އެމީހެއްގެ އަހުލުން ރައްކާތެރިކުރުމުގައި މަރުވެއްޖެ މީހަކީ ޝަހީދެކެވެ!: ޙަދީޘް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 21ސ
އެމީހެއްގެ އަހުލުން ރައްކާތެރިކުރުމުގައި މަރުވެއްޖެ މީހަކީ ޝަހީދެކެވެ!: ޙަދީޘް

ނަބިއްޔާ صلى الله عله وسلم ޙަދީޘްކުރެއްވިއެވެ. 

«مَنْ قُتِلَ دُونَ مَالِهِ فَهُوَ شَهِيدٌ، وَمَنْ قُتِلَ دُونَ دِينِهِ فَهُوَ شَهِيدٌ، وَمَنْ قُتِلَ دُونَ دَمِهِ فَهُوَ شَهِيدٌ، وَمَنْ قُتِلَ دُونَ أَهْلِهِ فَهُوَ شَهِيدٌ» [رواه الترمذي (1421) وصححه الألباني في صحيح الترغيب والترهيب (1411)]

މާނައީ: "އެމީހެއްގެ މުދާ ދިފާޢުކުރުމުގައި މަރުވެއްޖެ މީހަކީ ޝަހީދެކެވެ. އަދި އެމީހެއްގެ ދީން ދިފާޢުކުރުމުގައި މަރުވެއްޖެ މީހަކީ ޝަހީދެކެވެ. އަދި އެމީހެއްގެ ލޭ (ފުރާނަ) ރައްކާތެރިކުރުމުގައި މަރުވެއްޖެ މީހަކީ ޝަހީދެކެވެ. އަދި އެމީހެއްގެ އަހުލުން ރައްކާތެރިކުރުމުގައި މަރުވެއްޖެ މީހަކީ ޝަހީދެކެވެ." 

ފަހެ މަސްޖިދުލް އަޤްޞާގެ ދިފާޢުގައި އަދި ފަލަސްޠީނުގެ އަހުލުވެރިންގެ ދިފާޢުގައި ފަލަސްޠީނުގެ ހިތްވަރުގަދަ އަބްޠާލުންނާއި މުޖާހިދުން، އެކަމުގައި ވެވޭނެ އެންމެ މަތިވެރި ޤުރުބާނީވަމުންދާ ތަން މިއަދު އަޅުގަނޑުމެންނަށް މިދަނީ ފެންނަމުންނެވެ. ޢަދުއްވުންނާ އެބައިމީހުން ކުރިމަތިލަމުން އެދަނީ ފަސްޖެހުމެއް ނެތި ކެރިގެންނެވެ. އަދި އެކަމުގައި އެބައިމީހުން އެގެންދަނީ އަޅުގަނޑުމެންނަށް އެތައް ގިނަގުނަ ޢިބުރަތްތަކާއި ދަރުސްތައް ދެމުންނެވެ. 

يا الله! ފަލަސްޠީނުގައިވާ އަޅުގަނޑުމެންގެ ލޮބުވެތި އަޚުންނާއި އުޚްތުން އެ ވަމުންގެންދާ ޤުރުބާނީ ޤަބޫލުކުރައްވާ، އެބައިމީހުންގެ ފައިތިލަ ސާބިތުކުރައްވާ، ކާފިރުންގެ މައްޗަށް ނަޞްރު ދެއްވާނދޭވެ!  އަދި އެބައިމީހުންގެ ތެރެއިން މަރުވި މީހުންނަށް ޝަހީދުންގެ މަތިވެރި ދަރަޖަ ދެއްވާނދޭވެ! އާމީން . 

- އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީ

 

މިއަދު އޮންލައިން