އެންމެ މާތްކަން ގަދަ މީހަކަށްވުމަށް އެދެމުތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
އެންމެ މާތްކަން ގަދަ މީހަކަށްވުމަށް އެދެމުތަ؟

އެންމެ މާތްކަން ގަދަވެގެންވަނީ ކާކު؟ ކެތްތެރިވާ ފަޤީރުމީހާތަ ނޫނީ ޝުކުރުވެރިވާ މުއްސަނދިމީހާތަ؟ ކެތްތެރިވުމުގެ ތަޢުރީފަކީ ކޮބާ؟ އަދި ޝުކުރުވެރިވުމުގެ ތަޢުރީފަކީ ކޮބާ؟ 

ޖަވާބު: މުއްސަނދިކަމާއި ފަޤީރުކަމަށް ބަލާލާއިރު، އެދެކަމުގައި ކެތްތެރިޔާއާއި ޝުކުރުކުރާ މީހާވެސް ހިމެނެނީ މުއުމިނުންގެ ތެރެއިން މާތްމީހުންގެ ތެރޭގައެވެ. އެދެމީހުންގެ ތެރެއިން އެންމެ މާތް މީހަކީ އޭގެތެރެއިން އެންމެ ތަޤްވާވެރި މީހާއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާގެ މި ވަޙީ ބަސްފުޅުގައި ވާފަދައިންނެވެ. إِنَّ أَكْرَمَكُمْ عِنْدَ اللَّهِ أَتْقَاكُمْ  الحجرات: ١٣  މާނަ:  "ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން ﷲގެ ޙަޟްރަތުގައި އެންމެ މާތްކަންބޮޑީ ތިޔަބައިމީހުންގެ ތެރެއިން އެންމެ ތަޤްވާވެރިމީހާއެވެ." 

ކެތްތެރިކަމުގެ ތަޢުރީފަކީ ހިތާމަވެރިނުވުމާއި މާޔޫސްނުވުމެވެ. ޝުކުރުވެރިވުމުގެ ތަޢުރީފަކީ ﷲ ތިބާއަށް ދެއްވާފައިވާ ނިޢުމަތްތަކުގެ ބޭނުންކުރުމާއެކު އެއިލާހަށް ކިޔަމަންތެރިވުމެވެ. 

= ޝައިޚުލް އިސްލާމް މުޙައްމަދު ބިން ޢަބްދުލްވައްހާބް ލިޔުއްވާފައިވާ ދަލާއިލުއްތައުޙީދި (ތައުޙީދުގެ ދަލީލުތައް) ގެ ތަރުޖަމާ = 

- ޝައިޚް މުޙައްމަދު ޝާފިޢް

 

މިއަދު އޮންލައިން