ކައިވެނިކުރުން ފަސްކުރަން ބޭނުންވަމުން ގައިގަ ބީހެވޭނަމަ އެވަނީ ކިހިނެއްކަން ވިސްނޭތަ؟: ޝައިޚް މާޖިދު މަޙްމޫދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ކައިވެނިކުރުން ފަސްކުރަން ބޭނުންވަމުން ގައިގަ ބީހެވޭނަމަ އެވަނީ ކިހިނެއްކަން ވިސްނޭތަ؟: ޝައިޚް މާޖިދު މަޙްމޫދު

ﷲ ތަޢާލާ އާދަމްގެފާނަށް އެންގެވީ ގިނިކަންޏާ ސުވަރުގެ ވަދެވަޑައިގަތުމަކަށް ނޫނެވެ. އަނބިކަނބަލުން ޙައްވާގެފާނާއިއެކު ސުވަރުގެ ވަދެވަޑައިގަތުމަށެވެ. އެކަމުން އެނގެނީ އާދަމްގެފާނަށް އަނބިކަބަލުން ޙައްވާގެފާނު ދެއްވެވީ ސުވަރުގެ ވެއްދެވުމަށްފަހުގައި ނޫންކަމެވެ.  

އެކަމުން އަހުރެމެން ދެނެގަންނަންޖެހޭ 2ކަމެއް އެބައޮތެވެ. ފުރަތަމަ ކަމަކީ ކައިވެނިކުރުމުގެ މުހިންމުކަމެވެ. މަސައްކަތްކުރަންވީ ދެމަފިރިން އެކުގައި ސުވަރުގެ ވަންނަން ކަމެވެ. އެހެންކަމާއިއެކުވެސް ގިނަ ބައެއްގެ މިއަދުގެ ޙާލަތަށް ބަލައިލަމާހިނގާށެވެ!  

ކައިވެނިކުރުމުގެ ވާހަކަ ދެކެވޭއިރަށް މިބުނެވެނީ އެކަން ކުރެވެން އޮތީ ތަންކޮޅެއް ފަހުން ކަމަށެވެ. އަދި މިތިބީ ކައިވެންޏަށް ތައްޔާރުވެގެން ނޫން ކަމަށެވެ. ކައިވެނިކުރެވޭނީ މިވެނި އެވެނި ކަމެއް ފުރިހަމަވުމުން ކަމަށެވެ.  

އެކަމަކު އެއިރުވެސް ދެމީހުން މިގެންދަނީ ޙަރާމް ގުޅުންތައް ހިންގަމުންނެވެ. ކައިވެނިކުރުމުން ކުރުން ހުއްދަވާ ކަންކަން ކުރަމުންނެވެ. މިވީ ކިހިނަކުން ހެއްޔެވެ؟ ގިނަ ބައަކަށް އުފާވެރި ދިރިއުޅުމެއް ނުލިބެނީވެސް މިވާގޮތަކާއިމެދު ވިސްނައިނުލެވޭތީއެވެ.  

މީސްތަކުންނޭވެ! ކައިވެނިކުރެވެން ނެތްކަމަށް ބުނަމުން ޙަރާމް ގުޅުންތައް ހިންގަން ބޭނުންވާނަމަ އެމީހަކު އެވަނީ ޝައިޠޯނުންގެ ތެރޭގައެވެ. އެފަދަ މީހަކާއި ގުޅިގެން އުޅޭނަމަ އެދެވެނީ ނަރަކައާއި ގާތްވަމުންނެވެ.  

ހިތާމައަކީ ބެލެނިވެރިންވެސް މިކަންކަމަށް ސަމާލުކަން ނުދީ ޝައިޠޯނާގެ މަގުން ކުރިއަށް ދިއުމުގެ ފުރުޞަތު ދަރިންނަށްދެމުން ގެންދާކަމެވެ. އެހެން އެވަނީ މިނުބައި އާދަ ޝައިޠޯނާ ގިރިޓީކޮށްދެމުން ގެންދާލެއް ބޮޑުކަމުންނެވެ. އާޚިރަތް ލިބިގަތުމަށްވުރެ ދުނިޔެ އުފާވެރިކޮށް ފުރިހަމަކުރަން ވިސްނޭތީއެވެ. 

ވީމާ އަހުރެންގެ އެދުމަކީ ޒުވާނުންވެސް އަދި ބެލެނިވެރިންވެސް މިކަންކަމަށް ބިރުވެތިވުމެވެ. ގައިގައި ނުބީހި ނުތިބެވޭނެ ނަމަ އަވަހަށް ކައިވެނިކޮށް ދެމަފިރިން އެކުގައި ސުވަރުގެ ވަންނަން މަސައްކަތްކުރުމެވެ.

 

- ޝައިޚް މާޖިދު މަޙްމޫދުގެ ދަރުސަކުން

މިއަދު އޮންލައިން