ފައިވަޅާ ގުވަނާ ވަށައިގެންވާ ސަރަޙައްދު ކަހައި ހިރުވާނަމަ އެއީ ކުޑަކަމެއް ނޫން! ބޭހުން ރަނގަޅުނުވާނަމަ ސިޙުރަށް ފަރުވާ ކުރަންޖެހޭނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ފައިވަޅާ ގުވަނާ ވަށައިގެންވާ ސަރަޙައްދު ކަހައި ހިރުވާނަމަ އެއީ ކުޑަކަމެއް ނޫން! ބޭހުން ރަނގަޅުނުވާނަމަ ސިޙުރަށް ފަރުވާ ކުރަންޖެހޭނެ ކަމެއް!

ޞިއްހަތު ރަނގަލަށް ތިބޭ މީހުންނަށްވެސް ކުރިމަތިވާ ކަމެއް ބުނެލާނަމެވެ. އެއީ ފައިވަޅާއި ގުނަވަނާއި ވަށައިގެންވާ ސަޜަޙައްދު ކަހައި ހިރުވުމެވެ. ބައެއް ޙާލަތްތަކުގައި ބިހިނެގުމެވެ. 

މިފަދަ ޢަލާމާތެއް ފެނިއްޖެނަމަ ފުރަތަމަ ކަމަކަށް ޑޮކްޓަރެއްގެ ލަފާހޯދާށެވެ. ދޭ ބޭހަށް ނުވަތަ ދޭ ލަފައާއި އެއްގޮތަށް ކަންކަން ކުރުމުން ރަނގަޅުނުވާނަމަ ސިޙުރަށް ފަރުވާކުރާށެވެ. ފުރަތަމަ އަމިއްލައަށް ރުޤްޔާކުރާށެވެ! ސިޙުރުން ރައްކައުތެރިވުމަށް ކިޔަވަންހުރި އާޔަތްތަކާއި ސޫރަތްތައް ކިޔަވާށެވެ. އެކަމުންވެސް ޝިފާއެއް ނުލިބޭނަމަ ތަޖުރިބާކާރު، ރުޤްޔާކުރާ މީހެއްގެ އެހީތެރިކަން ހޯދާށެވެ.   

މިފަދަ ކަންކަން މެދުވެރިވުމުން ބައެއް މީހުން ފަރުވާކުޑަކުރެއެވެ. އެއީ އެއްވެސް ކަމެއް ނޫން ކަމަށް ބަލައިގެން މަޑުކުރެއެވެ. ނަމަވެސް އެއީ ރަނގަޅު ގޮތެއް ނޫނެވެ. ހަމަ ހުރެފައި މީހަކަށް އެބާވަތުގެ ކަންކަން މެދުވެރިއެއ ނުވާނެއެވެ. ޞިއްޙީ ސަބަބެއް އޮންނާނެއެވެ. ޞިއްޙީ ސަބަބެއް ނެތްނަމަ ސިޙުރާއިމެދު ސަމާލުވާންވާނެއެވެ. 

މިބަޔާންކުރި ޙާލަތު ކުރިމަތިވާ ސަބަބުތަކުގެ ތެރޭގައި ދެމަފިރިން ދުރުކުރުވަން ހަދާ ސިޙުރުވެސް ހިމެނެއެވެ. އެއީ އެކަމުގެ ސަބަބުން ދެމީހުން ދުރުކޮށް ގުޅުން ކަނޑުވައިލުމެވެ. ވީމާ މިބުނި ފަދަ ޙާލަތެއް ކުރިމަތިވެއްޖެނަމަ އިހްމާލުނުވެ ފަރުވާ އާއި ރައްކައުތެރިކަން ލިބިގަންނަން މަސައްކަތް ކުރާށެވެ. 

- ސިޙުރަށް ހޭލުންތެރިވުން

މިއަދު އޮންލައިން