އެސްފީނާއާއިމެދު މިކަންކަމަށް އަބަދުވެސް ސަމާލުވެ ވިސްނަންޖެހޭނެ! ސިހުރަށްވުރެ ދުނިޔެއަށް ދޮށީވެސް އެސްފީނާ! ބޮޑަށް ސަމާލުވާންޖެހެނީވެސް އެސްފީނާއަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
އެސްފީނާއާއިމެދު މިކަންކަމަށް އަބަދުވެސް ސަމާލުވެ ވިސްނަންޖެހޭނެ! ސިހުރަށްވުރެ ދުނިޔެއަށް ދޮށީވެސް އެސްފީނާ! ބޮޑަށް ސަމާލުވާންޖެހެނީވެސް އެސްފީނާއަށް!

ސިޙުރަށް ބަލައިފިނަމަ ސިޙުރުވެރިކަން ފައުޅުވެ ޢާންމުވީ ދުނިޔޭގައި މީސްތަކުން އުޅެންފެށިތާ އެތައް އަހަރެއް ފަހުންކަން އެނގެން އޮތް ނަމަވެސް ދުނިޔޭގައި މީސްތަކުން އުޅެން ފެށީންސުރެ އެސްފީނާގެ ނުބައިކަން ވަނީ ފެށިފައެވެ. އެހެނީ އެސްފީނާގެ އަޞްލަކީ ޙަސަދަވެރިކަން ކަމަށްވާތީއެވެ. ޙަސަދަވެރިކަމަކީ ފެށުނީންސުރެ ދެމިއޮތް ކަމަކަށްވާތީއެވެ.  

ގިނަ ބައަކު ބޮޑަށް ޖެހިލުންވެ ބިރުގަންނަނީ ސިޙުރަށެވެ. ނަމަވެސް އެސްފީނާއަކީ ވަކި ކުޑަކަމެއް ނޫނެވެ. އަހުރެންގެ ވިސްނުމުގައި އެސްފީނާގެ ނުރައްކާ މާބޮޑެވެ. ސަބަބަކީ އެސްފީނާއަކީ އަބަދުވެސް ތިމާއާއި ދިމާއަށް އައިސްއައިސް ހުންނަ އެއްޗަކަށްވާތީއެވެ. އަދި އެކަން ކުރިމަތިވާނީ ކާކުގެ ކިބައިންކަންވެސް ނުއެނގޭނެތީއެވެ.   

ކިތަންމެ ޣާތް އެކުވެރިއެއްގެ ކިބައިންވެސް އަދި ޢާއިލާގެ މީހެއްގެ ކިބައިންވެސް އަދި ނުދަންނަ މީހެއްގެ ކިބައިންވެސް އެސްފީނާ ޖެހިދާނެއެވެ. ކުރިން ބުނިފަދައިން އެސްފީނާގެ އަޞްލަކީ ހިތުގައި އުފެދޭ ޙަސަދަވެރިކަން ކަމަށްވާތީއެވެ.  

ޙައްލަށްބަލާއިރު ފުރަތަމަ ކަމަކީ ﷲ ތަޢާލާގެ ޙަޟްރަތުން ރައްކައުތެރިކަމަށް އެދުމެވެ. ކިޔަންޖެހޭ ޛިކުރުތައް ކިޔަމުން ގެންދިއުމެވެ. އެކަމަށް ފަރުވާކުޑަނުކުރުމެވެ. ހަމައެއާއިއެކު އަމިއްލަ ދިރިއުޅުމުގެ ކާމިޔާބީތަކާއި ލިބޭ އުފާވެރިކަން ހަމަ އެއްވެސް މީހަކަށް ޙިއްޞާ ނުކުރުމެވެ.  

ގިނަ ބައަކަށް އެންމެ ބޮޑަށް އިހްމާލްވެވޭ އެއްކަމަކީ ތިމާގެ ރީތިކަން މީސްތަކުންނަށް ދެއްކުމެވެ. މާނައަކީ ޒީނަތްތެރިވުމުގައި ހައްދުފަހަނައަޅައި ދިއުމެވެ. އެހެން މީހުންގެ ސަމާލުކަން ލިބޭވަރަށް ޒީނަތްތެރިވުމެވެ. މިކަމަށް ކަނބަލުން ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެއެވެ. ހިލޭ ފިރިހެނުންގެ ކުރިމަތީގައިވެސް އަދި ހިލޭ އަންހެނުންގެ ކުރިމަތީގައިވެސް ތިއަ ކަނބަލުންގެ ޒީނަތްތެރިކަން ފައުޅުނުކުރާށެވެ. ތިއަ ކަނަބަލުން ފުރިހަމައަށް ނިވާވެގެން ތިބުމަށް ދީނުގައި އެއޮތީ މިފަދަ ހުރިހާ މުޞީބާތްތަކުން ތިއަކަނބަލުން ރައްކައުތެރިކުރުމަށްޓަކައެވެ. ހަމަ ތިއަކަނބަލުންނަށްޓަކައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން