އާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލިމަނިކާއި އޭރުގެ ޗީފް ފައިނޭޝަލް އޮފިސަރ ޔާސިރު ފުރުން މަނާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
އާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލިމަނިކާއި އޭރުގެ ޗީފް ފައިނޭޝަލް އޮފިސަރ ޔާސިރު ފުރުން މަނާކޮށްފި

ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުައްސަލައަކާ ގުޅިގެން، އާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލިމަނިކާއި އޭރުގެ ޗީފް ފައިނޭޝަލް އޮފިސަރ ޔާސިރު ހަސަން ފުރުން މަނާކޮށްފިއެވެ. 

މި ފިޔަވަޅު އަޅާފައިވަނީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ބައެއް ވެރިންނާއި އެމީހުންގެ މަސްލަހަތު އޮންނަ ކުންފުނިތަކަށް އާރުޑީސީގެ ފައިސާ ވަދެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގުކުރަމުންދާތީއެވެ. މި މައްސަލައިގައި އެ ކުންފުނީގެ ވެރިއެއްގެ އެކައުންޓަކަށް 14 މިލިއަން ރުފިޔާ ވަދެފައިވާކަމަށް ތުހުމަތު ކުރެވެއެވެ.

ފުލުހުން ބުނާ ގޮތުގައި މި މައްސަލައިގައި ތިން މީހެއްގެ ބައިވެރިވުން އޮތްކަން ޔަގީންކުރެވިފައިވެއެވެ. އަދި އެ ތިން މީހުންގެ އަމިއްލަ އެކައުންޓުން ކުންފުނީގެ 14 މިލިއަން ރުފިޔާ ދައުރުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ. މީގެތެރެއިން އެކެއްގެ އެކައުންޓަށް 11 މިލިއަން ރުފިޔާ އަދި އިތުރު ދެ މީހެއްގެ އެކައުންޓަށް 4 މިލިއަން ރުފިޔާ ޖަމާކޮށްފައިވާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

ފުލުހުން އިތުރަށް ބުނާ ގޮތުގައި، މި މައްސަލައިގައި ހިމެނޭކަމަށް ތުހުމަތުކުރެވޭ މީހެއްގެ އެކައުންޓަށް އާރުޑީސީގެ އެކައުންޓުން 216 ޓްރާންސެކްޝަން ހަދާފައިވެއެވެ. ކޮންމެ ޓްރާންސެކްޝަނެއްގެ ތެރޭގައި އެތަކެއް މީހަކާ ގުޅުންހުރި އިތުރު ޓްރާންސެކްޝަންތައް ހިމެނޭ ކަމަށާއި، އޭގެއިން ކޮންމެ އެކައުންޓެއްގެ މަޢުލޫމާތަކީ ވަކިވަކިން ހޯދަންޖެހޭ މަޢުލޫމާތު ކަމަށްވެސް ފުލުހުން ބުނެއެވެ.

މި މަހުގެ 27 ވަނަ ދުވަހުގެ ރޭ، މޫސާ އަލިމަނިކާއި ޔާސިރު ހަސަން ދިރިއުޅޭ ގެއާއި، އެމީހުންނާ ގުޅުންހުރި ދެތަނެއް ބަލައި ފާސްކޮށް، އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަން ފާހަގަކުރެވެއެވެ.

ފުލުހުން މި މައްސަލަ ތަހުގީގުކުރަމުންދާއިރު، ހިޔާނާތްތެރިވިކަމަށް ބެލެވޭ ފައިސާ ނިމިދިޔަ ސަރުކާރުގެ ބައެއް ވެރިންނާއި އެމީހުންގެ މަސްލަހަތު އޮންނަ ކުންފުނިތަކަށްވެސް ވަދެފައިވާކަން ތަހުގީގަށް ހާމަވާކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، އިތުރު މަޢުލޫމާތު ލިބުމުން އާންމުކުރާނެކަމަށް ފުލުހުން ބުނެއެވެ.

މިއަދު އޮންލައިން