ތިމާގެ ރަނގަޅުކަމާ ތަނަވަސްކަންހުރިވަރާ ދީލަތި މީހެއްކަމާ ގިނަ އަންހެނުން ތިމާއަށް އެދޭވާހަކަ ދައްކާ މީހުންނަކީ "ފޭކް" މީހުން! އެމީހުންގެ އަޞްލު ސިފަ މުޅިން ތަފާތުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ތިމާގެ ރަނގަޅުކަމާ ތަނަވަސްކަންހުރިވަރާ ދީލަތި މީހެއްކަމާ ގިނަ އަންހެނުން ތިމާއަށް އެދޭވާހަކަ ދައްކާ މީހުންނަކީ "ފޭކް" މީހުން! އެމީހުންގެ އަޞްލު ސިފަ މުޅިން ތަފާތުވާނެ!

ހުޝިޔާރު އަންހެނުންނަކީ މީހުން ދައްކާ ވާހަކަތަކަސް ހެއްލޭނެ ބައެއް ނޫނެވެ. ވީމާ އެފަދަ އަންހެނެއްގެ ގާތަށް ގޮސް ތިމާގެ ރަނގަޅުކަމާ، ތަނަވަސްކަންހުރިވަރާ، ތިމާއަކީ ދީލަތި މީހެއްކަމާ، އަދި ގިނަ އަންހެނުން ތިމާއަށް އެދޭވާހަކަ ދައްކާ މީހުންނަށް އެމީހުން ސަމާލުކަމެއް ނުދޭނެއެވެ. އެއީ "ފޭކް" މީހުންކަން ވިސްނޭނެއެވެ.!  

މިބުނި ޒާތުގެ ވާހަކަތައް ދައްކައި އުޅޭ މީހުންގެ ޙަޤީޤަތަށް ބަލައިފިނަމަ އެމީހުންގެ އަޞްލު ސިފަ މުޅިން ތަފާތުވާނެއެވެ. ފެންނާނީ ދެއްކި ވާހަކަތަކާ މުޅިން އިދިކޮޅު ސިފަތަކެވެ.  

ހެޔޮލަފާ ރަނގަޅު މީހުން އެމީހުން އަމިއްލައަށް އެމީހުންގެ ރަނގަޅު ވާހަކަތަކެއް ނުދައްކާނެއެވެ. އެމީހުންގެ ރަނގަޅުކަން ދައްކައިދޭނީ ޢަމަލުތަކުންނެވެ. ލޯބިވާކަން ދައްކައިދޭނީ ތެދުވެރިކަމުންނެވެ. ދީލަތިކަން އަންގައިދޭނީ އެހީތެރިކަން ފޯރުކޮށްދީގެންނެވެ.  

ގިނަ ފަހަރު މިބުނި ފަދަ "ފޭކް" މީހުންނަށް އެމީހުންގެ މަޤްޞަދު ޙާޞިލުކުރެވެނީ އަންހެނުންގެ ސަބަބުންނެވެ. އެދައްކާ ވާހަކަތަކުގެ ބަލައިލުމެއް ނެތި އެމީހަކާއި ގުޅޭތީއެވެ. ކެތްތެރިވެލައިފިނަމަ އޭނާ ގެއްލިދާނެ ކަމުގެ ބިރުގަންނާތީއެވެ.  

އެއީވެސް ރަނގަޅު ވިސްނުމެއް ނޫނެވެ. އޭނާ ތިބާ އާއި ބައްދަލުކުރީ ތިބާދެކެ ލޯބިވެގެން ކަމަށްވާނަމަ އޭނާގެ ހުށަހެޅުމާއިމެދު ވިސްނާލަން ތިބާ މުއްދަތެއް ނެގުމަކީ އޭނާ ތިބާ ދޫކޮށްލައި ދުރަށްދާންޖެހެންވީ ސަބަބެއް ނޫނެވެ. ހިނގައްޖެނަމަ ޔަޤީންކުރަންވީ ޢޭނާއަކީ "ފޭކް" މީހެއް ކަމެވެ. އޮތީ އެކަމަށް އުފާކުރުމެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން

މިއަދު އޮންލައިން