ފަތިސްނަމާދު ކުރާ މީހުންގެ ޢަދަދު ބިރުގަންނަންޖެހޭ މިންވަރަށް މަދުވެއްޖެ! 2 މައްޔިތުންގެ ކަށުނަމާދަށް 4 ސަފު ހަމަވީ ކިރިޔާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ފަތިސްނަމާދު ކުރާ މީހުންގެ ޢަދަދު ބިރުގަންނަންޖެހޭ މިންވަރަށް މަދުވެއްޖެ! 2 މައްޔިތުންގެ ކަށުނަމާދަށް 4 ސަފު ހަމަވީ ކިރިޔާ!

ދާދިފަހުން މާލޭ އާސަހަރާ މިސްކިތުގައި ފަތިސްނަމާދަށްފަހު 2 މައްޔިތުންގެ މައްޗަށް ކަށުނަމާދުކުރެވުނުއިރު 4 ސަފު ލިބުނީ ހަމަކިރިޔާއެވެ. މިކަމުން އެނގެނީ ފަތިސްނަމާދު ޚާއްޞަކޮށް ޖަމާޢަތުގައި ކުރާ މީހުންގެ ޢަދަދު ކަންބޮޑުވާންޖެހޭ މިންވަރަށް މަދުވެއްޖެ ކަމެވެ.  

ފަތިސްނަމާދުގެ ވަޤުތަށް ނުވިނަމަ ޢާންމު ގޮތެއްގައި މީގެ 3، 4 ގުނަ އިތުރަށް ފެންނާނެއެވެ. ވީމާ ނަމާދުކުރާ މީހުންގެ ޢަދަދު ގިނަ ނަމަވެސް މިއެނގެނީ ފަތިސްނަމާދުކުރާ މީހުންގެ ޢަދަދު މަދުވެފައިވާ ވަރެވެ.

ފަތިސް ނަމާދުން ދުވަސް ފެށުމަށް ހޭލުންތެރިކުރުވުމުގެ ގޮތުން ޢިލްމްވެރިންގެ ބަސްފުޅުތައް މެދުކެނޑުމެއް ނެތި ގެނެސްދެމުންނެވެ.  

ހަނދުމަކޮށްދިނުމެއް!: މަތިމައްޗަށް ހުންނަ ޘަވާބުފުނިތައް ބޭނުންފުޅުނަމަ މިލިޔުން ހިއްޞާކޮށްލައްވައި މިކެންޕޭނުގައި ބައިވެރިވެލައްވާ!

ބުރާސްފަތިދުވަހުގެ އިރު އޮއްސުމާއިއެކު މުސްލިމުންނަށް ހުކުރު ދުވަސް ފެށުނީއެވެ. މާނައަކީ ހުކުރު ދުވަހަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައްކުރަން ފަށަންވީއެވެ.

Ibn Umar reported: The Messenger of Allah, peace and blessings be upon him, said,

“Verily, the best of prayers to Allah is the dawn prayer in congregation on Friday.”

Source: Shu’ab al-Imān 2790

Grade: Sahih (authentic) according to Al-Albani

މިގޮތުން އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނީ ހުކުރުވިލޭރޭގެ ފަތިސްނަމާދަށެވެ. އެހެނީ ﷲ އަތާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ނަމާދަކީ ހުކުރުވިލޭރޭގެ ޖަމާޢަތުގައި ކުރެވޭ ފަތިސްނަމާދުކަމުގައިވާތީއެވެ.

ވީމާ އަޅުގަނޑުމެން މިރެއިން ފެށިގެން ޚާޢްޞަ ކެންޕޭނެއް ފަށަމާތޯއެވެ؟ ވީހައި ގިނަ ބައަކު ގޮވައިގެން ފަތިސް ނަމާދުގެ ޖަމާއަތަށް ދިއުމުގެ ކެންޕޭނެވެ. ވީހާ ގިނަބައކަށް ހަނދާންކޮށްދިނުމުގެ ކެންޕޭނެވެ. ޚާއްޞަކޮށް ހުކުރުވިލޭރޭގެ ފަތިސްނަމާދު ޖަމާޢަތުގައި ކުރުމުގެ ކެންޕޭނެވެ.

ވީމާ މި މެސެޖު ހުރިހާ ބޭފުޅުންވެސް ވީހައި ގިނަ ބައަކަށް ޝެއާރކޮށްލައްވާށެވެ. އެއީ ވަރަށް ފައިދާ ބޮޑު ކަމެކެވެ. ތިބާގެ ސަބަބުން އެންމެ މީހަކު ނަމާދުކުރި ނަމަވެސް އެކަމުގެ ޘަވާބުން އެނާއަށް އެއްވެސް މިންވަރެއް އުނި ނުކުރައްވަވައި ހަމަ ތިބާއަށްވެސް ދެއްވެވާނެތީއެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން