ބޮލުގައި "ވިގެއް" ހަރުކުރުން ހުއްދަވާނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ބޮލުގައި "ވިގެއް" ހަރުކުރުން ހުއްދަވާނެތަ؟

ބޮލުގައި "ވިގެއް" ހަރުކުރުމަކީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟ 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. أما بعد:

ބޮލުގައި "ވިގެއް" ހަރުކުރުމަކީ އިސްލާމްދީނުގައި ހުއްދަކަމެއް ނޫނެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.  

«لَعَنَ اللَّهُ الوَاصِلَةَ وَالمُسْتَوْصِلَةَ» [رواه البخاري (5933)]

މާނައީ: "އިސްތަށި ގުޅުވާ މީހާއާ އަދި އެކަން ކޮށްދިނުމަށް އެދޭ މީހާއަށް ﷲ ލަޢުނަތް ލެއްވިއެވެ." 

މި ޙަދީޘްގައިވާ ނަހީގެ ތެރޭގައި "ވިގު" ހިމެނޭނެކަމަށް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. 

[ބައްލަވާ: المجموع للنووي (3 / 140) فتاوى اللجنة الدائمة، المجموعة الأولى (5 / 205 - 207)]

 

- އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީ

މިއަދު އޮންލައިން