އެއްވެސް މީހެއްގެ ހިތުގަ ޖައްސުވައި ދެރައާއި ގެއްލުންދޭން ﷲ ތަޢާލާ ހަމައެކަކުވެސް ދޫނުކުރައްވަވާނެ! އަރާ ހަމަކޮށް ޗިސްޗިސްކޮށްލެވޭތަން ފެންނާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
އެއްވެސް މީހެއްގެ ހިތުގަ ޖައްސުވައި ދެރައާއި ގެއްލުންދޭން ﷲ ތަޢާލާ ހަމައެކަކުވެސް ދޫނުކުރައްވަވާނެ! އަރާ ހަމަކޮށް ޗިސްޗިސްކޮށްލެވޭތަން ފެންނާނެ!: މުފްތީ މެންކް

އަތްމަތި ތަންކޮޅެއް ތަނަވަސްނަމަ ނުވަތަ ނުވަތަ މަތީ މަޤާމެއްގައި ހުރިނަމަވެސް ނުވަތަ ތިމާގެ ސިފަ ތަންކޮޅެއް ރީތި ކަމަށް ޤަބޫލުކުރެވުނަސް ބައެއް މީހުންނަށް ޤަބޫލުކުރެވެނީ ތިމާއަށް މިހުރެވެނީ މާމަތީގައި ކަމަށެވެ. އެހެންވެ އެހެން މީހުންނާއިމެދު ކޮންމެ ގޮތަކަށް ކަންކަން ކުރަންވެސް ޖެހިލުމެއް ނުވެއެވެ.  

ނަތިޖާއެއްގެ ގޮތުން އެމިޙެއްގެ އަނބިދަރިންނަށާއި ޢާއިލާގެ މީހުންނަށާއި އަދި ބައިންބަފައިންނާއިމެދުގައިވެސް ކަންކަން ކުރަނީ އެފަހަރަކު ކަންތައް ކުރަން ބޭނުންވި ގޮތަކަށެވެ. ތިމާ މިކުރާ ކަންތައް ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވާ ކަމާއިމެދުގައިވެސް ވިސްނައެއް ނުލައެވެ.  

ރަނގަޅަށް ވިސްނާށެވެ! ލިބޭ ހިތާމައެއްގެ ސަބަބުން ނުވަތަ ހިތްދަތިކަމެއްގެ ސަބަބުން ލޮލުން ކަރުނަ އޮހޮރުވުމަކީ އަމިއްލައަށް ކުރެވޭނެ ކަމެއް ނޫނެވެ. ކޮންމެ ކަރުނަ ތިއްކެއްވެސް ވެއްޓޭނީ ﷲ ތަޢާލާގެ އިޒުނަފުޅާއިއެކުގައެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި އެކަރުނަ ތިކީގެ އަގު ވަޒަންކުރަން އަހުރެމެންނަކަށް ނުވެސް އެނގޭނެއެވެ! އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. ވީމާ އެއަނިޔާ ދިން މީހަކަށް ދެއްވަވާނީ ކޮން ޝަޒާއެއްކަން އަހުރެމެންގެ ހިތަށްވެސް ނުގެނެވޭނެއެވެ.  

ޔަޤީންކަމާއިއެކުގައި ބުނަމެވެ. އެއްވެސް މީހަކު ރޮއްވައި ކަރުނަ އޮހޮރަން ޖައްސުވާފައި ހިތްހަމަޖެހިގެނެއް ނުއުޅެވޭނެއެވެ. އެކިވަރުގެ މުޞީބާތްތައް އެކި ގޮތް ގޮތްގޮތަށް އައިސް އެމީހަކާއި ބަދަލުކޮށް އެމހަކު ވަށާލައި ބައްދައިލާނެއެވެ. ނިކަމެތިކުރުވާނެއެވެ. ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް ޢަމަލުކުރަން އޮތީ މިކަންކަމަށް ވިސްނައިގެންނެވެ.  

ތަކުރާރުކޮށްލާނަމެވެ! އެއްވެސް މީހެއްގެ ހިތުގައި ޖައްސުވައި ދެރައާއި ގެއްލުންދޭން ﷲ ތަޢާލާ ހަމަ އެކަކުވެސް ދޫނުކުރައްވަވާނެތެވެ! އަރައިހަމަކޮށް އެމީހަކު ފިއްތައި ޗިސްޗިސްކޮށްލާތަން ފެނިގެންދާނެއެވެ. މިއީ ކޮންމެ ދުވަހަކުވެސް ފެންނަމުން އަންނަ ކަންކަމެވެ.

 

- މަޢުލުމާތު: މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން