މައިންބަފައިންނަށް އަޅާލައި ހެޔޮކޮށް ހިތިނަމަވެސް އެކަން އެމީހުން ބަލައިނުގަންނަނަމަ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 23ސ
މައިންބަފައިންނަށް އަޅާލައި ހެޔޮކޮށް ހިތިނަމަވެސް އެކަން އެމީހުން ބަލައިނުގަންނަނަމަ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެތަ؟

މައިންބަފައިންނަށް ހެޔޮކޮށް ހިތައި އެމީހުންގެ ލޯބި ލިބިގަންނަން މަސައްކަތްކުރަން އޮތް ސަބަބުތައް ވަރަށް ގިނައެވެ. މިމައުޟޫއަށް ފެށުމުން ދަރިން ކުރާ ސުވާލެއްވެސް އޮވެއެވެ. ވީމާ މައުޟޫޢުގެ ތަފްޞީލަށް އެސުވާލަށް ޖަވާބުދޭނަމެވެ. އިން ޝާ ﷲ 

އެސުވާލަކީ މައިންބަފައިންނަށް ކިތަންމެ ރަނގަޅަށް ކަންކަްނކޮށްދިނަސް އެމީހުން ބަލައިނުގަންނަނަމަ ދެންވާނީ ކިހިނެއްތޯއެވެ؟ މިގޮތުން ކުރެވޭ ސުވާލުގެ ޖަވާބަކީ ﷲ ތަޢާލާ މީސްތަކުންނަށް ޖަޒާދެއްވަވަނީ (ޘަވާބާއި ދަރުމަ ދެއްވަވަނީ، އެމީހެއްގެ ދަރަޖަ އުފުއްލަވަނީ) މީހުން ބުނާ ބަހަކަށް ނޫނެވެ. އެމީހަކު ކުރާ ޢަމަލުތަކަށެވެ. އެކަންކަން ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ. 

ވީމާ ދަރިން ކޮށްދޭ ހެޔޮކަންކަން މައިންބަފައިން ބަލައިނުގަތްނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުން އެދަރިއަކަށް ދެއްވަވަން ހުރި ޘަވާބާއި ދަރުމަ ދެއްވަވާނެތެވެ! އެކަމުގައި ޛައްރެއްގެ މިންވަރުވެސް އުނިނުކުރައްވަވާނެތެވެ. އިން ޝާ ﷲ 

ވީމާ ދަރިންނަށް އޮތީ ﷲ ތަޢާލާގެ އެންގެވުންތަކަށް ކިޔަމަންތެރިވެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމެވެ. އެއިރުން އެއޮތީ އެކަން ނިމިފައެވެ. އެމީހުން އެކަން ބަލައިނުގަތުމަކީ އެމީހުންގެ މައްސަލައެކެވެ. 

ދެން ކުރިއަށް މިދަނީ މިރޭގެ މަޢުޟޫއާއިގެންނެވެ. 

ﷲ ތަޢާލާ އެމީހަކަށް ރުހިވޮޑިގެންފިކަން ޔަޤީންކުރެވޭނެ އެއްވެސް ގޮތެއް މިދުނިޔޭގައި ތިބޭއިރު ނެތް ނަމަވެސް ﷲ ތަޢާލާ އެމީހަކަށް ރުހިވޮޑިގެންފިނަމަ އެމީހެއްގެ ކިބައިން ފެނިގެންދާނެ ބައެއް ޢަލާމާތްތަކުގެ ތެރެއިން 3 ވަނަ ޢަލާމާތަކީ އެމީހެއްގެ މައިންބަފައިން އެމީހަކަށް ރުހިގެންވުމެވެ. 

މިބުނަނީ ހެޔޮލަފާ ތަޤްވާވެރި މައިންބަފައިންގެ ވާހަކައެވެ. ޢަދުލަށް ލޯބިކުރާ މައިންބަފައިންގެ ވާހަކައެވެ. މައިންބަފައިންގެ ކިބައިގައި މިސިފަތައް ނެތްނަމަވެސް އެއީ މައިންބަފައިން ކަމުގައިވީތީ އެމީހުންނަށް ހެޔޮކޮށް ހިތަންވާނެއެވެ. 

މިކަމުގެ ދަލީލަކީ ރަސޫލް ގެ ޙަދީޘްފުޅެވެ. 

Abdullah ibn Amr reported: The Prophet, peace and blessings be upon him, said, “The pleasure of the Lord is in the pleasure of the parents, and the displeasure of the Lord is in the displeasure of the parents.”

Source: Sunan al-Tirmidhī 1899

Grade: Sahih (authentic) according to Al-Albani 

މިޙަދީޘްފުޅުގައި އެކުލެވިގެންވާ މާނައީ: "އެމީހެއްގެ މައިންބަފައިން އެމީހަކަށް ރުހޭނަމަ އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންވެއެވެ. އަދި އެމީހަކަށް އޭނާގެ މައިންބަފައިން ނުރުހޭނަމަ އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންނުވާކަމެވެ." 

ވީމާ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބިގަތުމަށްޓަކައިވެސް ދަރިންނަށް އޮތީ މައިންބަފައިންނަށް ހެޔޮކޮށްހިތުމެވެ. އެމީހުންގެ ހެޔޮ ދުޢާލިބޭ ދަރިއަކު ކަމުގައިވުމަށް މަސައްކަތްކުރުމެވެ. ހަމައެއާއިއެކު ދަރިންނަށް ﷲ ތަޢާލާ ރުހިވޮޑިގަތުން އެދި މައިންބަފައިން ވެސް ގިނަގިނައިން ދުޢާކުރަންވާނެއެވެ. އެކަމުގެ ސަބަބުން ދަރިންނަށް ހެޔޮ ރަޙްމަތް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ 

- ޝައިޚް މުޙައްމަދު ބާޖައުރުގެ ދަރުސަކުން 

ގުޅުންހުރި ލިޔުން:

https://islamqa.info/en/answers/35533/if-a-persons-parents-are-pleased-with-him-is-that-a-sign-that-allaah-is-pleased-with-him

 

 

 

މިއަދު އޮންލައިން