމަލުކުރަން އޮތްގޮތް ކަމަށްވާތީއެވެ.  

މީސްތަކުންނޭވެ! ފަތިސް ނަމާދަށް ހޭލެވިއްޖެނަމަ އެއީ ﷲ ތަޢާލާ ދެއްވަވާ ވަރަށް ބޮޑު ނިޢުމަތެކެވެ. ޚާއްޞަކޮށް ދަމުނަމާދަށް ހޭލެވިއްޖެނަމަ އެއީ ދެއްވަވާ ވަކިން ބޮޑު ނިޢުމަތެކެވެ. އެއީ ﷲ ތަޢާލާ ދެއްވަވާ ދަޢުވަތެކެވެ. ނަގާލަން ހެޔޮނުވާނެއެވެ. ޝައިޠޯނާގެ ބަހަށް ހެއްލި ނަމާދުކުރަން ކަންނެތް ނުވާށެވެ! ހެނދުނު ހޭލައިގެން ފަތިސްނަމާދުކޮށްލާނީކަމަށް ހިތަށް އަރުވައިގެން ނަމާދުނުކޮށް ނުނިދާށެވެ! އެއީ ކަންތައްކުރަން އޮތް ގޮތެއް ނޫނެވެ.  

ތިބާ ފަތިސްނަމާދަށާއި ދަމުނަމާދަށް ރައްކައުތެރިވާނަމަ ތިބާގެ ދަރިންވެސް އެކަން ދަސްކުރާނެއެވެ. އެއާދަހިފާނެއެވެ. އިން ޝާ ﷲ. ވީމާ މައިންބަފައިން ދަރިންނަށް ނަމޫނާ ދައްކަންވެސް ދަމުނަމާދަށާއި ފަތިސްނަމާދަށް ރައްކައުތެރިވާންވާނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން