އިސްރަށްވެހިންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ބާއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 51ސ
އިސްރަށްވެހިންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ބާއްވައިފި

އިސްރަށްވެހިންނަށް އަމާޒުކޮށްގެން ޔޫތު މިނިސްޓްރީން މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ބާއްވައިފިއެވެ.

މިގޮތުން ޖުލައި މަހާއި އޮގަސްޓް މަހާއި އޮކްޓޫބަރު މަސް އަދި ނުވެމްބަރު މަހުގައިވެސް އިސްރަށްވެހިންނަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމުގެ ސެޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ސެޝަނުގައި އާއިލީ ގުޅުންތައް ގާއިމްކުރުމުގެ މުހިންމުކަމާއި އިޖުތިމާއީ ކަންކަމުގައި ބައިވެރިވެ އުޅުމުގެ މުހިންމުކަމާއި މުއާމަލާތް ކުރުމުގައި ކަނުލާ އަޑުއެހުމުގެ މުހިންމުކަމާ އަދި ހާއްސަ ފިކުރު ބޮޑުވާ ހާލަތްތަކުގައި އަމަލު ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ވަނީ ބައިވެރިންނާއެކު މަޝްވަރާކޮށްފައެވެ.

މި ސެޝަން ކުރިއަށްގެންގޮސްފައިވަނީ މި މިނިސްޓްރީ އާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްއާ ގުޅިގެންނެވެ.

'އިސްރަށްވެހިންގެ ނާދީ' ގެ ނަމުގައި މާލޭ ސަރަހައްދުގައި އިސްރަށްވެހިންނަށް ހާއްސަކޮށް އިޖުތިމާއި މަރުކަޒު ހުޅުވާފައިވަނީ 17 ފެބުރުއަރީ 2024 ގައެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން