ހަނދުމަކޮށްދިނުމެއް!: ކޮންމެހެން އެނގުންޖެހޭ މަޢުލޫމާތުގެ ތެރެއިން ތިބާގެ ދީން-: ޝައިޚް ޝާފިޢު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ހަނދުމަކޮށްދިނުމެއް!: ކޮންމެހެން އެނގުންޖެހޭ މަޢުލޫމާތުގެ ތެރެއިން ތިބާގެ ދީން-: ޝައިޚް ޝާފިޢު

- ތިބާގެ ދީނަކީ ކޮބާ؟ 

ޖަވާބު: އަހަރެންގެ ދީނަކީ އިސްލާމްދީނެވެ. އިސްލާމްކަމުގެ މާނައަކީ އެއްކައުވަންތަ ﷲއަށް ބޯލަނބައި ކިޔަމަންގަތުމާއި އެއިލާހުގެ އަމުރުފުޅުތަކާ އެއްގޮތްވާގޮތުގެ މަތީން ޢަމަލުތައް ބެހެއްޓުމެވެ. އަދި ޝިރުކާއި، އޭގެ އަހުލުވެރިންގެ ކިބައިން ބަރީއަ ވުމެވެ. މިކަމުގެ ދަލީލަކީ މާތް ﷲ ގެ މިއާޔަތްތަކެވެ.   

މާނައީ: "ހަމަކަށަވަރުން، ﷲ ގެ ޙަޟްރަތުގައި، ދީނަކީ އިސްލާމްއެވެ. (އިސްލާމްދީނެވެ.)". އަދި އެހެން ދަލީލެއްގައިވެއެވެ. 

އަދި މިއާޔަތުގެ މާނައީ: "އަދި ދީނެއްކަމުގައި އިސްލާމްދީން ނޫން ދީނެއް އެދޭމީހާ (ދަންނާށެވެ!) ފަހެ، އޭނާގެ ކިބައިން އެކަން ޤަބޫލުނުވެވޭ ހުއްޓެވެ. އަދި އާޚިރަތުގައި އޭނާ ވާނީ ގެއްލިހަލާކުވެގެންވާ މީހުންގެ ތެރެއިންނެވެ." އަދިވެސް އެހެން ދަލީލެއްގައިވެއެވެ 

މާނައީ: "އަދި މިއަދު ތިމަންއިލާހު ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ދީން ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންއިލާހު ތިޔަބައިމީހުންގެ މައްޗަށް ތިމަންއިލާހުގެ ނިޢުމަތް ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމްދީން އެއީ ތިޔަބައިމީހުންގެ ދީންކަމުގައި، ތިމަންއިލާހު ރުހިވޮޑިގެންފީމެވެ." 

މިދީން ބިނާވެފައިވަނީ ކޮން ކަންތައްތަކެއްގެ މައްޗަށް؟ 

ޖަވާބު: މިދީން ބިނާވެފައިވަނީ ފަސްރުކުނުގެ މައްޗަށެވެ. ފުރަތަމައީ ﷲ ފިޔަވައި ޙައްޤުގޮތުގައި އަޅުކަންކުރެވޭ އިލާހެއް ނުވާކަމަށާއި، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ އެއިލާހުގެ އަޅާ އަދި ރަސޫލާކަމަށް ހެކިވުމެވެ. އަދި ނަމާދު ޤާއިމުކުރުމާއި، ޒަކާތްދިނުމާއި، ރަމަޟާންމަހުގެ ރޯދަހިފުމާއި، ކުޅަދާނަކަން ލިބިގެންވާމީހާ ގެފުޅަށްގޮސް ޙައްޖުވުމެވެ.

 

- ޝައިޚް މުޙައްމަދު ޝާފިޢް

 

މިއަދު އޮންލައިން