އެބޭކަލަކު ގިނަގިނައިން ކަރުނައެޅުއްވެވި ސަބަބަށް އެންމެ ކުޑަމިނުން އަހުރެމެންގެ ހިތުގަ ކަންބޮޑުވުން އުފެދޭ ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
އެބޭކަލަކު ގިނަގިނައިން ކަރުނައެޅުއްވެވި ސަބަބަށް އެންމެ ކުޑަމިނުން އަހުރެމެންގެ ހިތުގަ ކަންބޮޑުވުން އުފެދޭ ހެއްޔެވެ؟

ބޭކަލަކު ވަރަށް ގިނައިން ކަރުނަ އަޅުއްވާތީ ސުވާލުކުރުމުން ޖަވާބުގައި އެބޭކަލަކު ވިދާޅުވިއެވެ. 

"އަހުރެންނަށް ކުރެވޭ ފާފަތައް ﷲ ވަގުތުން ދެކެވޮޑިގެންވާއިރު އަހުރެންނަށް ކޯފާއެއް ލައްވަވައިފާނެތީއެވެ. ތިބާ ތިހުރީ ތިމަން ﷲ ގެ ރަޙްމަތުން ބޭރުކުރައްވަވާފައިކަމަށް ވަޙީކުރައްވަވައިފާނެތީއެވެ." 

ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ނަފްސާއި ކޮށްލަން ޖެހޭ ސުވާލަކީ ތިމާގެ ހިތުގައި މިފަދަ ބިރުވެރިކަން އުފެދޭ ހެއްޔެވެ؟ ކުރެވޭ ފާފަތަކާއިމެދު ދެރަވެ ލޮލުން ކަރުނަ ނުއެޅޭތަނުގައި އެންމެ ކުޑަމިނުން ހިތުގައި ކަންބޮޑުވުން އުފެދޭ ހެއްޔެވެ؟ 

ހަމަޔަޤީނުންވެސް ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުތައް ބެހެއްޓޭނީ ﷲ ތަޢާލާއަށް ބިރުވެތިވެވިގެންނެވެ. ބިރުވެތިނުވެވޭނަމަ ފާފަކުރަން ޖެހިލުމެއް ނުވެވޭނެއެވެ. 

އެބޭކަލަކު ވިދާޅުވެފައި އެވަނީ ވަރަށް މުހިންމު ބަސްފުޅެކެވެ. ކޮންމެ މުސްލިމަކުވެސް ވިސްނައި ސަމާލުކަން ދޭންޖެހޭނެ ބަސްފުޅެކެވެ. އެހެނީ ނަރަކައިން މިންޖުވެވޭނީ ﷲ ތަޢާލާއަށް ބިރުވެތިވާ ޙާލު ދުނިޔޭގައި އުޅެވުނުނަމައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން