އާޚިރަތް ލިބިގަންނަން ބޭނުންނަމަ ޝައިޠޯނާގެ އެޖެންޓުން ތިބާ ޝިކާރަކޮށް ކަސްތޮޅުއަޅުވަން ބޭނުންކުރާ އުކުޅުތަކަށް ހޭލުންތެރިވާންޖެހޭ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
އާޚިރަތް ލިބިގަންނަން ބޭނުންނަމަ ޝައިޠޯނާގެ އެޖެންޓުން ތިބާ ޝިކާރަކޮށް ކަސްތޮޅުއަޅުވަން ބޭނުންކުރާ އުކުޅުތަކަށް ހޭލުންތެރިވާންޖެހޭ!: މުފްތީ މެންކް

ޝައިޠޯނުންގެ ކިބައިން ސަލާމަތްވެ ހުރުމަށްވުރެ ގިނަ ބައަކަށް އުނދަގޫވަނީ އިންސާނުންގެ ތެރޭގައި ތިބޭ ޝައިޠޯނުންގެ ކިބައިން ސަލާމަތްވެ ހުންނާށެވެ! ވީމާ ރަނގަޅަށް އަޑުއަހާށެވެ!  

ނަމާދުތައްކޮށް ޙިޖާބް އަޅައި ފޮރުވިގެން ތިބޭ އަންހެނުންނާއި އަދި ތަޤްވާވެރި ފިރިހެނުންގެ ގާތުގައިވެސް ބައެއް އެކުވެރިން ބުނެއެވެ. "ކަލޭ އަހަރެމެންނާއި ތަފާތުކަން އެނގެއެވެ. ނަމަވެސް އަހަރެމެންނާއިއެކު އަންނާށެވެ. އަހަރެމެންކުރާ ކަންކަން ކަލޭކުރާނެ ކަމެއް ނެތެވެ. އިރުކޮޅަކު މަޑުކޮށްލައިގެން ތިބެފައި އަހަރެމެން އެކުގައިދާނީއެވެ."  

ޔަޤީންކުރާށެވެ! ނުބައި އެއްވެސް ޢަމަލެއްކުރާ މީހަކު މިފަދަ ބަހެއް ބުނެފިނަމަ އެއީ ޝައިޠޯނުންގެ ތެރެއިންވާ މީހެކެވެ. ފުރަތަމަ ފަހަރު، ދެވަނަ ފަހަރު އެމީހުން ކުރާ ކަންތަކުގައި ބައިވެރިނުވެ މަޑުކޮށްލައިގެން އިނދެވިދާނެއެވެ. ނަމަވެސް 3 ވަނަ ފަހަރު އޮންނާނީ ކުޑަކޮށް ބައިވެރިވެވިފައެވެ. ދެން މަޑުމަޑުން ބައިވެރިވަމުން ގޮސް އިސާހިތަކު އޮންނާނީ އެމީހުން ފަދަ މީހަކަށް ވެވި އެމީހުން ކުރާ ކަންކަން ކުރަންފެށިފައެވެ.  

ޝީޝާ ބުއިން، ސިގިރޭޓްބުއިން، ޑްރަގް ބޭނުންކުރުން، ބަނގުރާބުއިން، ފާޙިޝް ޢަމަލުކުރުން ފަދަ ކޮންމެ ފާފައެއް ކުރާ މީހަކާއި ނުވަތަ ބައަކާއިއެކުގައި އުޅުނަސް މިބާވަތުގެ މައްސަލަތައް މެދުވެރިވާނީ ހަމަ މިގޮތަށެވެ.  

މިހެންމިވަނީ ކީއްވެގެންކަން އެނގޭ ހެއްޔެވެ؟ އެއީ ތިބާގެ ތަޤްވާވެރިކަން ބޮޑުކަމުން ޝައިޠޯނާއަށް ތިބާއާއި ވައިނޭޅުވުނީމައި ތިބާ އަތުލައިގަތުމަށްޓަކާ އިންސާނުންގެ ތެރޭގައި ތިބި ޝައިޠޯނުން ފޮނުވައިގެން މީދާހިފާ އުޞޫލުން ތިބާ އަތުލައިގަންނަނީއެވެ. މީދާ ހިފާދަތީގައި އޮންނަ ކާއެތިކޮޅު ފެނުނީމާ، އެއިގެ ވަސްދުވީމާ މީދާ ދަތިތެރެއަށް ވަންނަނީ އެއެތިކޮޅު ކައިލުމުގެ ބޭނުމުގައެވެ. މަޑުމަޑުންކަމުންގޮސް ވަކިހިސާބަކަށް ކެވޭއިރަށް ދަތީގައި ތާށިވަނީއެވެ. ތާށިވީމާ ސަލާމަތެއް ނުވެވޭނެއެވެ.  

ވީމާ ބުއްދީގެ ބޭނުންކުރާށެވެ! ޝައިޠޯނުންނާއިއެކުގައި ހިނދުކޮޅަކަށްވެސް ނުވާށެވެ. އެމީހުންގެ މަޅިއަކީ ހަމަ މީދާހިފަން ބޭނުންކުރާ ދައްޗެކެވެ. ތާށިކޮށްލާނެއެވެ. ސަލާމަތެއް ނުވެވޭނެއެވެ.  

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން