2 އިރު މިދުޢާކުރާ މީހަކު ހިނދުކޮޅަކަށްވެސް ﷲ ތަޢާލާ ދޫކޮށެއް ނުލައްވަވާނެތެވެ! އިން ޝާ ﷲ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 13ސ
2 އިރު މިދުޢާކުރާ މީހަކު ހިނދުކޮޅަކަށްވެސް ﷲ ތަޢާލާ ދޫކޮށެއް ނުލައްވަވާނެތެވެ! އިން ޝާ ﷲ: މުފްތީ މެންކް

ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި އީމާންވެ ކިޔަމަންތެރިކަން އަދާކުރަމުން މިދުޢާކުރާ މީހަކު ހިނދުކޮޅަކަށްވެސް ﷲ ތަޢާލާ ދޫކޮށެއް ނުލައްވަވާނެތެވެ. ބޭނުންވަނީ ފުރިހަމަ ގޮތުގައި އީމާންތެރިކަމެވެ. ހިތް ޚާލިޞްކޮށްގެންހުރެ ޢަމަލުން އެކަން ދައްކަމުން ދުޢާކުރުމެވެ.  

يَا حَيُّ يَا قَيُّومُ بِرَحْمَتِكَ أَسْتَغِيثُ، أَصْلِحْ لِي شَأْنِي كُلَّهُ، وَلَا تَكِلْنِي إِلَى نَفْسِي طَرْفَةَ عَيْنٍ 

O The Ever living! O The Self-Existing! Rectify all my affairs and do not entrust me to myself even for the blink of an eye. 

މިދުޢާގައި ފުރަތަމަ މިކުރެވޭ ކަމަކީ ﷲ ތަޢާލާ މަތިވެރިކުރުމެވެ. ހެޔޮ ގޮތުގައި ވިސްނާލައިފިނަމަ ﷲ ތަޢާލާގެ ޙަޟްރަތުގައި މިދަންނަވަނީ ވަރަށް ގިނަ ވާހަކަތަކެކެވެ. ދަންނަވަން މަސައްކަތް މިކުރެވެނީ މިފަދަ ވާހަކަތަކެވެ. "ޔާ ﷲ! އިނބަ ﷲ އީ ދާއިމަށް ދިރިދެމިވޮޑިގެންވާ ހުރިހާ ކަންކަން އެންމޮޅަށް ދެނެވޮޑިގެންވާ، އެންމެހައި ކަމަށް ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ. އިނބަ ﷲ ގެ ޙަޟްރަތަށް މިއަޅާގެ ހުރިހާ ކަމެއް ވަކީލްކޮށްފީމެވެ. މިއަޅާއަށްޓަކައި މިއަޅާއަށް ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނެތެވެ. ލޮލުގެ އެސްފިޔަޖަހާލާހައި ހިނދުކޮޅަކަށް ނަމަވެސް މިއަޅާ ދޫކޮށްނުލައްވަވާނދޭވެ! އެހައި ހިނދުކޮޅަކަށް ނަމަވެސް މިއަޅާ ދޫކޮށް ނުލައްވަވާނދޭވެ!"  

އަދި ކީއްހެއްޔެވެ؟ މިދުޢާއިން ޙާޞިލްކުރެވޭނެ އެހެން ކަމެއްވެސް އެބައޮތެވެ. އެއީ ތިމާއަށް ކުރެވެން އުޅެވޭ، ތިމާއަށް ގެއްލުންހުރި އެންމެހައި ކަންކަމުން ސަލާމަތްކޮށްދެއްވަވައި ފައިދާހުރި ގޮތް އަންގަވައިދެއްވެވުމެވެ. ގެއްލުން ލިބޭނެ ކަންކަމުން ސަލާމަތްކުރައްވަވައި ފައިދާހުރި ކަންކަން ކުރަން މަގުފަހިކުރައްވަވައި ދެއްވެވުމެވެ. ރަނގަޅަށް ވިސްނައިފިނަމަ މިކަންކަން ވެސް މިދުޢާގައި ހިމެނިގެންވެއެވެ.  

ވީމާ މިއީ ކޮންމެ ދުވަހަކުވެސް ދެއިރު ކުރަމުން ގެންދަންވީ ދުޢާއެވެ. އަހަރެން މިވާހަކަ މިބުނަނީ އަމިއްލަ ތަޖުރިބާ އާއިއެކުގައެވެ. އެތައް ބައެއްގެވެސް ތަޖުރިބާ އާއިއެކުގައެވެ. ވީމާ އުންމީދާއި ޔަޤީންކަމާއިއެކު މިދުޢާކުރަމުން ގެންދާށެވެ!

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން