ލޯބީގަ އަނިޔާ ލިބޭ ގިނަ އަންހެނުންނަށް އިތުރަށް އަނިޔާލިބެނީ ޙައްލުހޯދަން ނުބައި ވިސްނުމަކަށް ޢަމަލުކުރެވޭތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ލޯބީގަ އަނިޔާ ލިބޭ ގިނަ އަންހެނުންނަށް އިތުރަށް އަނިޔާލިބެނީ ޙައްލުހޯދަން ނުބައި ވިސްނުމަކަށް ޢަމަލުކުރެވޭތީ!

މިހާރުގެ ޙާލަތަށް ބަލައިފިނަމަ ގިނަ އަންހެނުންނަކީވެސް އަދި ފިރިހެނުންނަކީވެސް ނުބައި ތަޖުރިބާތަކެއް ކުރެވި އެކަމުގެ ހިތާމައިގައި އުޅެންޖެހިފައިވާ ބައެކެވެ. ސުވާލަކު އެހެންކަމަށްވާއިރު އިތުރު މީހަކާއި ލޯބީގެ ގޮތުން ގުޅޭނަމަ އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނީ ކޮންކޮން ކަންތައްތަކަކަށް ހެއްޔެވެ؟ 

ޖަވާބަކީ ފުރަތަމަ ކަމަކަށްވެސް ތިމާގެ ހިތުގައިވާ ޒަޚަމްތަކަށް މިހާރު މިފަށާ ގުޅުމުގެ ސަބަބުން ފައިދާކުރާނެ ކަމާއިމެދު ވިސްނަންވާނެއެވެ. އެކަމަށް އެހީތެރިވެދޭން އަނެކާ ތައްޔާރަށްހުރި މިންވަރާއިމެދު ސުވާލުކުރަންވާނެއެވެ. އަދި ގުޅުމުގެ ތެރެއިން އޭނާ ޙާޞިލްކުރަން ބޭނުންވަނީ ކޮންކޮން ކަންކަމެއްކަން އޮޅުންފިލުވަންވާނެއެވެ.  

މިޘާލަކަށް ބުނާނަމަ ލޯބިވެގެން އުޅުމަކީ އެއްވެސް ކަމެއްގެ ޙައްލެއް ނޫނެވެ. ޙައްލަކީ ކައިވެނިކުރުމެވެ. ވީމާ އަނެކާހުރީ ތިމާއާއި ކައިވެނިކުރަން ތައްޔާރުވެގެންކަން ޔަޤީންކުރަންވާނެއެވެ.  

މިޘާލަކަށް އެކެއްގެ ކިބައިން އޮޅުން ފިލުވަން ބޭނުންވާ ކަންކަމުގެ ވާހަކަ ދީނުގައި ހުއްދަ މިންވަރަށް ދައްކާށެވެ! އޮޅުންފިލުވަން ބޭނުންވާ ކަންކަން އޮޅުންފިލުވާށެވެ! ނަމަވެސް ލޯބިވުމުގައި ޢަމަލީ ސިފަ ޖައްސަންވާނީ އެލޯބީގެ ސަބަބުން ތިމާއަށް އުފާވެރިކަމެއް ލިބެން އޮތް ނަމައެވެ. މިބުނާ އުފާވެރިކަމަކީ ކައިވެނިކުރުމެވެ. ކައިވެނި ކުރެވެން ނެތް ނަމަ ލޯބިވުމަކުން ކުރާނެ ފައިދާއެއް ނެތެވެ. އިންތިޒާރުކޮށްލަން ޖެހުނަސް ކެތްތެރިވުމުން ކުރާ ފައިދާ މާބޮޑުވާނެއެވެ. އިން ޝާ ﷲ  

ގިނަ އަންހެނުންނަށް ލަނޑުލިބެނީ މިބުނި ގޮތް ދޫކޮށްލައި ލޯބީގެ ތެރެއިން ވަޤުތީ އުފަލެއް ލިބުނަސް އެންމެ ރަނގަޅު ކަމަށް ބެލެވޭތީއެވެ. ދުވަސްކޮޅަކަށް އެކުގައި އުޅެވުނަސް އެންމެ ރަނގަޅު ކަމަށް ބެލެވޭތީއެވެ. އަދި އެގުޅުމުގެ ތެރެއިން ކޮންމެވެސް ރަނގަޅު ގޮތްތަކެއް މެދުވެރިވެދާނެކަމަށްވެސް އުންމީދުކުރެވޭތީއެވެ.  

އަހުރެން ބުނާނީ މިފަދަ ވިސްނުންތަކަށް ޢަމަލުކުރުމުން ލިބޭނީ އިތުރު އަނިޔާ ކަމަށެވެ. ލޯބިވާންވާނީ ކައިވެނިކުރަން އެއްބަސްވާނަމަ ކަމަށެވެ. ނޫންނަމަ ލިބޭ ހިތްދަތިކަން ދާނީ އިތުރުވަމުން ކަމަށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން