ޓިކްޓޮކް ގައި ވަރަށްގިނަ އަންހެނުން އެމީހުން ނަށާތަނާއި އެކި ހުނަރުތައް އެންމެންނަށްވެސް ފެންނާނެހެން އަޕްލޯޑްކޮށްފަ ހުރެއޭ. އެއީ ކޮންކަހަލަ ކަމެއްތޯ؟ އެކަމުން އެމީހާއަށް ލިބޭނެ ޢަޒާބު ބަޔާން ކޮށްދެއްވާށެވެ.
މިހާރު އެއީ މުސްލިމުންތަ؟ ނޫނީ ކާފަރުންތަ؟ މިހާރު މުސްލިމު ކުދިން އެކަން ކުރީމާ ކޮންމެ ގޮތެއްވިޔަސް ޢަޒާބު ލިބޭނެތާ. އޭނާ ފުރަތަމަ ކަމަކީ ހިލޭ ފިރިހެނުންނަށް އޭނާ ނަމޫނާ ދެއްކުން. އޭނާގެ ބައްޓަމާއި، އޭނާގެ ރީތިކަމާއި އެ ހުރިހާ އެއްޗެއް ތަމްސީލު ކޮށްދެނީ އޭނާ އެ ހިލޭ ފިރިހެނުންނަށް. އެކަމުގެ ޢަޒާބު އޭނާއަށް ލިބޭނެ. ފިރިހެނުންގެ ހިތް ލެންބުން.
މިހާރު ޙަދީޘްގަ މި އަންނަނީ ސުވަރުގެ ނުވަންތާ ސުވަރުގޭގެ ވަސްވެސް ނުލިބެއޭ ޙަދީޘްގަ މި އަންނަނީ. --- އެމީހުން ތިބޭނީ ހުދު ފިރިހެނުންނަށް ލެނބިފައޭ، ހުދު ފިރިހެނުން ލަންބާނެތޭ އެމީހުންގެ ކޮޅަށް. މިހާރު އެ ވަންނިތައް އެމީހުން ޖައްސާ އެމީހުން އެ ނެށުމާ ކަންތައްތައް އެއީ އަސްލުގަ ފިރިހެނުން ލަންބަން ކުރާ މަސައްކަތްތައް. އެހެންނޫނީ އެމީހުން ކިއްކުރަން ދެން އެހެންނޫނީ ޓިކްޓޮކަށް ލާންވީ އޭތި.
އޭގެން ކޮންމެގޮތެއް ވިޔަސް އޭނާއަށް އެބަ އިނގޭ ތިމަންނަ އަންހެން ކުއްޖެއްކަން ތިމަންނައަކީ، ތިމަންނަ އެ ޓިކޮޓޮކަށް ތިމަންނަ ނަށާ މަންޒަރު ލައިފިއްޔާ، މި ބަލާނީ އަންހެން ކުދިންނެއް ނޫންކަން ފިރިހެން ކުދިންކަން މި ބަލާނީ، އޭނަ އެނގޭ ހާލުގަ އެ ލަނީ އޭތި. އެހެންމަ ފިރިހެން ކުދިން ލަންބަންތާ އޭނާ އެއޮތީ މަސެއްކަތް ކޮށްފަ. އެހެންމަ ސުވަރުގެއިން މަހްރޫމް ވެގެން ހިނގައިދާނެ ކަންތައްތައް އެ ހުންނަނީ. ސުވަރުގޭގެ ވަހުންވެސް އެމީހަކު މަހުރޫމްވެގެން ހިނގައިދާނެފަދަ ކަންތައްތައް އެހެރީ.
ރައްކާތެރިވާންޖެހޭ ކަންތައް އަންހެން ކުދިން ޚާއްސަކޮށް، އަންހެން ކުދިންނަކީ މުޅި ހަށިގަނޑުއައުރައެއް ކަމުގައިﷲ ލައްވާފައިވާ ބައެއް އެއީ. އެކަނބަލންގެ އިތްފަތްތެރިކަން އެގޮތަށް ހަށިގަނޑު ނަމޫނާ ކުރުމަކު ނެތް، އިޝްތިހާރު ކުރުމަކު ނެތް އިއްފަތްތެރިކަން ގެއްލިގެން އެދަނި ޙަޤީގަތުގައި ހަށިގަނޑު އިޝްތިހާރު ކުރީމަ.
ދުޢާއަކީ އަޅުގަނޑުމެން އެންމެންނަކީވެއް ހެޔޮބަސް އަހާ ހެޔޮބަސް ޤަބޫލުކުރާ ބަޔަކު ކަމުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ލެއްވުން.
ވައްސަލާމް ޢަލައިކުމް ވަރަޙްމަރުﷲ ވަބަރަކާތުހޫ.
- ޝައިޚް މުޙައްމަދު އިބްރާހީމް