ތިބާދެކެ އެހެން މީހުން ރުޅިއަންނާތީ ނުވަތަ ލޯބިނުވާތީ ކަންބޮޑުވެ ނަފްސާނީނުވެ އުފަލުގަ ހުރެވޭނެ މަގު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ތިބާދެކެ އެހެން މީހުން ރުޅިއަންނާތީ ނުވަތަ ލޯބިނުވާތީ ކަންބޮޑުވެ ނަފްސާނީނުވެ އުފަލުގަ ހުރެވޭނެ މަގު!

ތިމާއަށް މިހުރީ ނަފްސާނީ މައްސަލަތަކެއް ޖެހިފައި ކަމަށް ޤަބޫލުކުރާ ބައެއް މީހުން ސަބަބެއް ކަމަށް ބުނަނީ ތިމާ ދެކެ އެހެން މީހުން ރުޅިއަންނާތީ ނުވަތަ އެހެން މީހުން ތިމާ ދެކެ ލޯބިނުވަތީ ކަމަށެވެ. 

ނިކަން ވިސްނައިލަބަލާށެވެ! ރަހްމާންވަންތަ ރަޙީމް ވަންތަ، އަހުރެމެން އެންމެންގެ ބޭނުންތައް ފުއްދަވައި ދެއްވަވާ ﷲ ތަޢާލާގެ ޙަޟްރަތަށް ނަފްރަތުކުރާ އަދި ލޯބިނުވާ މީހުން މަދީހެއްޔެވެ؟ 

ﷲ ތަޢާލާ އެންމެ މަތިވެރި ކުރެއްވެވި އިންސާނާ، ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެ ރުޅިއަންނަ މީހުން މަދީހެއްޔެވެ؟ 

އެހެންކަމަށްވާއިރު އެންމެންގެ ރުހުމާއި ލޯބި އަހުރެމެން އެއްވެސް މީހަކަށް ލިބޭނީ ކިހިނަކުން ހެއްޔެވެ؟ ދުވަހަކުވެސް އެކަން ޙާޞިލެއް ނުކުރެވޭނެއެވެ. އަދި އެއްވެސް މީހަކަށްވެސް އެކަން ޙާޞިލެއް ނުކުރެވޭނެއެވެ. ކޮންމެ މީހަކަށްވެސް ނުރުހޭ ބައަކާއި އެމީހަކު ދެކެ ލޯބިނުވާ ބައަކު ތިބޭނެއެވެ. 

ތިބާދެކެ ކިތަންމެ ގިނަ ބައަކު ރުއައިއްޔާ ވާނީ ކޮންކަމެއް ހެއްޔެވެ؟ އަހުރެމެން ދުނިޔެއަށް ފޮނުއްވަވާފައި މިތިބީ އެންމެންގެ ލޯބި ލިބޭ މީހަކަށްވުމަކަށް ނޫނެވެ. ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބޭ މީހަކަށް ވުމަށެވެ. ވީމާ މަސައްކަތްކުރަންވީ އެކަމަށެވެ. ޘާބިތުކަމާއިއެކު އެކަމަށް މަސައްކަތްކުރެވޭނަމަ ބައަކު ރުޅިއަންނާތީ ނުވަތަ އެއްވެސް މީހެއްގެ ލޯބި ނުލިބިގެން ކަންބޮޑުވެގެން އުޅޭކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން