ކޮންމެ ޖިންސަކުން ދަރިން ދެއްވެވިނަމަވެސް ޝުކުރުވެރިވެ ރަނގަޅު ގޮތުގަ ތަރުބިއްޔަތުކުރަން މަސައްކަތްކުރީމާ ދެދުނިޔޭގަވެސް އުފާވެރިކަން ދެއްވަވާނެ! އިން ޝާ ﷲ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ކޮންމެ ޖިންސަކުން ދަރިން ދެއްވެވިނަމަވެސް ޝުކުރުވެރިވެ ރަނގަޅު ގޮތުގަ ތަރުބިއްޔަތުކުރަން މަސައްކަތްކުރީމާ ދެދުނިޔޭގަވެސް އުފާވެރިކަން ދެއްވަވާނެ! އިން ޝާ ﷲ!

އެއްބައަކު އުޅެނީ ދަރިން ނުލިބިގެންނެވެ. އެކަމުގެ ކަންބޮޑުވުމުގައި ހުއްޓައި ދަރިން ދެއްވެވުމުން ކުރަނީ ޝަކުވާއެވެ. ދަރިންގެ ޖިންސާއި މެދުގައެވެ. ފިރިހެން ދަރިން ނުލިބުމުން ލިބޭ އާމްދަނީ މަދުވެދާނެތީއެވެ. އަންހެން ދަރިން ނުލިބުމުން ތިމާއާއި އަޅައިލާނެ ދަރިއަކު ނުހުރެދާނެތީއެވެ. 

އެހެން އެކަން ނުކުރާށެވެ! އަންހެން ދަރިންގެ ފަރާތުންވެސް ތަނަވަސްކަން ލިބޭނެއެވެ. އަދި ފިރިހެން ދަރިންގެ ފަރާތުންވެސް ބެލެހެއްޓުންތެރިކަންވެސް ލިބޭނެއެވެ. މައިންބަފައިންނަށް ޚަރަދުކުރަނީ ވަކިޖިންސެއްގެ ދަރިންނެއް ނޫނެވެ. އަދި އަޅާލައި ބަލަހައްޓަނީވެސް ވަކިޖިންސެއްގެ ދަރިންނެއް ނޫނެވެ. 

މައިންބަފައިންނަށް އޮތީ އެމީހުންގެ މަސްއޫލިއްޔަތު އަދާކުރުމެވެ. އެއީ ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތުކުރުމެވެ. ދެން އޮތްބައި ﷲ ތަޢާލާއަށް ވަކީލްކުރީމާ ހުރިހާ ކަމެއްވެސް މެދުވެރިކުރައްވަވާނީ ހަމަ އެންމެ ރަނގަޅަށެވެ. 

ވިސްނާށެވެ! ﷲ އިރާދަކުރެއްވި އަޅަކަށް ފިރިހެން ދަރިން އަދި އިރާދަކުރެއްވި އަޅަކަށް އަންހެން ދަރިން އަދި އިރާދަކުރެއްވި އަޅަކަށް ދަރިން ނުލިބޭ ގޮތުގައި ލައްވައެވެ. ލިބިފައި ތިބި ކުދިންނަށް އިސްލާމީ ތަރުބިއްޔަތު ދެވޭތޯ ގަދައަޅައި މަސައްކަތް ކުރާށެވެ. އެއިރުން އިންޝާ ﷲ ދެ ދުނިޔޭގައި ބާއްޖަވެރިކަން ލިބޭނެއެވެ. އިން ޝާ ﷲ

 

މިއަދު އޮންލައިން