ގިނަ ބައަކަށް މިހާރުވެސް އެދަނީ ދައްޖާލު ދައްކާނެ ފަދަ ސުވަރުގެއަށް ވަދެވެމުން-: ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ގިނަ ބައަކަށް މިހާރުވެސް އެދަނީ ދައްޖާލު ދައްކާނެ ފަދަ ސުވަރުގެއަށް ވަދެވެމުން-: ޢުމަރު ސުލައިމާން

އެއީ އުޅެން އޮތް އެންމެ ރަނގަޅު ގޮތް ކަމަށް ދެކެގެން ކާފިރުން ބުނާގޮތަށް އެމީހުން ދައްކާ މަގުން އުލެމުންދާ މީހުން މިހާރުވެސް އެދަނީ ދައްޖާލު ފައުޅުވެ އޭތި ދައްކާނެފަދަ ސުވަރުގެ ތަކަށް ވަންނަމުންނެވެ. ކަމުގެ ޙަޤީޤަތުގައި އެއްވެސް ތަފާތެއް ނެތެވެ. އެމީހުން ވަންނަމުން އެދަނީ ނަރަކައަށް ވަންނަމުންނެވެ. 

އަހުރެމެން ބިރުވެތިވާންވީ ﷲ ތަޢާލާއަށެވެ! މަސައްކަތްކުރަންވީ ﷲ ތަޢާލާގެ ސުވަރުގެ ވަނުމަށެވެ. ﷲ ތަޢާލާ ހެއްދެވި ސުަވރުގެ ވަދެވެން އޮތީ ﷲ ތަޢާލާގެ މަގުގައި ޘާބިތުވެ ހުރެވިގެންނެވެ. ކާފިރުން ދައްކާ ކަންކަމަށް ނޫނެކެވެ ބުނެގެންނެވެ. 

ލާފޭރާމާއި އުޅޭ އުޅުމާއި ކުރާ ކަންކަން ކާފިރުންނާއިއ އެއްގޮތްކޮށްގެން ވަންނަން ޖެހޭނީ ކާފިރުން ވައްދަވާނެ ތަނަށެވެ. އެއީ ނަރަކައެވެ. ޤިޔާމަތް ދުވަހުގެ އެންމެ ހައި ބާރުތަކެއް ލިބިވޮޑިގެންވަނީ ﷲ ތަޢާލާއަށެވެ. އެންމެ ކުޑަމިނުން ބަހެއް ބުނެވޭނީވެސް ﷲ ތަޢާލާ އިޒުނަ ދެއްވެވުމުންނެވެ. އަދި ކީއްހެއްޔެވެ؟ ބަލަން ކިތަންމެ ބޭނުންނުވިނަމަވެސް ޖެހޭނީ ﷲ ތަޢާލާ ދެއކްވިހައި ތަނެއް ބަލާށެވެ! އެންމެ ކުޑަމިނުން ލޯމަރައިވެސް ނުލެވޭނެއެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ! 

ދައްޖާލް މީސްތަކުންނަށް ދައްކާނެ އެންމެ ބޮޑު އެއްޗަކީ އޭނާގެ ސުވަރުގެއާއި ނަރަކައެވެ. ކައު އިތުރު ރަސޫލާ ވަނީ ދައްޖާލުގެ ސުވަރުގެއަކީ ނަރަކަކަމާއި އޭތީގެ ނަރަކައަކީ ސުވަރުގެކަން ޙަދީޘްފުޅު ކުރައްވަވައިފައެވެ.  ސުވާލަކީ އެހެންކަމާއިއެކުވެސް ގިނަ ބައަކު ދައްޖާލުގެ ސުވަރުގެއަށް ވަންނަނީ ކީއްވެގެން ހެއްޔެވެ؟ 

އެހެންއެވަނީ އެމީހުން ދުނިޔޭގައި އުޅުނު ގޮތުގެ ސަބަބުންނެވެ. ﷲ ތަޢާލާގެ ވަޙީ އަށާއި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ޙަދީޘްފުޅުތަކަށް ސަމާލުކަން ނުދީ ދުނިޔޭގައި އުޅުނީތީއެވެ. ދުނިޔޭގައި އުޅެން ﷲ ތަޢާލާ އަންގަވާފައިވާ ގޮތާއިމެދު ޣާފިލުވެގެން ދުނިޔޭގައި އުޅުނީތީއެވެ. ދިރިއުޅުމުގެ ޙަޤީޤަތަކީ ކޮބައިކަމާއި އުޅެންޖެހޭނެ ގޮތާއިމެދު ނުވިސްނައި ލޮލަށް ފެނުނުހައި ކަންކަމަށް ހެއްލި ޣާފިލުވެގެން ދުނިޔޭގައި އުޅުނީތީއެވެ. 

އެކަންކަމުގެ ސަބަބުން އޭނާއަށް ވިސްނަންޖެހޭ ކަންކަމަށް ވިސްނުމުގެ ބާރު އެދުވަހު ނުލިބެނީއެވެ. 

- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

 

 

 

 

 

މިއަދު އޮންލައިން