މިދެބެއިން ފަދައިން ވެވިއްޖެނަމަ ހުރިހާ ކަމެއްވެސް ކާމިޔާބުވާނެ! އިން ޝާ ﷲ- ރެސްޓޯރަންޓް ފުރި މޭޒެއް ނުލިބުމުން މޭޒެއް ދެއްވުން އެދި ދުޢާކުރި ދެބެއިންގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
މިދެބެއިން ފަދައިން ވެވިއްޖެނަމަ ހުރިހާ ކަމެއްވެސް ކާމިޔާބުވާނެ! އިން ޝާ ﷲ- ރެސްޓޯރަންޓް ފުރި މޭޒެއް ނުލިބުމުން މޭޒެއް ދެއްވުން އެދި ދުޢާކުރި ދެބެއިންގެ ވާހަކަ-

އެއްދުވަހަކު އަހަރެންނާއި ބޭބެ ރާވަމުން ދިޔައީ މައިންބަފައިން ގޮވައިގެން ހަފްތާ ބަންދުގައި ރީތި ރެސްޓޯރެންޓަކަށް ދިއުމަށެވެ. އަހަރެމެން އެމީހުންނަށް ސަޕްރައިޒް ދޭން ބޭނުންވާ ވާހަކަ ބުނީމެވެ. ނަމަވެސް އެމީހުން ގެންދަނީ ކޮންތާކަށް ކަމެއް ނުބުނަމެވެ. 

ރެސްޓޯރެންޓަށް ދެވުނުއިރު އެސަރަޙައްދުގައި ޕާކްކުރެވޭކަށް ނެތެވެ. އޮތީ ފުރިފައެވެ. އަހަރެންނާއި ބޭބެ ނިންމީ ޑްރައިވަރު ޕާކިންގ ޒޯން ހޯދަމުންދާއިރު އަހަރެމެން ގޮސް މޭޒު ތައްޔާރުކުރުމަށެވެ. އެހެންވެ މަންމަމެން ކާރުގައި ބައިތިއްބާފައި ދެބެއިން ފެއިބީއެވެ. 

ރެސްޓޯރަންޓަށް ދިއުމުން ބުނީ މޭޒެއް ނެތް ކަމަށެވެ. ވަރަށް ބޮޑަށް ފުލް ކަމަށެވެ. ބޭބެ އަހުރެންގެ އަތުގައި ހިފައިގެން ބޭރަށް ނުކުތެވެ. އަދި ދެބެން އެކުގައި ދެއަތް އުފުލައި ދުޢާކުރީމެވެ. އެވަރަށް އެކަމާއި އުޅެވުނީ ކާރުޕާކުކޮށްފައި މަންމަމެން އަންނައިރު މޭޒެއް ނެތިގެން އެނބުރި ދާންޖެހިއްޖެނަމަ އެމީހުން ދެރަވާނެތީއެވެ. 

ކޮންމެއަކަސް ދުޢާކުރުމަށްފަހު ކުޑައިރުކޮޅަކު މަޑުކޮށްލާފައި ވަނުމުން ބުނީ މޭޒެއް ލިބިދާނެ ކަމަށެވެ. ޙައިރާންކަން ލިބުނީ މޭޒުނުލިބިގެން އެތައް ބައަކު ތިއްބައި އަހުރެމެންނަށް މޭޒެއް ދިނީތީއެވެ. "މާތްالله އަށް ޝުކުރުވެރިވަން! މިވީ ގޮތް އަހަރެމެން ދެބެއިންނަށްވެސް ގަބޫލެއް ނުކުރެވުނު!" 

މި ވާހަކަކޮޅު ހިއްސާކުރަން ބޭނުންވި ސަބަބަކީ، މިއީ ކުޑަ މައްސަލައެއް ކަމުގައި ހީވި ނަމަވެސް، ކިތަންމެ ކުޑަ ނުވަތަ ބޮޑު ޙާލަތެއްގައި ވިޔަސް އަބަދުވެސް ހަމަޖެހިލައިގެން ތިބެ، الله ތަޢާލާ އަށް ދުޢާކުރަން ބުނުމެވެ. ތިބާގެ ޙަޔާތުގައި ސަލާމަތްނުވެވިދާނެކަމަށް ހީވާ މައްސަލަތަކެއް ދިމާވެދާނެ ކަމަށާއި، ނަމަވެސް الله ތަޢާލާ އަށް އިތުބާރު ކޮށްފިނަމަ ކޮންމެ ޙާލަތެއްގައިވެސް އެކަލާނގެ އަބަދުވެސް އެހީތެރިވެވޮޑިގެން ދެއްވަވާނެ ކަމަށް ބުނުމެވެ. 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން