ކުރިއަށް އޮތް އަހަރު ޤައުމަށް ފާގަތިކަމާއި ކުރިއެރުން ހޯދުމަށް މަސައްކަތްކުރުމަށް މަޖިލީހުގެ ރައީސް ގޮވާލައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ކުރިއަށް އޮތް އަހަރު ޤައުމަށް ފާގަތިކަމާއި ކުރިއެރުން ހޯދުމަށް މަސައްކަތްކުރުމަށް މަޖިލީހުގެ ރައީސް ގޮވާލައްވައިފި

ކުރިއަށް އޮތް އަހަރު ޤައުމަށް ފާގަތިކަމާއި ކުރިއެރުން ހާސިލް ކުރުމަށް މަސައްކަތްކުރާ ރައްޔިތަކަށް ވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުއްރަޙީމް ޢަބްދުﷲ ގޮވާލައްވައިފިއެވެ.

2025 ވަނަ އަހަރުގެ ތަހުނިޔާ ފޮނުއްވައި، ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި މަޖިލީހުގެ ރައީސް ވިދާޅުވެފައިވަނީ، "ކުރިއަށް އޮތް އަހަރުގައި އަޅުގަނޑުމެންގެ ކޮންމެ މީހަކީވެސް، އާ ޢަޒުމަކާއި އާ ހިތްވަރަކާއި އެކު ދިވެހިޤައުމަށް ފާގަތިކަމާއި، ކުރިއެރުމާއި، އަރުތަ ހާޞިލް ކުރުމަށް ހިތްމަތާއި އެކު މަސައްކަތްކުރާ ރައްޔިތަކަށް ވަމާ ހިންގަވާށެވެ" މިފަދައިންނެވެ.

މީގެ އިތުރުން، މަޖިލީހުގެ ރައީސް އެ ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި، އަދި އެންމެހާ ދިވެހި ރައްޔިތުންނަށް އައު އަހަރުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް ފޮނުއްވާފައިވެއެވެ.

އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގައި ބަރަކާތް ލެއްވުމަށާއި، ދިވެހިންނަކީ އެކުވެރި، ހިތްހެޔޮ، ހެޔޮލަފާ، އަދި ދުޅަހެޔޮ ޞިއްޙަތެއް ލިބިފައިވާ ބަޔަކު ކަމުގައި ﷲ ތަޢާލާ މިންވަރު ކޮށްދެއްވުމަށް ދުޢާ ކުރައްވާފައިވެއެވެ.


މިއަދު އޮންލައިން