ކައިވެންޏަކީ ކުރާ ވިޔަފާރިއަކަށް ހަދާނަމަ އުފާވެރި ދިރިއުޅުމެއް ނުލިބޭނެ!: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ކައިވެންޏަކީ ކުރާ ވިޔަފާރިއަކަށް ހަދާނަމަ އުފާވެރި ދިރިއުޅުމެއް ނުލިބޭނެ!: ބިލާލް އައްސަދު

ކައިވެނިކުރަން ބޭނުންވެގެން ދެމީހަކު ވާހަކަދައްކާނަމަވެސް މިހާރު މިފެންނަނީ ޙައްޤުތަކާއި ވާޖިބުތަކުގެ ވާހަކަ ދެކެވޭ ތަނެވެ. މިއީ އެކަން ކުރަން ދީނުގައި އޮތް ގޮތެއް ނޫނެވެ. ޙައްޤުތަކާއި ވާޖިބުތައް ނެރެން ޖެހޭނީ ދެމީހުންގެ މެދުގައި މައްސަލައެއް ޖެހިއްޖެނަމަ އެވެ. އެކަމުގައި ފޭލްވި މީހާ ފޭލްވި މިންވަރު ބެލުމަށެވެ.  

ކައިވެންޏަކީ ކުރާ ވިޔަފާރިއެއް ނޫނެވެ. ވީމާ ވިސްނަންޖެހޭނީ ތިމާއަށް ލިބެންޖެހޭނެ މިންވަރާއިމެދުގައި އެކަންޏެއް ނޫނެވެ. ތިމާއަށް ލިބެންޖެހޭ މިންވަރު ބަލައިގެން ކަންކަންކުރުމަކީ ވިޔަފާރީގައި ކުރާ ކަމެކެވެ. ދެމަފިރިންގެ ދިރިއުޅުމަކީ އެއަށްވުރެ މާމަތިވެރިކަން ބޮޑު ކަމެކެވެ.  

ޒަވާޖީ ޙަޔާތް ކާމިޔާބުކުރެވިފައި ތިބި މީހުންނަށް ބަލާށެވެ! އެމީހުން ބަލާފައިވާނީ އެމީހުންގެ ޙައްޤުތަކަށާއި ވާޖިބުތަކަކަށް ނޫނެވެ. މާނައަކީ ކަންކަން ކުރާނީ ވާޖިބުތައް އަދާކުރަންޖެހޭ އެންމެ ކުޑަމިންވަރަށް ބަލައިގެނެއް ނޫނެވެ. އެމީހުން ކަންކަން ކުރާނީ ވާޖިބުތަކުގެ މަދުމިންވަރަށް އަނެކާއަށް ކަންކަން ކޮށްދިނުމުގެ ބަދަލުގައި އަނެކާއަށް ވީހައި ގިނަ ކަންކަން ކޮށްދިނުމަށް ސަމާލުކަންދީގެންނެވެ. އަދި ތިމާއަށް ލިބެންޖެހޭ ޙައްޤުތައް ލިބޭ މިންވަރަށްވުރެ ބޮޑަށް ބަލާނީ އަނެކާއަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކޮށްދެވޭތޯއެވެ.  

އިންސާނުން އުޅެން އޮތް ގޮތަކީ އެއީއެވެ. ދެމަފިރިންނަށް އުފަލުގައި ދިރިއުޅެވޭނެ ގޮތަކީވެސް އެއީއެވެ. ކާމިޔާބު ދިރިއުޅުމެއް އުޅެވޭނީ މިބުނި އުޞޫލުތަކުން ދިރިއުޅުމުގެ ކަންކަމަށް ވިސްނައިގެން ދިރިއުޅެން މަސައްކަތްކުރާ މީހުންނަށެވެ!  

- ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން