ކައިވެނިކޮށްގެންހުރެ ހިލޭ ފިރިހެނަކާ ގުޅުން ބޭއްވުމަކީ އާޚިރަތް ގެއްލިދާނެ ކަމެއް!: ޝައިޚް މުޙައްމަދު އިބްރާހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ކައިވެނިކޮށްގެންހުރެ ހިލޭ ފިރިހެނަކާ ގުޅުން ބޭއްވުމަކީ އާޚިރަތް ގެއްލިދާނެ ކަމެއް!: ޝައިޚް މުޙައްމަދު އިބްރާހީމް

ފިރިމީހާ ނުރުހުނު ނަމަވެސް އަނބިމީހާ ހިލޭ ފިރިހެނަކާ އެކުވެރިކަން ވިޔަސް އެގޮތަށް ގުޅުން ބޭއްވުމަކީ އަނބިމީހާއަށް ކިހާވަރެއްގެ ޢަޒާބެއް އެކަމުގެ ސަބަބުން ލިބޭނެ ކަމެއްތޯ؟ 

ފުރަތަމަ މީހަކާ އިނދެގެން ތިހިރީ، އަދި ފިރިމީހާއެއްވެސް ޤަބޫލެއްވެސް ނޫން. މިހާރު ތީގަ އެތައް ބައިވަރު ފާފައެއް ހިނގައެއްޖެ. އެއީ ފިރިމީހާގެ އަމުރަށް ނުކިޔަމަންތެރިވުމުގެ ފާފަ. ﷲ ސުބުޙާނަހޫ ވަތަޢާލާ ނަހީ ކުރައްވާފައިވާ ކަމަކަށް އަރައިގަތުމުގެ ފާފަ. އެހެންމަ ފާފަ ބޮޑުވެގެން އެބަދޭ އެތަނުގަ. 

މިހާރު މީހަކާ ނީނދެ ހުއްޓަކަސް ހިލޭ ފިރިހެނަކާ ގުޅުމެއް ނުބޭއްވޭނެ. ހިލޭ ފިރިހެނަކާ ގުޅުމެއް ނުބޭއްވޭނެ މީހަކާ ނީނދެ ހުއްޓަސް. ދެން އަދި މީހަކާ އިނދެގެން ހުރެ ބޭއްވީމަ އެއީ ފިރިމީހާއަށްވެސް ވެވޭ ޚިޔާނާތެއް އެއީ! އެކަމުގެ ފާފަވެސް އޮންނާނެ އެކަންކުރީމަ! ފިރިމީހާއށް ވެވޭ ޚިޔާނާތުގެ ފާފަވެސް އަދި ﷲ ސުބުޙާނަހޫ ވަތަޢާލާ ނަހީ ކުރެއްވި ކަމަކަށް އަރައިގަތުމުގެ ފާފަވެސް އޭނާއަށް އޮންނާނެ. އެހެންމަ ފާފަ ބޮޑުވެގެން ދާނެ އެހާލަތުގަ އޭނާއަށް. 

ދެން ކޮންމެގޮތެއްވިޔަސް ކައިވެންޏަށް ފުށު އަރައިގެން ދާކަންތައްތައް އެ ހުންނަނީ. އެކަހަލަ ގުޅުންތައް ބޭއްވީމަ. ކައިވެންޏެއް ދެމިއެއް ނޯއްނާނެ. ކައިވެނީގެ އުފަލާއި ހިތްހަމަޖެހުން ގެއްލިގެން ދާނެކަހަލަ ކަންތައްތައް އެ ހުންނަނީ. އެހެންވީމަ އެކަންތައްތަކުން ދުރުވާންޖެހޭނެ. 

ފިރިމީހާއަށް ޝައްކު އުފެދޭ ކަންތައްތަކުންނާއި ދިރިއުޅުން ބާއްޖަވެރި ކުރުމަށްޓަކާ. އެހެންމަ ޢަޒާބު ލިބޭނެ އޭގަ، އެ ފިރިމީހާއަށް ޚިޔާނާތްތެރި ވުމުގެ ޢަޒާބު. ފިރިމީހާ ރުހޭ ހާލުގަ އޭނަ މަރުވެއްޖެއްޔާވެސް ސުވަރުގެވެސްވަދެވޭނީ. 

ޙަދީޘްގަ އެއޮތީ ---- " އަންހެނަކު އޭނާގެ ފިރިމީހާ އޭނާގެ މައްޗަށް ރުހޭހާލުގަ އޭނަ މަރުވެއްޖެނަމަ އޭނަ ސުވަރުގެ ވަންނާނެ." ފިރިމީހާ ނުރުހޭ ހާލުގަ އޭނަ މަރުވެއްޖެއްޔާ ނުވަންނާނެއެކޭ ނޫން މިބުނީ. އެ ޙަދީޘްގެ އިދިކޮޅު މާނައަކީ އެއީ. ފިރިމީހާ ނުރުހޭ ހަލުގަ، އޭނާގެ މައްޗަށް ނުރުހޭ ހާލުގަ ހުއްޓަ މަރުވެއްޖެއްޔާ އޭނާ ސުވަރުގެއިން މަހުރޫމްވެގެން އެބަދޭ އެހެންވީމަ އޭނަ. އެހެންވީމަ ބޮޑު މައްސަލައެއް އެއީ. މިހާރު ފިރިމީހާ ކޮންމެ ގޮތެއްވިޔަސް ނުރުހޭނެ އޭނާއަކަށް އޭނަ ހިލޭ ފިރިހެނަކާ ގުޅުން ބާއްވާކަށް. އެހާލަތުގަ ހުއްޓަ އޭނަ މަރުވީ، މަރުވެއްޖެއްޔާ ގެއްލުނީ. އުޚުރަވީ ހަޔާތް ބަރުބާދުވީ.

 

- ޝައިޚް މުޙައްމަދު އިބްރާހީމް

 

މިއަދު އޮންލައިން