ބަލިވުމުން ބޭސްފަރުވާކުރާއިރު ސަމާލުކަންދޭންޖެހޭނެ 4 ކަންތަކާ ކޮށްގެން ނުވާނެ 2 ކަންތައް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ބަލިވުމުން ބޭސްފަރުވާކުރާއިރު ސަމާލުކަންދޭންޖެހޭނެ 4 ކަންތަކާ ކޮށްގެން ނުވާނެ 2 ކަންތައް!: މުފްތީ މެންކް

މުސްލިމުންނަށް އޮތީ ކޮަންމެ ކަމެއް ކުރިމަތިވިނަމަވެސް ސަބަބުތަކުގައި ހިފަހައްޓައިގެން ތިބެ އެކަމަކުން ސަލާމަތްވާން މަސައްކަތްކުރުމެވެ. ސަބަބުތައް ކަމަށް މިބުނަނީ ޢަމަލުކުރަން ﷲ ތަޢާލާ ހުއްދަކުރެއްވެވި ކަންކަމެވެ. ހުއްދަ ކުރައްވަވާފައި ގޮތަށް އެކަންކަން ކުރުމެވެ.  

ބަލިވުމުން ބޭސްފަރުވާކުރާއިރު ސަމާލުކަންދޭންޖެހޭނެ 4 ކަމެއް ވެއެވެ.  

1 ޑޮކްޓަރަށް ނުވަތަ ޙަކީމެއްގެ ގާތުން ލަފާހޯދައިގެން ފަރުވާކުރުން

2 ބޭސްކުރާ ޑޮކްޓަރަށް ނުވަތަ ޙަކީމަށް ބަލި ދެނެގަތުމުގެ ކުޅަދާނަކަމާއި ތިމާއަށް ޝިފާ ލިބޭނެ ބޭސް ދޭން އަންގަވައިދެއްވެވުން އެދި ދުޢާކުރުން

3 ޝިފާ ދެއްވެވުން އެދި ދުޢާކުރުން

4 ރުޤްޔާކުރަންޖެހޭ ކަންކަމުގަ ރުޤްޔާކުރުން

 

ދެން އޮތީ ކޮށްގެން ނުވާނެ ކަންތަކެވެ. 

1 އެއްވެސް ކަހީނެއް ނުވަތަ ފަންޑިތަވެރިއެއްގެ އެހީ ނުހޯދުން

2 ޝިފާލިބުން ލަސްވެގެން ޝަކުވާނުކުރުން  

 

ދެން އޮތީ އެކަމެއްގައި ދެމިހުންނަން ޖެހޭނެ ކަންތަކެވެ.  

އެއީ ވީހައިގިނައިން އަޅުކަންކުރުމެވެ. ބަލިވެ އެނދުގައި އޮންނައިރުވެސް ވަޤުތު ހޭދަކުރަންވީ ފަރުޟު ނަމާދުތައް ކުރުމާއިއެކު ވީހައިގިނައިން ޛިކުރުކުރުމަށެވެ. ވީހައި ގިނައިން ﷲ ތަޢާލާގެމަތިން ހަނދުމަކުރުމަށެވެ.  

ވީމާ ބޭކާރު ކަންކަމަށް ވިސްނުމަށާއި ބޭކާރު ވާހަކަތައް ދެއްކުމަށް ވަޤުތު ހޭދަކުރުމުގެ ބަދަލުގައި މިބުނި މަގުން ވަޤުތު ހޭދަކުރާށެވެ. މިބަޔާންކުރި ކަންކަމަށް ސަމާލުކަންދީގެން މަސައްކަތްކުރާނަމަ އެމީހަކަށް ހެޔޮރަޙްމަތް ލައްވަވާނެތެވެ. ޝިފާ ދެއްވަވާނެތެވެ. އިން ޝާ ﷲ ނިންމާލަމުން އެންމެ ފަހު ކަމަކަށްވެސް ބުނެލަން ބޭނުމީ ﷲ ތަޢާލާ ނޫން ފަރާތަކުން ވާގިނުއެދޭށެވެ. ހުރިހާ ކަމެއް ﷲ ތަޢާލާއަށް ވަކީލްކުރާށެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން