ބަލިޙާލުގަ އޮންނަންޖެހުނަސް ޝަކުވާނުކޮށް ކެތްތެރިވާ މީހުންނަށް ޤިޔާމަތް ދުވަހު ދެއްވަވާ ނިޢްމަތްތައް ފެނުމުން އެޙާލުގަ އޮންނަން ނުޖެހުނު މީހުން ހިތާމަކުރާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ބަލިޙާލުގަ އޮންނަންޖެހުނަސް ޝަކުވާނުކޮށް ކެތްތެރިވާ މީހުންނަށް ޤިޔާމަތް ދުވަހު ދެއްވަވާ ނިޢްމަތްތައް ފެނުމުން އެޙާލުގަ އޮންނަން ނުޖެހުނު މީހުން ހިތާމަކުރާނެ!

ބަލިޙާލެއްގައި އޮންނަން ޖެހިއްޖެނަމަ ކަންބޮޑުވެވޭނެއެވެ. ދެރަވެސްވާނެއެވެ. އެއީ އިންށާނީ ޠަބީޢަތެވެ. މުހިންމީ އެޙާލަތުކުރެއްވެވީތީ، ނުވަތަ ޝިފާ ލިބުން ލަސްވާތީ ޝަކުވާ ނުކޮށް ކެތްތެރިވުމެވެ. 

ބަލިޙާލުގައި ގިނަ ދުވަސްތަކަކު އުޅެން ޖެހުމުން ﷲ އަށް ޝުކުރުވެރިވާށޭ ، ކެތްތެރިވާށޭ ބުނީމާ އެބުނާ ބަހުގެ މާނަ ގިނަ ފަހަރު އޮންނަނީ އޮޅުވާލެވިފައެވެ. އެއްވެސް ޙާލެއްގައި އެބުނަނީ ބޭސްފަރުވާ ނުކުރުމަކަށް ނޫނެވެ. ޝިފާ ހޯދަން މަސައްކަތް ނުކުރާކަށްވެސް ނޫނެވެ. އެބުނާ ބަހުގެ މާނައަކީ ކުރިމަތިވި ޙާލަތަށް ޝަކުވާނުކޮށް ކެތްތެރިވުމެވެ. 

އެހެނީ ބަލިވުމުން ބޭސްފަރުވާކުރުމާއި އަދި ރުޤޢްޔާކުރަންޖެހޭ ކަންކަމުގައި ރުޤްޔާކުރުންފަދަ ކަންކަން ކުރަން ދީނުގައި ވަނީ އަންގަވައިފައެވެ. ދުޢާކުރުމާއި ﷲ ތަޢާލާގެ ޙަޟްރަތުން މަދަދަށް އެދުން އޮތީ އެމީހަކަށް ކުރެވެންހުރި މަސައްކަތްތަކެއް ކުރުމާއިއެކުގައެވެ. 

ދުނިޔޭގައި އެފަދައިން ކެތެތެރިވެއްޖެ މީހަކަށް ޤިޔާމަތް ދުވަހު ދެއްވަވާ ހެޔޮދަރުމަ، ޖަޒާ ފެނުމުން ޝަކުވާ ކުރެވޭނީ ބަލިހާލުގައި ދުނިޔޭގައި ހޭދަކުރަންޖެހުނު މުއްދަތު ކުރުވީތީއެވެ. އެޙާލުގައި ވޭނުގައި އޮންނަން ޖެހުނު މުއްދަތު އިތުރުކުރެއްވެވިނަމައޭ ހިތައް އަރާނެއެވެ. 

ވީމާ ބަލިޙާލެއްގައި އުޅެން ޖެހުނަސް މާޔޫސްނުވެ މިބުނި މަގުން ކެތްތެރިވާން މަސައްކަތްކުރާށެވެ. އެއީ އެހައި ގިނަ ހެޔޮ ދަރުމަ ދެއްވަވާ ކަމަކަށްވުމުންނެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން