ﷲ ތަޢާލާ ތިމާއަށް ރުހިވޮޑިގެންވުމަށް އެދެވި އެކަމަށް މަސައްކަތްކުރެވޭނަމަ އެއީ އެމީހަކަށް ލައްވަވާ ވަރަށް ބޮޑު ރަޙްމަތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ﷲ ތަޢާލާ ތިމާއަށް ރުހިވޮޑިގެންވުމަށް އެދެވި އެކަމަށް މަސައްކަތްކުރެވޭނަމަ އެއީ އެމީހަކަށް ލައްވަވާ ވަރަށް ބޮޑު ރަޙްމަތެއް!

ﷲ ތަޢާލާ އެމީހަކަށް ރުހިވޮޑިގެންފިކަން ޔަޤީންކުރެވޭނެ އެއްވެސް ގޮތެއް މިދުނިޔޭގައި ތިބޭއިރު ނެތް ނަމަވެސް ﷲ ތަޢާލާ އެމީހަކަށް ރުހިވޮޑިގެންފިނަމަ އެމީހެއްގެ ކިބައިން ފެނިގެންދާނެ ބައެއް ޢަލާމާތްތަކުގެ ތެރެއިން އެއް ޢަލާމާތަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމަށް އެދެވުމެވެ. އެމީހަކީ ﷲ ތަޢާލާއަށް ރުހިގެންހުރި މީހަކު ކަމުގައިވުމެވެ.  

އެގޮތުން އެފަދަ މީހުން އަބަދުވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުމަށް އަބަދުވެސް އެދޭނެއެވެ. ތިމާއަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅަކުކަމުގައި ލެއްވެވުން އެދި ދުޢާކުރެވޭނެއެވެ.  

އިމާމް ޙަސަބުލްބަޞަރީ ޙަރަމްފުޅުގެ އަރިހުން ދަނިކޮށް މީހަކު އޭނާއަށް ރުއްސެވުން އެދި ދުޢާކުރާއަޑު އިވުމުން ސުވާލުކުރެއްވެވިއެވެ. "ތިބާ ތިއަހުރީ ﷲ ތަޢާލާއަށް ރުހިގެންހެއްޔެވެ؟" އޭނާ ދެންނެވިއެވެ. "މިއަޅާ ﷲ ތަޢާލާއަށް ރުހޭނީ ކިހިނަކުންތޯއެވެ؟"  

ﷲ ތަޢާލާއަށް ރުހުމަކީ މިންވަރުފުޅަށް ރުހުމެވެ. އުފާވެރި ޙާލަތުގައާއި ދަތި އުނދަގޫ ޙާލަތުގައިވެސް އެއްވެސް ޝަކުވާއެއް ނުކޮށްހުރުމެވެ. މިއީ ﷲ ތަޢާލާގެ ރަޙްމަތް ކަމަށް ޤަބޫލުކޮށް އުފަލުގައި ހުރުމެވެ. ޝުކުރުވެރިވެގެން ހުރުމެވެ.

 

- --ޝައިޚް މުޙައްމަދު ބާޖައުރުގެ ދަރުސަކުން

 

 

މިއަދު އޮންލައިން