ސިޙުރު ނުވަތަ އެސްފީނާގެ ސަބަބުން ފިލާވަޅު ދަސްކުރަން އުނދަގޫވާނަމަ ފެނިދާނެ ބައެއް ޢަލާމާތްތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ސިޙުރު ނުވަތަ އެސްފީނާގެ ސަބަބުން ފިލާވަޅު ދަސްކުރަން އުނދަގޫވާނަމަ ފެނިދާނެ ބައެއް ޢަލާމާތްތައް-

ސިޙުރުގެ ތެރެއިން އެންމެ ނުބައި އެއްބާވަތަކީ މީހުން (ކުދިން) ކިޔެވިޔަނުދޭން ހަދާ ސިޙުރެވެ. އެސިޙުރުގެ ނުބައިކަން ބޮޑުވަނީ ޢިލްމް އުނގެނެން ހުރަސް އަޅާތީއެވެ. އަހުރެމެންނަށް އޮތީ ޢިލްމް އުނގެނެން އެހީތެރިވުމެވެ. ހުރަސް އެޅުމަކީ އެންމެ ބޮޑު އެއް ފާފައެވެ. 

ކިޔެވުމަށް ހުރަސް އަޅަން ހަދާފައިވާ ސިޙުރެއް، ނުވަތަ އެސްފީނާ ޖެހިފައިވާނަމަ ފެންނާނެ ބައެއް ޢަލާމާތްތައްވެސް ބުނެލާނަމެވެ. 

(1)  ކިޔަވަން (ފިލާވަޅު ދަސްކުރަން) އިށީންނައިރަށް ބޮލުގައި ރިއްސަން ފެށުން

(2)  ކިޔަވަން (ފިލާވަޅު ދަސްކުރަން) ފެށުމުން ފޫހިވެ އާފުރެން ފެށުން

(3)  ކިޔަވަން (ފިލާވަޅު ދަސްކުރަން) ފެށުމުން އެހެން ޚިޔާލުތައް ގިނަވުން، ބައެއް ފަހަރު ފިކުރުބޮޑުވެ ގައިން ދައު ހިއްލާ ގޮތްވެސް މެދުވެރިވޭ

(4)  ކިޔަވަން (ފިލާވަޅު ދަސްކުރަން) ފެށުމުން އެކަމަށް ހުރަސް އެޅޭ ކަންކަން މެދުވެރިވުން. (ފޯނުވުން، ކޮންމެވެސް ކަމަކު ތެދުވަންޖެހުން، ގިނަގިނައިން ފާޚާނާ ކުރަން ޖެހުން ފަދަ) 

މިބާވަތުގެ އަދި މިނޫންވެސް ކިޔެވުމަށް ހުރަސްއެޅޭ ކަންކަން ތަކުރާރުކޮށް މެދުވެރިވާނަމަ ރުޤްޔާކުރާށެވެ. އަމިއްލައަށް ނުކުރެވޭނަމަ މީހެއްގެ ގާތަށް ގޮސްގެންވެސް ރުޤްޔާކުރާށެވެ! 

މިބާވަތުގެ ކަންކަން މެދުވެރިވާނީ ހަމައެކަނި ޤުރްއާން ނުވަތަ ދީނީ ޢިލްމް އުނގެނެން މަސައްކަތްކުރުމަކުން ނޫނެވެ. ސިޙުރު ނުވަތަ އެސްފީނާގެ ސަބަބުން ސްކޫލް، ކޮލެޖް، ޔުނިވަރސިޓީން ނުވަތަ އެނޫން ގޮތަކަށްވެސް ކިޔަވަން މަސައްކަތްކުރާނަމަ ހަމަ މިފަދަ މައްސަލަތައް ކުރިމަތިވެދާނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން