ފެށޭ އަހަރު އިސްލާމިކް މިނިސްޓްރީން އެންމެ ބޮޑަށް ސަމާލުކަންދޭނީ ނަމާދަށް ހޭލުންތެރިކުރުވަން- އެޙީތެރިކަން ބޭނުންވާ ޢާއިލާތަކަށް ޒިޔާރަތްކޮށްގެންވެސް މަޢުލޫމާތު ދޭނެ!: ޑރ. ޝަހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 38ސ
ފެށޭ އަހަރު އިސްލާމިކް މިނިސްޓްރީން އެންމެ ބޮޑަށް ސަމާލުކަންދޭނީ ނަމާދަށް ހޭލުންތެރިކުރުވަން- އެޙީތެރިކަން ބޭނުންވާ ޢާއިލާތަކަށް ޒިޔާރަތްކޮށްގެންވެސް މަޢުލޫމާތު ދޭނެ!: ޑރ. ޝަހީމް

މާދަމާ ފެށޭ 2025 އަހަރުވެސް ގިނަ ކަންތައްތަކަކަށް ސަމާލުކަންދީގެން ތަފާތު ޕްރޮގްރާމްތައް އިސްލާމިކް މިނިސްޓްރީން ހިންގާނެ އަނަހެއް ކަމަށާއި އެންމެ ބޮޑަށް ސަމާލުކަންދޭނީ ނަމާދަށް ހޭލުންތެރިކުރުވަން ކަމަށާއި އެޙީތެރިކަން ބޭނުންވާ ޢާއިލާތަކަށް ޢިލްމްވެރިން ޒިޔާރަތްކުރައްވައިގެންވެސް މަޢުލޫމާތު ދެއްވާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.  

މިއަހަރު ކުރެވުނު މަސައްކަތްތަކާއި 2025 ވަނަ އަހަރަށް ޜޭވިފައިވާ ކަންތައްތައް ހާމަކުރައްވަމުން މިއަދު ޑރ. ޝަހީމް ދެއްކެވި ވާހަކަފުޅުން: 

މިގޮތުން އެންމެ ފުރަތަމަ މަޝްރޫއަކީ ނަމާދުގެ މަޝްރޫއު. ފަހަރެއްގަ ބައެއް މީހުންނަށް މީ ވަރަށް އާދައިގެ ކަމަކަށް ވެދާނެ. އެކަމަކު ނަމާދަކީ އެއީ އަޅުގަނޑުމެން މުސްލިމުންގެ ޙަޔާތުގައި އެންމެ މުހިއްމު އަސާސް. ތަޢުޙީދަށް، ﷲ ސުބުޙާނަހޫ ވަތަޢާލާގެ އެއްކައުވަންތަކަން ޤަބޫލު ކުރުމަށްފަހުގައި ދެން އަޅުގަނޑުމެން އަދާކުރަންޖެހޭ އެންމެ މަތިވެރި ރުކުނަކީ މާތްވެގެންވާ ރުކުނަކީ އިސްލާމްދީނުގައި ނަމާދު ކުރުން.   

އެއީ އެކިއެކި ރިސާލާތްތަކުގައިވެސް، ކުރީގެ އުއްމަތްތަކުގެ ތެރޭގައިވެސް ﷲ ލައްވާފައިވާ އެންމެ މަތިވެރި އަޅުކަން. އެކިއެކި ރަސޫލު ބޭކަލުންގެ ރިސާލާތްތަކުގަ އެންމެ މުހިއްމުކަން ދެވިފަ އޮތް ރުކުން. އެންމެ މުހިއްމުކަން ދެވިފަ އޮތް އަޅުކަން. ތައުޙީދަށްފަހުގައި ހުރިހާ ރަސޫލުބޭކަލުންނަށް ﷲ ޢައްޒަވަޖައްލަ އެންގެވި އެންގެވުން. މިއަދު އަޅުގަނޑުމެން މިވަނީ އަޅުގަނޑުމެންގެ ދީނުގަ މިއޮތް މަތިވެރި ރުކުނަށް ވީހާވެސް ބޮޑަށް ގާތްވެފައިވާންޖެހޭ ދުވަސްވަރެއްގައި. 

އެހެންކަމުން ހުރިހާ ޒުވާނުންނަށް، ހުރިހާ ލޮބުވެތި ރައްޔިތުންނަށް، އާއިލާތަކަށް، އެންމެހާ މުޖުތަމަޢުތަކަށް ނަމާދުކުރުމަށް ހަނދާން ކޮށްދިނުމުގެ މަތިވެރި މަޝްރޫއުގެ ޚާއްސަ، އެ މަސެއްކަތަކަށް ޚާއްސަކަމެއް ދީގެން އަޅުގަނޑުމެން ކުރަންޖެހޭ މަސެއްކަތެއްގެ ގޮތުގަ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އެކަން ޤަބޫލުކޮށް އަޅުގަނޑުމެން މިވަނީ މި މަސެއްކަތް 2025 ވަނަ އަހަރަށް ލޯންޗް ކޮށްފަ. މި މަސެއްކަތުގެ އަމާޒަކީ ފަރުދުންނަށް، އާއިލާތަކަށް، މުޖުތަމަޢަށް މުޅި މުޖުތަމަޢަށްވެސް ނަމާދު ކުރުމަށް ހަނދާން ކޮށްދިނުން.  

ﷲ ކީރިތި ޤުރުއާނުގަ ބަޔާން ކުރައްވާފައިވަނީ --- " މުއުމިނުންނަށް ހަނދާން ކޮށްދޭށެވެ. ހަނދާން ކޮށްދިނުމުގައި އެމީހުންނަށް ފައިދާ ވެއެވެ."  އެހެންވީމަ އަޅުގަނޑުމެން ހަނދާން ކޮށްދެނީ މި ނަމާދުގެ މަޝްރޫޢު ޤާއިމްކޮށްފަ މިއޮތީ ވަރަށް ތަފާތު ގޮތަކަށް. ހަމައެކަނި މީ ފިޤުހީ ވާހަކަތަކެއް ކިޔާދިނުމެއް ނޫން. ނަމާދުކުރަން ހަނދާން ކޮށްދިނުމާއި ނަމާދުގައި ހިމެނޭ ދުޢާތަކުގެ މާނަތައް މީހުންނަށް ދަސްކޮށްދިނުމާއި ނަމާދުގަ ހިމެނޭ ﷲ ޢައްޒަވަޖައްލަގެ އިސްމުފުޅުތަކުގެ މާނަތަށް މީހުންނަށް ކިޔައިދިނުމާއި، ނަމާދާއި ބެހޭގޮތުން ވާރިދުވެފައިވާ މާތް ޙަދީޘްފުޅުތައް ކިޔައިދިނުމާއި، ނަމާދަށް ލޯބި ޖެއްސުމާއި، މި ކަންކަމަކީ މީ އެމީހުންގެ ހިތްތަކުގައި އެބައެއްގެ ހިތްތަކުގައި ލޯބި ޖައްސައިގެން އެބަޔަކު އަދާކުރަންޖެހޭ ފަދަ އަޅުކަންތައްތައް ދީނުގަ މިހުންނަނީ. އެއްވެސް ހާލެއްގައި މަޖުބޫރު ކޮށްގެން ތަޅައިގެން އަނިޔާ ކޮށްގެން ކުރަންޖެހޭ ކަންކަމެއް ނޫން މީކީއެއް. ލޯބި ޖައްސައިގެން، އެއަށް ލޯބިން ކުރަންޖެހޭ ކަންތައްތަކެއްގެ ގޮތުގައި ނަމާދާއި އަދި ދީނުގަ ހުންނަ އެހެން އަޅުކަންތައްތައްވެސް އަޅުގަނޑުމެން ކުރަން ޖެހޭނީ.  

އެހެންމަ މިކަމަށް ޙާއްސަ މަސެއްކަތްތަކެއް އަޅުގަނޑުމެން ކުރާނެ. މީގެ ތެރޭގަ ޚުތުބާތައް އަންނާނެ، ދަރުސްތައް އަންނާނެ،ރޭޑިޔޯ ޕްރޮގްރާމްތައް އަންނާނެ. މީގެ ތެރޭގަ އަޅުގަނޑުމެން އާއިލާތަކަށް ވިޒިޓް ކުރަން ޝެއިޚުން ނުވަތަ ޢިލްމުވެރިންވެސް ފޮނުވާނަން. ހަމައެކަނި ބަލިވީމަ ޑޮކްޓަރުންނެއް ނޫން ދެއްތޯ ގެއަށް ޒިޔާރަތް ކުރަންޖެހޭނީ. ގޭގެ އަހުލުވެރިންނަށް ފެމިލީއަށް ނަސޭޙަތްތެރި ވުމަށް ޢިލްމުވެރިއަކުވެސް ހަމަ ގެންނަންޖެހޭން. އެހެންވީމަ އަޅުގަނޑުމެންގެ ޢިލްމުވެރިން ޒިޔާރަތްކުރާނެ. ބޭނުންވާ އާއިލާއަކުން ބޭނުންވެއްޖެ ހިނދެއްގައި އެ ގެއެއްގެ ދަރިފުޅުމެންނަށް، ދަރިންނަށް، އެ ގޭގެ އެންމެނަށް، ޒުވާނުންނަށް ނަސޭހަތް ދިނުމަށް. ނަމާދާއި ބެހޭގޮތުން ޙުކުމެއް ސާފުކޮށްލަން ބޭނުންވާނަމަ ބަލިމީހެއްގެ ގެއަށް، މިގޮތަށް އަޅުގަނޑުމެން ބޭނުން މިކަން ކޮށްދޭން. އެހެންވީމަ އިރާދުކުރެއްވިއްޔާމު 2025 ވަނަ އަހަރުގަ އެކަން އެގޮތަށް ކުރިއަށް ގެންދާނެ.

 

މިއަދު އޮންލައިން