ފަހުން ޞާލިޙް އަޅަކަށް ބަދަލުވެ ހެޔޮ ޢަމަލުކުރުންމަތީގަ މަރުވާން ވިސްނާ މީހުންނަށް ގާތީ ނުބައި ނިމުމެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ފަހުން ޞާލިޙް އަޅަކަށް ބަދަލުވެ ހެޔޮ ޢަމަލުކުރުންމަތީގަ މަރުވާން ވިސްނާ މީހުންނަށް ގާތީ ނުބައި ނިމުމެއް!: މުފްތީ މެންކް

މިދައްކަނީ ކާފިރުންގެ ވާހަކައެއް ނޫނެވެ. ަހަމަ މުސްލިމުންގެ ވާހަކައެވެ. ގިނަ ބައަކު މަޑުކޮށްގެން ތިބެނީ ފާފަކުރުންމަތީގައެވެ. ފަހުން ޞާލިޙް އަލަކަސްވެ ހެޔޮ ޢަމަލުތައް ކުރުމަށެވެ. ނަމަވެސް އެފަދަ މީހުންނަށް ގާތީ ނުބައި ނިމުމެއް ލިބުމެވެ. ސަބަބަކަށްވަނީ އޭނާގެ ނިޔަތް ﷲ ތަޢާލާ ދެނެވޮޑިގެންވާ ކަމެވެ. އޭނާގެ ނިޔަތަކީ ނުބައި ނިޔަތެއް ކަމެވެ.  

އެއްވެސް މީހަކަށް އެމީހާ މަރުވާނެ ވަގުތު ނުއެނގޭނެ ކަމާއި ކޮންމެ ވަގުތަކުވެސް މަރާއި ބައްދަލުކުރަންޖެހިދާނެ ކަމާއި ކޮންމެ ވަގުތަކުވެސް ދުނިޔެ ދޫކޮށް ދާންޖެހިދާނެކަން ކޮންމެ މުސްލިމަކުވެސް ޔަޤީންކުރެއެވެ. ހުރިހާވެސް ހިތާމައަކީ އެކަން އެނގިހުރެމެ އަމަލުނުކުރެވޭ ކަމެވެ. 

ފަހުން ޞާލިޙް އަޅަކަށް ބަދަލުވާން ހުއްޓައި ދުނިޔެ ދޫކުރަންޖެހޭ ކަމެވެ! އެފަދަ އަބާއްޖަވެރިންގެ ތެރޭގައި ނުވުމަށް ކޮންމެ މީހަކުވެސް އަބަދުވެސް ގަދައަޅައި މަސައްކަތްކުރަންޖެހޭނެއެވެ! ކިރިޔާވެސް ސަލާމަތްކަމެއް ލިބުން އޮތީ އެއިރުންނެވެ! 

"ތިއަބައިމީހުން ތަޤްވާވެރި ޞާލިޙް އަޅުންގެ ގޮތުގައި ނޫނީ މަރުނުވާހުށިކަމެވެ!" އޮތް ބަސްފުޅާއިމެދު ތިއަބައިމީހުން ވިސްނަމު ހެއްޔެވެ؟ އެ ބުނެނެވެނީ ކީކޭކަން ހިތަށްވަދޭ ހެއްޔެވެ؟ 

އެބަސްފުޅުގެ މާނައަކީ އެއްވެސް ޙާލެއްގައި ހިތަށް އެރިހައި ގޮތަކަށް ދުނިޔޭގައި އުޅުމަށްފަހު ތައުބާވެ ހެޔޮ ޢަމަލުތައް ކުރަންފެށުމުގެ ވާހަކައެއް ނޫނެވެ. އެއްވެސް މީހަކަށް އެމީހާ މަރުވާނެ ވަގުތު ނުއެނގޭއިރު އެއީ ކާކަށް ކިހިނަކުން ކުރެވޭނެ ކަމެއް ހެއްޔެވެ؟ 

"ތިއަބައިމީހުން ތަޤްވާވެރި ޞާލިޙް އަޅުންގެ ގޮތުގައި ނޫނީ މަރުނުވާހުށިކަމެވެ!" އޮތް ބަސްފުޅުގެ މާނައަކީ ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ އެންމެހައި ކަންކަމުން އަބަދުވެސް ދުރުހެލިވެގެން ހުރުމެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެ ކަންކަން ކުރުމުގައި ސާބިތުވެހުރުމެވެ. އެއިރުން އެފަދަ މީހުންގެ މަރު ކޮންމެ ވަގުތަކު ގެންދެވި ނަމަވެސް ގެންދަވާނީ ތަޤްވާވެރިއެއްގެ ގޮތުގައެވެ. ޞާލިޙް ޢަމަލުތައްކުރާ އަޅެއްގެ ގޮތުގައެވެ.

 

 -މުފްތީ މެންކުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން