ހަދުމަކޮށްދިނުމެއް!: ﷲ ގެ ޙަޟްރަތުން ކަންކަމަށް އެދި މިމަގުން ދަންނަވާ މީހަކަށް ހިންމަވައިދެއްވަވާނެތެވެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ހަދުމަކޮށްދިނުމެއް!: ﷲ ގެ ޙަޟްރަތުން ކަންކަމަށް އެދި މިމަގުން ދަންނަވާ މީހަކަށް ހިންމަވައިދެއްވަވާނެތެވެ! އިން ޝާ ﷲ

އެއްވެސް ކަމަކަށް ކޮންމެ ވަޤުތަކު ބޭނުންވިނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި ނުދެންނެވޭނެ އެއްވެސް ވަޤުތެއް މުސްލިމުންނަކަށް ނުވެއެވެ. ﷲ ތަޢާލާ އާއި ތިބާއަށް ކޮންމެ އިރަކުވެސް ވާހަކަ ދެއްކޭނެ ކަމަށް ބުނެވޭ ބަހުގެ މާނައަކީ ތިބާ ބޭނުން ކޮންމެ ވަގުތަކުވެވެސް އަދި ކޮންމެ ކަމަކަށް ބޭނުންވުމުންވެސް ހަމަ ކޮންމެ ވަގުތަކުވެސް ﷲ ތަޢާލާއަށް ދެންނެވޭނެ ކަމެވެ. 

ދެލޯމަރައި ދުނިޔޭގެ ކަންކަމަށް ނަޒަރުހިންގުން ހުއްޓައިލާށެވެ! އެދޭ ކަންކަމުގެ ވާހަކަތައް ދަންނަވާށެވެ! ދަންނަވަންވީ ހަމައެކަނިދުލުންނެވެ. ހިތާއި ދުލުންނެވެ. އެހެނީ ވާހަކަތައް ދަންނަވާއިރު ހިތްމައްޗަށް ކަންކަން ނުގެނެވޭނަމަ ދުލުން ދެންނެވޭ ބަހުގެއެއްވެސް ބޭނުމެއް ނެތެވެ. ކޮންމެ ކަމެއްގައިވެސް ﷲ ތަޢާލާ ބައްލަވައިވޮޑިގެންވަނީ ތިބާގެ ހިތަށެވެ. 

މުޞީބާތެއް ކުރިމަތިވެފައިވާނަމަ އެކަމަކުން އަރައިގަނެވޭނެ މަގު ތިމާއަށް ނުއެނގޭކަމަށާއި އެމަގު އަނގަވައިދެއްވެވުމަށް އެދޭށެވެ. އަދި ﷲ ތަޢާލާ އަންގަވައިދެއްވެވި އެއްޗެއް މެނުވީ ނުއެނގޭނެ ކަމަށާއި ހިތްމަވައިދެއްވެވި ކަމެއް މެނުވީ ޙާޞިލުނުކުރެވޭނެ ކަމަށާއި ލެއްވެވި ރަޙްމަތަކުން ނޫނީ އެއްވެސް މަންފާއެއް ނުކުރާނެކަމަށް ޤަބޫލުކުރާކަމަށްވެސް ދަންނަވާށެވެ. 

ﷲ ތަޢާލާގެ ޙަޟްރަތުން ކަންކަމަށް އެދި ދަންނަވަން ކޮންމެހެން ދޫތަޅުވާކަށްވެސް ނުޖެހެއެވެ. ބޭނުންވަނީ ނިކަމެތި ޙާލުގައި އިނދެ މަޑުމޮޅިކަމާއިއެކު ހިތާއި ނަފުސުން ކަންކަން ބަޔާންކުރުމެވެ. މިފަދައިން ﷲ ތަޢާލާއަށް ދަންނަވާ އަޅުންނަށް ރަޙްމަތް ލައްވަވާނެތެވެ. އެދޭކަންކަން ހިންމަވައި ދެއްވަވާނެތެވެ. މާޔޫސްވާން ދޫކޮށް ނުލައްވަވާނެތެވެ. ﷲ ތަޢާލާ އެމީހަކަށް ރަޙްމަތް ލެއްވެވުމުން އެމީހަކަށް އެކަން އިޙްޞާޞްކުރެވޭނެއެވެ. އިން ޝާ ﷲ 

މުސްލިމުންގެ ޤިބްލަ މަސްޖިދުލްއަޤްޞާ އިން މައްކާގެ ޙަރަމްފުޅަށް ބަދަލުކުރެއްވެވި ޙާލަތަށް ވިސްނައިލާށެވެ! ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ ވަނީ އެކަން ހނގައިދިއަގޮތް ބަޔާންކުރައްވަވައިފައެވެ. 

އެކަމަށް އެދިވަޑައިގެން ރަސޫލް () އެއްވެސް ބަސްފުޅެއް ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވާފައެއް ނުވެއެވެ. ހަމައެކަނި މަތިބައްލަވައިލެއްވެވެވީއެވެ. އެކަމުން އެނގިގެންދަނީ ދުލުން ބަސްތައް ނުދެންނެވިނަމަވެސް ހިތުން ކަމަކަށް އެދިއްޖެނަމަ އެކަމެއް ﷲ ތަޢާލާ ހިންމްވައި ދެއްވަވާނެ ކަމެވެ. އިން ޝާ ﷲ

 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

 

 

މިއަދު އޮންލައިން