އަހުރެމެންގެ ތެރެއިން ގިނަ މީހުންނަށް އެމީހުންގެ އަޚުންނަށް މިދެވެނީ ހަދިޔާ ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 7މ 2ސ
އަހުރެމެންގެ ތެރެއިން ގިނަ މީހުންނަށް އެމީހުންގެ އަޚުންނަށް މިދެވެނީ ހަދިޔާ ހެއްޔެވެ؟

"ހަދިޔާ" މިބަހުގެ އަޑުއިވޭއިރަށް ގިނަ ބައެއްގެ ހިތަށް އަރާނީ މާއްދީ ގޮތުން ކޮންމެވެސް އަގުހުރި އެއްޗެކެވެ. މިޘާލަކަށް ރުފިޔާ، ގަހަނާ، ފޯނު، ކެމެރާ މިހެން ގޮސް ކޮންމެވެސް އަގުހުރި އެއްޗެކެވެ. 

ނަމަވެސް ޞަޙާބީން އެއްބޭކަލަކު އަނެއް ބޭކަލަކަށް ދެއްވަވައި އުޅުއްވެވި ހަދިޔާ މުޅިން ތަފާތެވެ. އެފަދަ ހަދިޔާއެއް މިހާރު ދެނީ ހާދަ މަދު މީހެކެވެ. ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! 

ޞަޙާބީ ބޭކަލުން، ދެއްވާ އުޅުއްވި ހަދިޔާގެ މަތިވެރިކަމާއެވެ!

ޢަބްދުއްރަޙްމާން ބުން އަބީ ލައިލާ رحمه الله ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. 

"لَقِيَنِي كَعْبُ بْنُ عُجْرَةَ، فَقَالَ: أَلاَ أُهْدِي لَكَ هَدِيَّةً سَمِعْتُهَا مِنَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ؟ فَقُلْتُ: بَلَى، فَأَهْدِهَا لِي، فَقَالَ: سَأَلْنَا رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقُلْنَا: يَا رَسُولَ اللَّهِ، كَيْفَ الصَّلاَةُ عَلَيْكُمْ أَهْلَ البَيْتِ، فَإِنَّ اللَّهَ قَدْ عَلَّمَنَا كَيْفَ نُسَلِّمُ عَلَيْكُمْ؟ قَالَ: «قُولُوا: اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى إِبْرَاهِيمَ، وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ، اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى إِبْرَاهِيمَ، وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ». [رواه البخاري (3370)] 

މާނައީ: "ތިމަންކަލޭގެފާނަށް ކަޢުބު ބުން ޢުޖްރާއާ ބައްދަލުވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން އަޑުއިވުނު އެއްޗެއް ކަލޭގެފާނަށް ހަދިޔާކުރަން ހެއްޔެވެ؟" ފަހެ ތިމަންކަލޭގެފާނު ދެންނެވީމެވެ. "އާދޭހެވެ. ތިމަންކަލޭގެފާނަށް އެ ހަދިޔާ ދެއްވާށެވެ."  ދެން އެކަލޭގެފާނު ވިދާޅުވިއެވެ. "ތިމަންމެން ނަބިއްޔާ صلى الله عليه وسلم ގެ އަރިހުގައި ސުވާލު ދެންނެވީމެވެ. "އޭ ﷲ ގެ ރަސޫލާއެވެ! ކަލޭގެފާނުގެ އަހުލު ބައިތުންނަށް ޞަލަވާތް ކިޔާނީ ކިހިނެތް ހެއްޔެވެ؟ ފަހެ ހަމަކަށަވަރުން ތިޔަބޭކަލުންނަށް ސަލާމް ދަންނަވާނޭ ގޮތް ﷲ ވަނީ ތިމަންމެންނަށް އުނގަންނައިދެއްވާފައެވެ." 

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ތިޔަބައިމީހުން ކިޔާށެވެ.

«اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى إِبْرَاهِيمَ، وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ، اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى إِبْرَاهِيمَ، وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ». 

މާނައީ: "އޭ ﷲ! އިބްރާހީމްގެފާނާއި އިބްރާހީމްގެފާނުގެ އާލުންގެ މައްޗަށް އިބަ އިލާހު ޞަލަވާތްލެއްވި ފަދައިން މުޙައްމަދުގެފާނާއި މުޙައްމަދުގެފާނުގެ އާލުންގެ މައްޗަށްވެސް ޞަލަވާތް ލައްވާނދޭވެ! ހަމަކަށަވަރުން އިބަ އިލާހީ ހުރިހާ ޙަމްދު ތަޢުރީފަކާއި، ހުރިހާ މާތްކަމެއް ލިބިވޮޑިގެންވާ އިލާހެވެ. އޭ ﷲ! އިބްރާހީމްގެފާނާއި، އިބްރާހީމްގެފާނުގެ އާލުންގެ މައްޗަށް އިބަ އިލާހު ބަރަކާތްލެއްވި ފަދައިން މުޙައްމަދުގެފާނާއި، މުޙައްމަދުގެފާނުގެ އާލުންގެ މައްޗަށްވެސް ބަރަކާތް ލައްވާނދޭވެ! ހަމަކަށަވަރުން އިބަ އިލާހީ ހުރިހާ ޙަމްދަކާއި، ހުރިހާ މާތްކަމެއް ލިބިވޮޑިގެންވާ އިލާހެވެ "

 

- އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީ

މިއަދު އޮންލައިން