ޢާއިޝަތު ރަފާޙް ޢަލީ
ކީރިތި ޤުރްއާނުގެ ފުރިހަމަކަމާ އެއާއި އެއްފަދަ ފޮތެއް ދުނިޔޭގައި ނެތްކަމަށް ކާފިރުން މިއަދުވެސް ޤަބޫލުކުރެއެވެ. ނަމަވެސް ބަލައިގަންނަން ބޭނުން ނުވަނީއެވެ. އެއީ ބަލައިގަނެ ތަބަޢަ ވެއްޖެނަމަ އެމީހުން ދުނިޔޭގެ އުފާވެރިކަން ހޯދަން ކުރަމުން އަންނަ ކަންކަން ކުރުން ހުއްޓާލަންޖެހޭނެތީއެވެ. މިކަން އެނގެނީ ހަމަ އެމީހުންގެ ޥާހަކަތަކުންނެވެ.
މުޝްރިކުންނާއި ޔަހޫދީން ކީރިތި ގުރްއާނަށް ހަމަލާދީ ކީރިތި ގުރްއާނަށް ތަޢުނުކުރަން، ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޒަމާނުންސުރެ ވަނީ ފަށައިފައެވެ. އަދި އެބައިމީހުން ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ އަކީ ޖާދޫގަރެއް ކަމަށާއި ސިހުރުވެރިއެއް ކަމަށް ބުނަމުން ގެންދިޔައެވެ. ވަހީއަށް އިންކާރު ކުރިއެވެ. ގުރްއާނަށް އިންކާރު ކުރިއެވެ. އެކަމުގެ ރައްދު މާތް ﷲ ވަޙީކުރައްވައިފައިވެއެވެ.
)كَذَٰلِكَ مَآ أَتَى ٱلَّذِينَ مِن قَبْلِهِم مِّن رَّسُولٍ إِلَّا قَالُوا۟ سَاحِرٌ أَوْ مَجْنُونٌ ﴿٥٢﴾
މާނައީ: އެފަދައިން އެއީ ޖާދޫގަރެކޭ، ނުވަތަ މޮޔައެކޭ އެއުރެން ނުބުނާ އެއްވެސް رسول އަކު، އެއުރެންގެ ކުރީގެ މީހުންގެ ގާތަކަށްވެސް ވަޑައެއްނުގަންނަވައެވެ."
އެގޮތުން މުޝްރިކުން ކީރިތި ގުރްއާނަށް ތަޢްނުކުރާ ނުވަތަ ހަމަލާދިނުމަށް ބޭނުންވާ ބައެއް ސަބަބުތައް ތިރީގައި ބަޔާންކޮށްލަމެވެ.
1. ފިކުރީ ގޮތުން މުސްލިމުންނާ ހަނގުރާމަ ކުރުމަށެވެ.
2. މުސްލިމުންގެ މެދުގައި ބައިބައިވުން އުފެއްދުމަށެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ذَٰلِكَ بِأَنَّ ٱللَّهَ نَزَّلَ ٱلْكِتَٰبَ بِٱلْحَقِّ ۗ وَإِنَّ ٱلَّذِينَ ٱخْتَلَفُوا۟ فِى ٱلْكِتَٰبِ لَفِى شِقَاقِۭ بَعِيدٍ ﴿١٧٦﴾
މާނައީ: އެއީ ހަމަކަށަވަރުން اللَّه، حق ގޮތުގައި ފޮތް ބާވައިލައްވާފައިވާ ކަމަށްޓަކައެވެ. އަދި ހަމަކަށަވަރުން ފޮތާމެދު خلاف ވި މީހުންވަނީ (حق އާ) ދުރުވެގެންވާ ދެކޮޅުވެރި ކަމެއްގެ ތެރޭގައިކަން ކަށަވަރެވެ. (176)
3. މުސްލިމުންގެ ތެރޭގައި ފިތުނަވެރިކަން ފަތުރައި ޢާއްމުކުރުމެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.
هُوَ ٱلَّذِىٓ أَنزَلَ عَلَيْكَ ٱلْكِتَٰبَ مِنْهُ ءَايَٰتٌ مُّحْكَمَٰتٌ هُنَّ أُمُّ ٱلْكِتَٰبِ وَأُخَرُ مُتَشَٰبِهَٰتٌ ۖ فَأَمَّا ٱلَّذِينَ فِى قُلُوبِهِمْ زَيْغٌ فَيَتَّبِعُونَ مَا تَشَٰبَهَ مِنْهُ ٱبْتِغَآءَ ٱلْفِتْنَةِ وَٱبْتِغَآءَ تَأْوِيلِهِۦ ۗ وَمَا يَعْلَمُ تَأْوِيلَهُۥٓ إِلَّا ٱللَّهُ ۗ وَٱلرَّٰسِخُونَ فِى ٱلْعِلْمِ يَقُولُونَ ءَامَنَّا بِهِۦ كُلٌّ مِّنْ عِندِ رَبِّنَا ۗ وَمَا يَذَّكَّرُ إِلَّآ أُو۟لُوا۟ ٱلْأَلْبَٰبِ ﴿٧﴾
މާނައީ: އެކަލާނގެއީ، ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވި ކަލާނގެއެވެ. އޮޅުމެއްނެތި، މާނަ ސާފުކޮށް އެނގޭ آية ތަކެއް އޭގެތެރޭގައިވެއެވެ. އެ آية ތަކަކީ، އެ ފޮތުގެ މައިގަނޑު ބަޔެވެ. އަދި متشابه آية ތަކެއްވެސްވެއެވެ. (އެބަހީ: اللَّه އަށް މެނުވީ އޭގެ މާނަ އެނގުންނުވާ، ނުވަތަ علمى نظر އަކުން ބަލައިގެންމެނުވީ އޭގެ މާނަ ދޭހަނުވާ آية ތަކެއްވެސް އޭގެތެރޭގައި ވެއެވެ.) ފަހެ، حق މަގުން އެއްކިބާވުމުގެގޮތް، އެއުރެންގެ ހިތްތަކުގައިވާ މީހުން ދަންނާށެވެ! ފަހެ، އެއުރެން فتنة އުފެއްދުމުގެ ބޭނުމުގައްޔާއި، އެ آية ތައް އެކިގޮތްގޮތަށް މާނަކުރުމުގެ ބޭނުމުގައި، އެ ފޮތުގެ ތެރޭގައި متشابه آية ތައް ނަގައި، އޭގައި ހިފަހައްޓަތެވެ. އެ آية ތަކުގެ حقيقى މާނަ، اللَّه އަށް މެނުވީ އެނގިގެނެއް ނުވެތެވެ. علم ގައި ހަރުދަނާކަމާއި ثابت ކަން ލިބިފައިވާ މީހުން ބުނާހުށީ، ތިމަންމެން މިތިބީ އެ آية ތަކަށް إيمان ވެގެންނެވެ. ހުރިހާ آية ތަކެއްވެސްވަނީ، ތިމަންމެންގެ ވެރިރަސްކަލާނގެ حضرة ންނެވެ. ބުއްދީގެ أهل ވެރިން މެނުވީ ވިސްނައި ހަނދުމަކޮށެއް ނަހަދަތެވެ. (7)
4. އިސްލާމްދީން މުޅިން ނައްތާލެވޭތޯ މަސައްކަތްކުރުމެވެ. މާތް ﷲ ވަހީ ކުރައްވާފައިވެއެވެ.
وَلَن تَرْضَىٰ عَنكَ ٱلْيَهُودُ وَلَا ٱلنَّصَٰرَىٰ حَتَّىٰ تَتَّبِعَ مِلَّتَهُمْ ۗ قُلْ إِنَّ هُدَى ٱللَّهِ هُوَ ٱلْهُدَىٰ ۗ وَلَئِنِ ٱتَّبَعْتَ أَهْوَآءَهُم بَعْدَ ٱلَّذِى جَآءَكَ مِنَ ٱلْعِلْمِ ۙ مَا لَكَ مِنَ ٱللَّهِ مِن وَلِىٍّ وَلَا نَصِيرٍ ﴿١٢٠﴾
މާނައީ: އަދި يهودى ންވެސް نصارى އިންވެސް އެއުރެންގެ دين އަށް ކަލޭގެފާނު تبع ވެވަޑައިގެންފުމަށް ދާނދެން ކަލޭގެފާނަކާ ނުރުހޭނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން اللَّه ގެ މަގު އެއީ ހަމަ ތެދުމަގެވެ. އަދި ކަށަވަރުންވެސް، ކަލޭގެފާނުގެ އަރިހަށް علم ގެ ތެރެއިން އައި ކަންތަކަށްފަހު އެއުރެންގެ އެދުންތަކަށް ކަލޭގެފާނު تبع ވެވަޑައިގެންފިނަމަ، اللَّه ގެ حضرة ން ކަލޭގެފާނަށް އެއްވެސް އެހީތެރިޔަކު އަދި نصر ދޭނޭ މީހަކުވެސް ނުވާނެތެވެ. (120)