ސްކާފް (ބުރުގާ) ނޭޅިޔަސް ސުވަރުގެ ވައްދަވާނެއިރު ކޮންމެހެން ޙިޖާބް އަޅަންޖެހެންވީ ކީއްވެ؟ މިއީ ގިނަ ބައަކު އަހުރެންނާއި ކުރާ ސުވާލެކެވެ. އަހުރެންގެ ޖަވާބު ވަރަށް ސާފެވެ. ފުރަތަމަ ކަމަކަށް ތިއަ ދައްކަނީ ސުވަރުގެ ވަނުމުގެ ވާހަކައެވެ. ސުވަރުގެ ވައްދަވާނީ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވެ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ދުނިޔޭގައި އުޅުނު މީހުންނެވެ.
މިވެނި ޝައިޚަކު މިހެންބުނި އެވެނި ޝައިޙަކު އެހެން ބުނި ކަމަށް ބުނެ ދައްކާ އެއްވެސް ވާހަކައެއް އަހުރެންނަކަށް މުހިންމެއް ނޫނެވެ. އަހުރެންނަށް މުހިންމީ ކީރިތި ޤުރްއާނެވެ. ﷲ ތަޢަލާގެ ވަޙީބަސްފުޅެވެ. ހިލޭ ފިރިހެނުންގެ ކުރިމަތީގައި އަންހެނާގެ އަޢުރައަކީ ކޮބައިކަމާއި ހިލޭ ފިރިހެނުންގެ ކުރިމަތީގައި އަޢުރަ ނިވާކުރަން ޖެހޭނެ ކަމަށް ﷲ ތަޢާލާ ވަޙީކުރައްވަވާފައި އޮތުމުން ދެން އިތުރަށް އެކަމުގައި ދައްކަންޖެހޭ އެއްވެސް ވާހަކައެއް އޮތްކަމަކަށް އަހުރެން ޤަބޫލެއް ނުކުރަމެވެ.
ދެން ތިއަދައްކަނީ އަޢުރަ ނިވާކުރުމަކީ ހަމައެކަނި ނަމާދުކުރަން ކުރަންޖެހޭ ކަމެއްގެ ވާހަކައެވެ. އެއްވެސް ޝައްކެއް ނެތެވެ. ނަމާދު ޞައްޙަވާނީ އަޢުރަ ނިވާކޮށްގެން ހުރެ ނަމާދުކުރުމުންނެވެ. އަކަމުން އަހުރެންނަށް ވިސްނޭ ގޮތްވެސް ބުނާނަމެވެ. އަންހެނަކު އެކަނި ހުރެ ނަމާދުކުރިޔަސް ނަމާދު ޞައްޙަވާ މިންވަރަށް އަޢުރަނިވާކުރަން ޖެހޭނެއެވެ. އަދި އެއިގެ އިތުރުން ހިލޭ ފިރިހެނުންގެ ކުރިމައްޗަށް ނުކުންނަ ނަމަވެސް ﷲ ތަޢާލާ އަންގަވާފައިވާ މިންވަރަށް އަޢުރަ ނިވާކުރަންޖެހޭނެއެވެ. ވީމާ މިދެޙާލަތުގައިވެސް ﷲ ތަޢާލާ އަންގަވާފައިވާ މިންވަރަށް އަޢުރަނިވާކުރަންޖެހޭނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ގުޅުންހުރި ލިޔުމަކާއި ވީޑިއޯއެއް!:
ބައްލަވާ ލައްވާ!: ނިވާވާން ޖެހޭތޯ އާއި ނިވާވާންވީ ކީއްވެ ކަމާއިމެދު ހިތުގައި ސުވާލު އުފެދޭ މީހުންގެ ވަރަށް ގިނަ ސުވާލުތަކަށް ޖަވާބު ލިބިގެންދާ ވީޑިއޯއެއް-
އަންހެނުން ނިވާވާން ޖެހޭތޯ ނޫންތޯ މިއީ މުސްލިމުންގެ މެދުގައިވެސް ވަރަށް ފޯރީގައި ކުރިއަށްގެންދާ ބަހުސެކެވެ. ލިޔުމުގައިވާ ވީޑިއޯއަކީ އަންހެނަކާއި ފިރިހެނެއްގެ މެދުގައި މިކަމުގައި ދެކެވިފައިވާ ވާހަކަތަކެއް ނުވަތަ ކުރެވިފައިވާ ބަހުސެއްގެ ވީޑިއޯއެކެވެ.
މޮޅުވީ ކާކުކަމަށް ބުރަވާކަށް ނެތީމެވެ. ވީޑިއޯ ބައްލަވައިލެއްވުމަށްފަހު ކިޔުންތެރިން ގޮތް ނިންމަވާށެވެ! ބުނަންކެރޭ ވާހަކަތަކަކީ ނިވާވާންޖެހޭ ކަމަށް ވަކާލާތުކުރިމީހާގެ ވާހަކައިގައި ވަރަށް މުހިންމު ނުކުތާތަކެއް ހުރިކަން އަނެކާ ޤަބޫލުކުރިކަމެވެ.
ނިވާވާންވީ ސަބަބަކީ އިންސާނާ އުފެއްދެވި ﷲ ތަޢާލާ އެކަންކުރަން އަންގަވާފައިވާތީއެވެ.
މުޖުތަމައު ދެކޭ ގޮތަށް އުޅުމުގެ ފައިދާއަކީ ކޮބައިހެއްޔެވެ؟ މުޖުތަމަޢު މީހަކާއިމެދު ދެކޭގޮތް އިރުކޮޅާ ބަދަލުވެސް ކުރެއެވެ. އަދި މުޖުތަމަޢު ބޭނުންވާ ގޮތަށް އުޅުނީތީ މަރުވުމަށްފަހު ކުރާނެ ފައިދާއެއް ނެތެވެ. އެއްވެސް ފައިދާއެއް ކުރާނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އުޅުނު ނަމައެވެ.
ﷲ ތަޢާލާގެ ދީލަތިވަންތަކަމުން ސުވަރުގެ ވައްދަވާނީ ކޮންބައެއް ކަމެއް ނުއެނގެއެވެ. އެނގޭވަރަކީ އަންހެނުން ނިވާވެގެން އުޅުމަށާއި ނިވާވާންޖެހޭ މިންވަރެއް ޤުރްއާނުގައި ބަޔާންކުރައްވަވާފައި އެބައޮތްކަމެވެ.
އަންހެނަކު ނިވާނުވެ ހުރުމަކީ އޭނާއަށް ބަލަން ފިރިހެނުންނަށް ޖެހެންވީ ސަބަބެއް ނޫނެވެ. އަންގަވާފައި އޮތީ އިސް ތިރިކުރުމަށެވެ. ފިރިހެނުންނަކީ އެކަމުގައި ކެތްތެރިކަން ކުޑަބައަކަށްވާތީ ބަލަނީއެވެ. އެެހްނ ކަންކަންވެސް ކުރަނީއެވެ.
ﷲ ތަޢާލާ އަންގަވާފައިވަނީ މަސްތުވެ އެކަމަށް ދެވިހިފުމުން ރިހެބަށް ދާކަށް ނޫނެވެ. މަސްތުވާ އެއްވެސް އެއްޗެއް ބޭނުން ނުކުރުމަށެވެ. ވީމާ އެކަމުން އެނގެނީ އިސްލާމް ދީނުގައި އޮތީ ރައްކައުތެރިވުން ކަމެވެ. ނިވާވާންވީވެސް ރައްކައުތެރިވުމަށެވެ.
ގުޅުންހުރި ވީޑިއޯ ބައްލަވައިލެއްވުމަށް:
https://www.youtube.com/watch?v=k8jjivj55rk