ޑޮކްޓަރުކަން ކިޔެވުމަށް 7 ސްކޮލަރޝިޕަކަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
ޑޮކްޓަރުކަން ކިޔެވުމަށް 7 ސްކޮލަރޝިޕަކަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި

ބަންގްލަދޭޝްގައި ޑޮކްޓަރުކަން ކިޔެވުމަށް 7 ސްކޮލަރޝިޕަކަށް އެދުމުގެ ފުރުޞަތު މަތީ ތަޢުލީމާއި މަސައްކަތްކުރުމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، މި ސްކޮލަރޝިޕްތަކުގައި ކިޔެވޭނީ ބަންގްލަދޭޝްގެ ޔުނިވަރސިޓީތަކުންނެވެ. މިއީ ސާކްގެ ޤައުމުތަކަށް ހުޅުވާލި ސްކޮލަޝިޕް ޕްރޮގްރާމެއްގެ ތެރެއިން ރާއްޖެއަށް ހޯދައިދީފައިވާ ފުރުޞަތުތަކެކެވެ.

މި ސްކޯލާޝިޕްގެ ދަށުން ބެޗްލަރސް ޑިގްރީއަށް ޑޮކްޓަރުކަން ކިޔެވުމުގެ 7 ފުރުޞަތެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި އެމްބީބީއެސްގެ ބެޗްލަރސް ޑިގްރީގެ 6 ފުރުޞަތަކާއި، ބީޑީއެސްގެ ބެޗްލަރސް ޑިގްރީގެ 1 ފުރުޞަތު ހިމެނެއެވެ.

ވުޒާރާއިން އިތުރަށް ވިދާޅުވީ، މި ސްކޯލާޝިޕަށް ކުރިމަތިލާ ފަރާތްތަކުން މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް އިން ކަނޑައަޅުއްވާފައިވާ ޝަރުތުތައް ފުރިހަމަވާންޖެހޭނެ ކަމަށެވެ. އަދި އެދޭ ކޯހާއި ގުޅޭގޮތުން ބަންގްލަދޭޝް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ވެބްސައިޓްގައި ނުވަތަ ކޯސް ހިންގާ ޔުނިވަރސިޓީން އިތުރު ޝަރުތެއް ކަނޑައަޅާފައިވާނަމަ އެޝަރުތުތައްވެސް ފުރިހަމަވާންޖެހޭނެއެވެ.

ސްކޮލަރޝިޕަށް އެޕްލައިކުރާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ކެންޑިޑޭޓުން ނޮމިނޭޓް ކުރެވޭނެކަމަށް ވުޒާރާއިން ވިދާޅުވިއެވެ. އެއަށްފަހު ސްކޮލަރޝިޕަށް ހޮވޭ ދަރިވަރުން ކަނޑައަޅާނީ ބަންގްލަދޭޝް ހެލްތް ޕްރޮޓެކްޝަން އިންސްޓިޓިއުޓް (ބީއެޗްޕީއައި) ގެ ފަރާތުންނެވެ.

މި ސްކީމްގެ ދަށުން ކޯސް ފުރިހަމަކުރެވޭނެ ޔުނިވަރސިޓީތަކާއި ކޮލެޖްތަކުގެ މަޢުލޫމާތު މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށް ވުޒާރާއިން ވިދާޅުވިއެވެ.

މައި އެޑިޔު ޕޯޓަލް މެދުވެރިކޮށް ސްކޮލަރޝިޕަށް އެދި ހުށައެޅޭނެއެވެ. ހުށައެޅުންތައް ބަލައިގަތުމުގެ ސުންގަޑިއަކީ މިމަހުގެ 14 ވާ އަންގާރަ ދުވަހުގެ 12:00 ސުންމިނެޓެވެ.

މިއަދު އޮންލައިން