ކައިވެންޏަށްފަހު ތިމާގެ ރީތިކަމަށް ނުވަތަ ތަނަވަސްކަމަށް ވިސްނޭނަމަ އެމީހަކު އެހުރީ ބޮޑުތަނުން ފޭލްވެފަ! ކާމިޔާބު އެދޭނަމަ މި މަގުން މަސައްކަތްކުރޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ކައިވެންޏަށްފަހު ތިމާގެ ރީތިކަމަށް ނުވަތަ ތަނަވަސްކަމަށް ވިސްނޭނަމަ އެމީހަކު އެހުރީ ބޮޑުތަނުން ފޭލްވެފަ! ކާމިޔާބު އެދޭނަމަ މި މަގުން މަސައްކަތްކުރޭ!

ކައިވެނިކޯށް ޒަވާޖީ ޙަޔާތް ފެށުމަށްފަހު ދިރިއުޅުން ކުރިއަރުވަން ކުރަންޖެހޭ މަސައްކަތްކުރަން ގިނަ ބައަކު ކަންނެތްވެއެވެ. ގިނަ ފަހަރު އެކަން މެދުވެރިވަނީ ތިމާގެ ރީތިކަން ނުވަތަ ތަނަވަސްކަން ވިސްނޭތީއެވެ. އެއީ ކައިވެނި ދަމަހައްޓާނެ ބާރެއް ކަމަށް ވިސްނޭތީއެވެ.  

ގިނަ ފަހަރު ކަންކަން މެދުވެރިވަނީ އެގޮތަކަށް ނޫނެވެ. ޒަވާޖީ ޙަޔާތަކަށް ފެށުމަށްފަހު ދިރިއުޅުން ކުރިއަރުވަން މަސައްކަތް ނުކުރާނަމަ ބައިވެރިޔާގެ މަތިން ފޫހިވާން ފެށޭނެއެވެ. ލޯބިވެރިޔާގެ  ރީތިކަމަށް ވިސްނާނީ ކައިވެނިކުރެވެންދެންނެވެ. ކައިވެނި ކުރެވުމުން ދެން ބޭނުންވާނީ އުފާވެރި ދިރިއުޅުމެކެވެ. އުފާވެރިކަމުގައި ކުރިއަރައިގެންދާށެވެ! އެކަން އެގޮތަށް ކުރިއަށް ނުދާނަމަ ދިރިއުޅުން މަތިން ފޫހިވެވެން ފަށާނެއެވެ.  

ޒަވާޖީ ޙަޔާތް އުފަލުގައި ކާމިޔާބުކުރެވިފައި ތިބި މީހުންނަށް ބަލާއިރު ހަަމ އެންމެންނަކީވެސް އެމީހުންގެ ދިރިއުޅުން ކުރިއަރުވަން އެމީހަކަށް ވެވުނު ވަރަކުން މަސައްކަތްކުރި މީހުންނެވެ. ގިނަ ފަހަރު އެކަމުގައި ދެމަފިރިންގެ ދައުރު ތަފާތުވާނެއެވެ. އެއިގެ މާނައަކީ އަނެކާގެ މައްޗަށް ހުރިހާ ކަންކަން ދޫކޮށްލައިގެން ހުރުމެއް ނޫނެވެ. ދެމީހުންވެސް އެމީހަކު އަދާކުރަންޖެހޭ ދައުރު އެންމެ ފުރިހަމައަށް އަދާކުރުމެވެ.  

ބައިވެރިޔާގެ ރީތިކަމުން ހިތްފުރައިގެން ކެތްތެރިވާނީ ހާހަކުން މީހެކެވެ. އަދި އެއީ ދިރިއުޅުމުގެ ހަމަތަކަށް ބެލިނަމަވެސް ދެކޮޅުޖެހޭނެ ކަމެއްވެސް ނޫނެވެ. ދެން އޮތީ ތަނަވަސްކަން ހުރުމެވެ. ހަމައެކަނި ތަނަވަސްކަމަށް ފުދިގެން ހުންނަ ނުވަތަ އިންނަ ބައިވެރިއެއްގެ ކިބައިން ޙަޤީޤީ އުފާވެރިކަމެއް ނުލިބޭނެއެވެ. ލިބޭނީ ލޯބީގެ ޑުޕްލިކޭޓެވެ!  

ވީމާ ކައިވެނިކުރުމަށްފަހު ދެމަފިރިންވެސް އެންމެ ބޮޑަށް ކުރަން އޮތް ކަމަކީ ދިރިއުޅުން ކުރިއަރުވަން ގަދައަޅައި މަސައްކަތްކުރުމެވެ. އެކަމުގައި އެމީހެއްގެ ދައުރު އެމީހަކު ވީހައި ރަނގަޅަކަށް އަދާކުރުމެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން

މިއަދު އޮންލައިން