ޚަލީފާއިންނާއި ޞަޙާބީންނާއި ތާބިޢިންވެސް ތިއްބެވީ އިސްލާމް ދީނުގައެވެ. ކަންކަމުގައި ކުރިމަތިވަމުން އަންނަނީ ހަމަ އެއް ޒާތެއްގެ ކަންތައްތަކެވެ. ތަފާތުވެގެން މިއުޅެނީ ކަންކަން ކުރިމަތިވުމުން ޢަމަލުކުރެވޭ ގޮތެވެ.
މިޘާލަކަށް މީހަކު މީހަކުދެކެ ރުޅިއައުމުން އޭނާވެސް ރުޅިއަރުވާލަން ނުވަތަ ނިކަމެތިކޮށްލަން ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެއެވެ. އެހިނދު ތިމާ ﷲ ތަޢާލާއަށް ބިރުވެތިވެ ރުޅި މަޑުކުރަން މަސައްކަތްކުރުމުގެ ރަނގަޅު އާދަ މިދަނީ ނެތެމުންނެވެ. ޤަބޫލުކުރެވެނީ ތިމާގެ މޮޅުކަން ދެއްކޭނީ އޭނާއަށްވުރެ ތިމާގެ ރުޅި ގަދަކޮށްގެން ކަމަށެވެ. އެނާއަށްވުރެ ނުބައި ބަސްތައް ބުނެގެން ކަމެވެ. އޭނާ ކުރި ކަންތަކަށްވުރެ ނުބައި ކަމެއް ކޮށްގެން ކަމަށެވެ.
މިއީ އެންމެ ނުބައި ވިސްނުމެވެ. މިއީ ޝައިޠޯނާ ވިސްނުވައިދޭ ގޮތެވެ. އެޙާލަތުގައި ޢަމަލުކުރަން އޮތް ގޮތް ތިރީގައިވާ ލިޔުމުން އެނގިލއްވާނެއެވެ. ޢަލީގެފާނު ޢަމަލުފުޅިކުރެއްވެވި ގޮތް ދަސްކޮށް ޢަމަލުކުރަން މަސައްކަތްކުރާށެވެ! ދެދުނިޔޭގައިވެސް ފައިދާކުރާނެއެވެ. އިން ޝާ ﷲ
ހަނގުރާމައެއްގެ ތެރެއިން މީހަކު ޤަތުލުކުރައްވަން އުޅުއްވަނިކޮށް އޭނާ ޢަލީގެފާނުގެ މޫނުފުޅަށް ކުޅުޖެއްސެވެ. އެހިނދު އޭނާ ޤަތުލުކުރެއްވެވުން ހުއްޓަވައިލެއްވެވުމުން އެމީހާ ކަންބޮޑުވެ އޭނާ ޤަތުލުނުކުރެއްވެވީ ކީއްވެގެންތޯ ސުވާލު ކުރިއެވެ.
ޖަވާބުގައި ވިދާޅުވިއެވެ. "އަހުރެން ކަލޭ ޤަތުލުކުރަން އުޅުނީ ﷲ އަށްޓަކައެވެ. ނަމަވެސް މޫނަށް ކުޅުޖެހުމުން އަހުރެންގެ ރުޅިވެރިކަން އެދެމެދަށްވަނީމާ އެކަން ނުކުރެއްވެވީއެވެ." އޭނާ ދެންނެވިއެވެ. "އަހުރެން އެކަން ކުރީ ކަލޭގެފާނު އަހުރެން އަވަހަށް ޤަތުލުކުރެއްވެވުން އެދިގެންނެވެ."
ޢަލީގެފާނުގެ މޫނުފުޅަށް އޭނާ ކުޅުޖެހުމުން ކޯފާ ގަދަކުރައްވަވައި އޭނާ ޤަތުލު ނުކުރެއްވެވުން ވެގެން ދިއައީ އިސްލާމްދީނުގެ މަތިވެރިކަން އޭނާއަށް ޤަބޫލުކުރެވި އޭނާ އިސްލާމްވި ސަބަބުކަމުގައެވެ.
- ވޯލްޑްކަޕް ތެރޭގަ އިސްލާމް ދީން މަތިވެރިކުރަން ޤަތަރުން ހާމަކުކުރި ވާހަކަތަކުގެ ތެރެއިން-