އަލްފާޟިލާ ޙުސްނާ މޫސާ އަވަހާރަވުމުގެ ހިތާމައިގައި، މަރުޙޫމާގެ ޢާއިލާއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަޢުޒިޔާގެ މެސެޖުގައިވަނީ މަރުޙޫމާ ޙުސްނާ މޫސާގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މާތްﷲ މިންވަރުކޮށް ދެއްވެވުމަށް އެދިވަޑައިގެންފައެވެ.
ޙުސްނާ މޫސާ އަކީ 2011 ވަނަ އަހަރު ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާގެ ޝަރަފް ސަރުކާރުން ދީފައިވާ އިބްރާހީމް ޙުސައިން ޒަކީގެ އަނބިކަނބަލުންނެވެ.
إِنَّا ِللهِ وَإِنَّآإِلَيْهِ رَاجِعُون
— Dr Mohamed Muizzu (@MMuizzu) January 3, 2025
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އިބްރާހީމް ޙުސައިން ޒަކީގެ އަނބިކަނބަލުން އަލްފާޟިލާ ޙުސްނާ މޫސާ އަވަހާރަވުމުގެ ހިތާމައިގައި، މަރުޙޫމާގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވަމެވެ.
މަރުޙޫމާ ޙުސްނާ މޫސާގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ… pic.twitter.com/iFSMIizLWG