އުރީދޫ މޯލްޑިވްސްއިން އާ އަހަރުގެ އޮފަރ ތަކަށް އަނެއްކާވެސ އިތުރު ފުރިހަމަ ކަމެއް - ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ވަރުގަދަ 5ޖީ ނެޓްވޯކްގެ ހަލުވި ސްޕީޑުގައި އަންލިމިޓެޑް ޑޭޓާ ހިމެނޭހެން ޕްރިޕެއިޑް އަދި ޕޯސްޓޕެއިޑް ކަސްޓަމަރުންނަށް މުޅިން އައު އެޑް-އޮންތަކެއް ތައާރަފްކޮށްފިއެވެ.

މި ލޯންޗްކުރެވުނު އެޑޮން ތަކަކީ:
· ޕަވަރސްޕީޑް ޕްރޯ: އެންމެ 125 ރުފިޔާއަށް ހަލުވި ސްޕީޑްގައި އަންލިމިޓެޑް ޑޭޓާ އަދި ކޯލް، 25 ގަޑިއިރަށް.
· ޕަވާސްޕީޑް: 25 ޖީބީ ޑޭޓާ އަދި އުރީދޫ ކޯލްތައް އެންމެ 25 ރުފިޔާއަށް، 60 ގަޑިއިރަށް
މި އާ 5ޖީ އެޑް-އޮންތަކުގެ އިތުރުން، އުރީދޫ މޯލްޑިވްސް އިން ވަނީ ބޮޑެތި ޑޭޓާ އާއި އެކު މިނޫންވެސް އާ އަހަރުގެ އޮފާތައް ތައާރަފްކޮށްފައެވެ. އެގޮތުން:

· 175 ޖީބީއާ ހަމައަށް ބޯނަސް ޑޭޓާ ހިމެނޭ އާޗާ ޕްރޕެއިޑް، އުރީދޫ ޑޭޓާ އަދި މަގޭ ޕްލޭންތައް
· 150 ޖީބީ އެންމެ 150 ރުފިޔާއަށް ލިބޭ ބޮޑު ޗުއްޓީ ޕެކް، 5 ދުވަހަށް
· ދިގު މުއްދަތައް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އާޗާ ޕްލޭނަތަކާއި އެކު 12 މަހަށް، 6 މަހަށް އަދި 3 މަހަށް ކޮންމެ ދުވަހަކު ޑޭޓާ ލިބޭ ޕްލޭންތައް
އައު އަހަރާ ގުޅުވައިގެން އުރީދޫ އިން ތައާރަފް ކުރި މި އޮފަރ ތަކަކީ 31 ޖަނަވަރީ 2025 ގެ ނިޔަލަށް ކުރިއަށް ދާ ހާއްސަ ޕްރޮމޯޝަނެކެވެ. މި އެޑް އޮންތައް އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކޮށްލެވޭނެއެވެ: https://ore.do/app
އުރީދޫ މޯލްޑިވްސް އިން އެންމެހައި ބޭފުޅުންނަށް 2025 ވަނަ އަހަރުގެ ކޮންމެ ދުވަހަކީވެސް ގުޅިފައިވާ، އުފާވެރި ބާއްޖަވެރި އަހަރަކަށް އެދެއެވެ.