ދުނިޔޭގައި އަމާންކަމާއިއެކު ދިރިއުޅުމުގެ ފުރުޞަތު ﷲ ތަޢާލާ ދެއްވެވުމުން ގިނަ ބައަކަށް މިތިބެވެނީ ވަރަށް ބޮޑު ޣާފިލުކަމެއްގެ ތެރޭގައެވެ. އެއްވެސް މުޞީބާތެއް ކުރިމަތިނުވެ މުޅި ޢުމުރު ހޭދަކުރެވި އަދި ރަނގަޅު ، އަމާން ނިމުމެއްވެސް ލިބޭނެކަމުގެ އުންމީދުގައެވެ.
ނަމަވެސް ތިމާގެ ނިމުން ތިމާއާއި ބައްދަލުކުރާނީ ކޮން ވަޤުތަކު ކޮން ގޮތަކަށްކަން ހަމައެކަކަށްވެސް ނުއެނގޭނެއެވެ. ވިސްނައިލުން މުހިންމު ޙާދިސާއެއްގެ ހަނދާން އައުކޮށްލާނެމެވެ.
"ކެމަރޫންގެ ވެރިރަށުގައި މީހަކު މަރުވެގެން ޖަނާޒާ ބާއްވަމުން ދަނިކޮށް ހިނގި ބިންގަނޑު ކަނޑައިގެން ފޭބި ޙާދިސާއެއްގައި ސައުދަ މީހުން މަރުވެ އެތައް ބައަކަށް ސީރިއަސް ޙާލަތުގައި ހޮސްޕިޓަލްތަކުގައި ފަރުވާދެމުން އެބަ ގެންދެއެވެ." މިޙާދިސާ ހިނގާފައިވަނީ ،ީގެ 2 އަަހރުކުރިން ފުޓްބޯޅަ ކުޅޭތަނަކަށް މީހުން އެއްވި ވަޤުތެއްގައި 20 މީޓަރު އުހުން ފަސްތައް ފައިބައިގަތުމުންނެވެ.
މިއީ އާދައިގެ ކަމެއް ކަމަށް ނުދެކޭށެވެ. މިއީ ވަރަށް ވަރުގަދަ އިންޒާރެކެވެ! އެތަނުގައި ތިބި މީހުންނަށް އެކަންޏެއް ނޫނެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި ދިރިއުޅެމުން އަންނަ ހުރިހާ މުސްލިމުންނަށެވެ. "ތިއަބައިމީހުން ތިއަ ހީކުރަނީ މަރުވި މީހާގެ ސަންދޯއް ވަޅުލާފައި ދިއުމުން އެކަން ނިމުނީ ކަމަށް ހެއްޔެވެ؟ އެކަން އެނިމުނީ މަރުވި މީހާއަށެވެ! ތިބާ މަރުވާނެ ޙާލަތަކާއި ވަޤުތާއި ގޮތަކަށް ބިރުވެތިނުވަނީހެއްޔެވެ؟ ހުރި ޖާހިލުކަމެއްގެ ބޮޑުކަމާއިއެވެ.
ބިންގަނޑު ކަނޑައިގެން ފޭބުމާއި ބިންގަނޑު އަޑިއަށް ދިއުމުގެ ޙާދިސާތައް ދުނިޔޭގެ ކަންކޮޅުތަކުގައި ހިނގަމުންދާއިރު އަދި އެފަދަ ޙާދިށާތައް ހިނގުން ގިނަވަމުން އަންނައިރު އެކަންކަމަކީ ފަހުޒަމާނުގެ ޢަލާމާތްތަކުގެތެރެއިން ހިމެނޭ ކަމަށް ނުވިސްނައި ޣާފިލުކަންމަތީގައި ތިބެން ހެޔޮނުވާނެއެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން