ތިބާ ﷲ ތަޢާލާއަށް އިޚްލާޞްތެރި ނަމަ ހެޔޮ ގޮތެއް މިންވަރުކުރައްވަވަން ނޫނީ އެއްވެސް ދޮރެއް ބަންދެއް ނުކުރައްވަވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ތިބާ ﷲ ތަޢާލާއަށް އިޚްލާޞްތެރި ނަމަ ހެޔޮ ގޮތެއް މިންވަރުކުރައްވަވަން ނޫނީ އެއްވެސް ދޮރެއް ބަންދެއް ނުކުރައްވަވާނެ!: މުފްތީ މެންކް

ތިބާ ހުރީ ﷲ ތަޢާލާއަށް އިޚްލާޞްތެރިވެ ކިޔަމަންތެރިކަން އަދާކުރުންމަތީގައި ކަމަށްވާނަމަ މިހާރު ހުރި ރަޙްމަތަށްވުރެ ހެޔޮ ގޮތެއް މިންވަރުކުރައްވަވަން ނޫނީ އެއްވެސް ދޮރެއް ބަންދެއް ނުކުރައްވަވާނެތެވެ. އިން ޝާ ﷲ  

އަދާކުރަމުން ދިއަ ވަޒިފާ ގެއްލުނު ކިތައް މީހުންނަށް އަމިއްލަ ކުންފުނި ހުޅުވައި ވިޔަފާރި ފަށަން ފުރުޞަތު ލިބިފައިވޭ ހެއްޔެވެ؟  

ކައިވެނި ރޫޅުމުން އެކަނިވެރިވާންޖެހުނު ކިތައް މީހުންނަށް މާހެޔޮލަފާ ބައިވެރިއަކު ލިބި މާއުފަލުގައި އުޅެވެމުން އެބަދޭ ހެއްޔެވެ؟  

މިފަދަ ކޮންމެ ކަމަކުންވެސް އެނގިގެންދަނީ އަހުރެން ކުރިން މިބުނި ބަހުގެ ތެދުކަމެވެ. ތިބާ ހުރީ ﷲ ތަޢާލާއަށް އިޚްލާޞްތެރިވެ ކިޔަމަންތެރިކަން އަދާކުރުންމަތީގައި ކަމަށްވާނަމަ މިހާރު ހުރި ރަޙްމަތަށްވުރެ ހެޔޮ ގޮތެއް މިންވަރުކުރައްވަވަން ނޫނީ އެއްވެސް ދޮރެއް ބަންދެއް ނުކުރައްވަވާނެކަމެވެ. އިން ޝާ ﷲ  

ވީމާ ހާސްނުވާށެވެ! ކޮންމެ ޙާލަތެއް ކުރިމަތިވިނަމަވެސް އަލްޙަމްދުލިﷲ ކިޔާ މީހަކަށްވާށެވެ! ކުރިއަށްވުރެ މާރަނގަޅު ގޮތްތައް މިންވަރު ކުރައްވަވާނެތެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން