ޤިޔާމަތް ދުވަހު ރަސޫލް ޞޢޥ ގެ ޝަފާޢަތް ލިބޭނެ މީހުންގެ ތެރެއިން އެންމެ ބޮޑު އުފާވެރިކަމެއް ލިބޭ މީހަކަށްވުމަށް ކުރަން އޮތީ އެންމެ ފަސޭހައިން ކުރެވޭނެ ވަރަށް ކުޑަކުޑަ ޢަމަލެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
ޤިޔާމަތް ދުވަހު ރަސޫލް ޞޢޥ ގެ ޝަފާޢަތް ލިބޭނެ މީހުންގެ ތެރެއިން އެންމެ ބޮޑު އުފާވެރިކަމެއް ލިބޭ މީހަކަށްވުމަށް ކުރަން އޮތީ އެންމެ ފަސޭހައިން ކުރެވޭނެ ވަރަށް ކުޑަކުޑަ ޢަމަލެއް!

އަބަދުވެސް ބުނާ ފަދައިން ވަރަށް ކުދިކުދި ޢަމަލުކޮށްގެންވެސް ޤިޔާމަތް ދުވަހު އެންމެ މަތީ ހަރުފަތަށް އެރުމުގެ ފުރުޞަތު ﷲ ތަޢާލާ ވަނީ ދެއްވަވައިފައެވެ. މިޘާލަކަށް ތިމާގެ އަޚްލާޤް ރަނގަޅުކުރުމަކީ ތިމާގެ ދުނިޔަވީ ޙަޔާތަށްވެސް އެންމެ މުހިންމު ކަންތަކެވެ. އަމިއްލަ ދިރިއުޅުމަށްވެސް އެންމެ ބޭނުންތެރި ކަންތަކެވެ. އެހެންކަމާއިއެކުވެސް ސުވަރުގޭގެ އެންމެ މަތީ ދަރަޖަތަކުގައި ގިނަވާނީ އެންމެ ޚުލްޤް ރަނގަޅު މީހުންކަން ޙަދީޘްފުޅުން އެނގެން އެބަ އޮތެވެ. 

އަހަރެމެން އެންމެންވެސް އެންމެ ބޮޑަށް ބޭނުންވެގެން މިއުޅެނީ ހަމަ އެންމެ ކަމަކަށެވެ. އެއީ ޤިޔާމަތް ދުވަހު ހިތާމަކުރަންނުޖެހި އެންމެ އުފާވެރި މީހަކަށްވުމެވެ. އެހެންވެ މިރޭ މިބުނެދެނީ އަދި މާކުޑަކުޑަ، މާފަށޭހައިން ކުރެވެން އޮތް ކަމެއްގެ ވާހަކައެވެ. އިން ޝާ ﷲ  

أسعد الناس بشفاعتي يوم القيامة من قال لا إله إلا الله خالصا من قلبه

މާނައީ: ގިޔާމަތް ދުވަހުން ތިމަން ކަލޭގެފާނުގެ ޝަފާޢަތް ލިބޭނެ މީހުންގެ ތެރެއިން އެންމެ އުފާވެރި މީހުންނަކީ އިޙްލާސްތެރި ކަމާއެކީ އެމީހެއްގެ ހިތުން لا إله إلا الله ކިޔާ މީހުންނެވެ." 

ޤިޔާމަތް ދުވަހު "ރަސޫލް  ގެ ޝަފާޢަތް ލިބޭނެ މީހުންގެ ތެރެއިން އެންމެ އުފާވެރި މީހުންނަކީ އެމީހެއްގެ ހިތުން لا إله إلا الله ކިޔާ މީހުން" ކަމަށް އޮތުމަކީ ކިހައި އުފަވެރި ވާހަކައެއް ހެއްޔެވެ؟ އެއީ ކޮށްލަން ކިހައި ފަސޭހަ ޢަމަލެއްހެއްޔެވެ؟ ކަލިމަ ކިޔައިލުން ފަސޭހައެވެ. އުނދަގޫ ކަމަކަށްވާނީ ޢަމަލުކުރުމެވެ. އެހެނީ އިޚްލާޞްތެރިކަމާއިއެކު ކިޔުމަކީ ދުލުން ކިޔައި ޢަމަލުކުރުމެވެ. 

މިއީ ޛިކުރެއްގެ ގޮތުގައި ގިންގިނައިން ކިޔަންވެސް އެންމެ މަތިވެރި ކަލިމައެވެ. ވީހައި ގިނައިން ކިޔަމުން ގެންދާށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން