ﷲ ތަޢާލާ ތިބާ އުފެއްދެވި ސިފަ ތިބާއަށް ކަމުގޮސް، އެސިފައިގަ ހުރުމަށް ތިބާ ލޯބިކުރާނަމަ ތިބާ އުފަލުގަ ލޯބިން ގެންގުޅޭނެ ބައިވެރިއަކު ﷲ ތަޢާލާ ދެއްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ﷲ ތަޢާލާ ތިބާ އުފެއްދެވި ސިފަ ތިބާއަށް ކަމުގޮސް، އެސިފައިގަ ހުރުމަށް ތިބާ ލޯބިކުރާނަމަ ތިބާ އުފަލުގަ ލޯބިން ގެންގުޅޭނެ ބައިވެރިއަކު ﷲ ތަޢާލާ ދެއްވަވާނެ! އިން ޝާ ﷲ

ތިބާ އާއި ބައްދަލުކުރަން ބޭނުންވާ ނުވަތަ ތިބާ ބައްދަލުކުރަން ބޭނުންވާ އެންމެންނާއިވެސް ތިބާ ﷲ ތަޢާލާ އުފައްދަވާފައިވާ ސިފައިގައި ބައްދަލުކުރާށެވެ! ކިތަންމެ ގިނަ ބައަކު ތިބާގެ ސިފަ ބަަލއިނުގަތަސް ކަންބޮޑުނުވާށެވެ! ތިބާގެ އަޞްލު ސިފައިގައި ތިބާ ބަލައިގަނެ ތިބާ ދެކެ ލޯބިވާނެ މީހަކާއި ބައްދަލުވާނެއެވެ. އިން ޝާ ﷲ  

ބައެއް މީހުންނަށް ތިބާގެ ހަމުގެ ކުލަ ކަމުނުގޮސްފާނެއެވެ. އިސްކޮޅާއި ރޫފަވެސް ކަމުނުގޮސްފާނެއެވެ. ގުނަވަންތައްވެސް ކަމުނުގޮސްފާނެއެވެ. ދަތްޕިލައާއި ލޮލާއި ތުންފަތްވެސް ކަމުނުގޮސްފާނެއެވެ. އެއީ އެމީހުންގެ މައްސަލައެކެވެ. ތިބާ ކަންބޮޑުވާންޖެހެންވީ މައްސަލައެއް ނޫނެވެ. އެހެނީ ތިބާއަށް ތިއަހުރެވެނީ ﷲ ތަޢާލާ ތިބާ އުފެއްދެވި ސިފައިގައެވެ. އެކަމުގައި ތިބާއަށް އެއްވެސް ބާރެއް ލިބިގެނެއް ނުވެއެވެ.

ގިނަ ބައަކަށް ކުރެވޭ އެންމެ ބޮޑު އެއް ކުށަކީ މީހުން ބުނާ ބަސްތައް ޤަބޫލުކުރެވި އަމިއްލަ ނަފްސާއިމެދު ފޫހިވެވެނީއެވެ. ތިމާގެ ސިފަ ތިމާއަށް ކަމުނުދަނީއެވެ. އެހެން ސިފައަކަށް ބަދަލުވާން ބޭނުންވެވެނީއެވެ. މިއީ ކުރެވޭ ވަރަށް ބޮޑު ކުށެކެވެ.  

ﷲ ތަޢާލާ ތިބާ އުފެއްދެވި ސިފަ ތިބާއަށް ރީތިވާށެވެ! އެސިފައަށް ތިބާ ލޯބިވާށެވެ! ޝުކުރުވެރިވުމަކީ އެއީއެވެ. މިކަމުގައިވެސް ޝުކުރުވެރިވެވިއްޖެނަމަ އެމީހަކަށް ﷲ ތަޢާލާ ލައްވަވާ ރަޙްމަތް މާބޮޑުވެގެންދާނެއެވެ. އަދި ތިބާ ހުރި ސިފައިގައި ތިބާ ދެކެ ލޯބިވާނެ، މާއުފަލުގައި ތިބާ ގެންގުޅޭނެ ބައިވެރިއަކުވެސް ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން