ކޮންމެ މީހަކު ބުނި ނަމަވެސް ރުޤްޔާކުރަން ކޮށްގެން ނުވާނެ ކަމެއް! އެއީ ދެމަފިރިން ދުރުކުރުވަން ކުރާ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 31ސ
ކޮންމެ މީހަކު ބުނި ނަމަވެސް ރުޤްޔާކުރަން ކޮށްގެން ނުވާނެ ކަމެއް! އެއީ ދެމަފިރިން ދުރުކުރުވަން ކުރާ ކަމެއް!

ރުޤްޔާ ކުރަން ބޭނުންވެގެން މީހެއްގެ ގާތަށް ދިއުމުން ކަރުދާސްގަނޑެއް ގައިގައި އުނގުޅައި އެއަންދާލައި އަޅީގެ ވަސްބަލަން ބުނެފާނެއެވެ. އަދި އެކަންކުރަން ކަރުދާސްގަނޑެއްވެސް ދީފާނެއެވެ. 

ނަމަވެސް ނަމަނަމަ އެކަން ނުކުރާށެވެ! އެއީ ރުޤްޔާ ކުރުމުގެ ތެރެއިންވާ ކަމެއް ނޫނެވެ. އެއީ ދެމަފިރިން ދުރުކުރުވަން ހަދާ ސިޙުރުގެ ތެރެއިން ހިމެނޭ ކަމެކެވެ. ވީމާ ޝަރުޢީ ރުޤްޔާ ކުރާ މީހަކު އެބާވަތުގެ ކަމެއް ކުރާކަށް ނުބުނާނެއެވެ. 

މިނަޞޭޙަތް ދޭން މިޖެހުނީ އެބާވަތުގެ ކަންކަން ކުރުމަކީ ރުޤްޔާ ކުރުމުގެ ތެރެއިން ހިމެނޭ ކަމެއްކަމާއިމެދު ބައެއް މީހުން ސުވާލުކުރާތީއެވެ. 

- ޝައިޚް ޢަލީ ޢަޒީޒް

މިއަދު އޮންލައިން