ފުރިހަމަ ގޮތުގަ އީމާންތެރިއަކަށްވުމަކީ ޘާބިތުކަން ދެއްވަވާނެ ކަމެއް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ފުރިހަމަ ގޮތުގަ އީމާންތެރިއަކަށްވުމަކީ ޘާބިތުކަން ދެއްވަވާނެ ކަމެއް! އިން ޝާ ﷲ

އީމާންތެރިކަން އިތުރުކުރަން މަސައްކަތްކުރާށެވެ! ޘާބިތުކަން ދެއްވަވާނެތެވެ. އިން ޝާ ﷲ. 

އެއިގެ މާނައަކީ ދަތި އުނދަގޫ ކަންކަން ކުރިމަތިނުކުރެއްވެވުމެއް ނޫނެވެ. ﷲ ތަޢާލާ އަހުރެމެން ދިރިތިބިހާ ހިނދަކު އިމްތިޙާން ކުރައްވަވާނެތެވެ. ނަމަވެސް ފުރިހަމަ ގޮތުގައި އީމާންވެގެން ހުރިނަމަ ތަފާތަކީ ކިތަންމެ ދަތިޙާލެއްގައި އުޅެންޖެހުނަސް ޘާބިތުކަން ދެއްވަވާނެތެވެ.  

އެކަން ބަޔާން ކުރައްވައި އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީ ވިދާޅުވެފައިވަނީ މިފަދައިންނެވެ. 

ޘާބިތުކަމުގެ އަޞްލު-

އައްޝައިޚް ޢަބްދުއްރަޙްމާނު ބުން ނާޞިރު އައްސިޢްދީ رحمه الله ވިދާޅުވިއެވެ. 

"ޘާބިތުކަމުގެ އަޞްލަކީ ހިތުގައިވާ ޘާބިތުކަމެވެ. އަދި ކެތްތެރިކަމާއި ކޮންމެ ފިތުނައެއް މެދުވެރިވާ އިރުގައި އެމީހެއްގެ ހިތުގައިވާ ޔަޤީންކަމެވެ. އެއިލާހު ވަޙީކުރެއްވިއެވެ.  

﴿يُثَبِّتُ اللَّهُ الَّذِينَ آمَنُوا بِالْقَوْلِ الثَّابِتِ فِي الْحَيَاةِ الدُّنْيَا وَفِي الْآخِرَةِ﴾ [سورة إبراهيم ٢٧]

މާނައީ: "ދުނިޔޭގެ ޙަޔާތުގައްޔާއި އާޚިރަތުގައި ޘާބިތުވެގެންވާ ބަހުން (އެބަހީ: ޝަހާދަތުގެ ދެ ކަލިމައިން) އީމާންވި މީހުންނަށް، ﷲ ޘާބިތުކަން ދެއްވައެވެ." 

ފަހެ އީމާންކަމުގެ އަހުލުވެރިންނަކީ ހިތްތަކަށް އެންމެ ބޮޑަށް ހިދާޔަތު ލިބިގެންވާ މީހުންނެވެ. އަދި ދަތި އުނދަގޫ ކަންކަން މެދުވެރިވާ ހިނދުގައި އެންމެ ޘާބިތުވާ މީހުންނެވެ. އެއީ އެބައިމީހުންގެ ކިބައިގައިވާ އީމާންކަމުގެ ސަބަބުންނެވެ."  

"تفسير السعدي (ص: 867)" 

. އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީ

 

މިއަދު އޮންލައިން