ދީނުގަ ޢަމަލުކުރަން އޮންނަ އެންމެ ރަނގަޅު ގޮތަށް ޢަމަލުކުރުމަކީ ހައްދުފަހަނައަޅައިދިއުން ކަމަށްބުނާނަމަ އެކަން ބަލައިގަނެ ޢަމަލުކުރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ދީނުގަ ޢަމަލުކުރަން އޮންނަ އެންމެ ރަނގަޅު ގޮތަށް ޢަމަލުކުރުމަކީ ހައްދުފަހަނައަޅައިދިއުން ކަމަށްބުނާނަމަ އެކަން ބަލައިގަނެ ޢަމަލުކުރުން!

މީހަކަށް ހެޔޮ މަގު ވިސްނި ކުރިއަށްވުރެ ގިނައިން ނަމާދުކުރަން ފެށިނަމަވެސް އަދި ޖަމާޢަތުގައި ނަމާދުކުރަން ސަމާލުކަންޑޭން ފެށިނަމަވެސް އެއީ ހައްދުފަހަނައަޅައިދިއުން ކަމަށް ބުނާބައަކު އުޅެއެވެ. އެމީހުން އެބުނާ ބަހުން ލިބިގަންނަންވީ ހިތްވަރެވެ. އެހެނީ ތިމާއަށް ކުރިއަށް އެދެވެނީ ﷲ ތަޢާލާގެ މަގުގައެވެ. ތަޤްވާވެރިކަން ލިބިގަތުމުގައެވެ. ތަޤްވާވެރިކަން އިތުރުކުރުމުގައެވެ.  

ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި ހައްދުފަހަނައަޅައި ދިއުމުގައި ދެގޮތެއް އޮވެއެވެ. އެއްގޮތަކީ ﷲ ތަޢާލާގެ މަގުގައި ހައްދުފަހަނައަޅައި ދިއުމެވެ. ހެޔޮ ޢަމަލުތައް ކުރުމުގައި ހައްދުފަހަނައަޅައި ދިއުމެވެ. އެއިރުން ހައްދުފަހަނައަޅައި އެދެވެނީ ރަނގަޅު ގޮތުގައެވެ.  

ދެން އޮތީ ދެވަނަ ގޮތެވެ. އެއީ ޝައިޠޯނާގެ މަގަށް ހެއްލި ނުބައި މަގުން ކުރިއަށް ދިއުމެވެ. ﷲ ތަޢާލާއަށް ނުކިޔަމަންތެރިވެ ފާފަކުރުމުގައި ހައްދުފަހަނައަޅައި ދިއުމެވެ. ނުބައިކަން ބޮޑު، އަދި ތިމާގެ ނަފްސް ނަރަކައަށް އެއްލައިލެވޭނެ ހައްދުފަހަނައަޅައި ދިއުމަކީ އެއީއެވެ.  

އަދިއެހެން ކަމެއްވެސް އެބައޮތެވެ. އެއީ ދިރިއުޅެން ތިމާކުރަންޖެހޭ މަސައްކަތްނުކޮށް ޢާއިލާއަށް އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާނުކޮށް ހަމައެކަނި އަޅުކަން ކުރުމެވެ. މިއީ ރަނގަޅު ގޮތެއް ނޫނެވެ. އެހެނީ ދިރިއުޅެން މަސައްކަތްކުރުމާއި ޢާއިލީ މަސްއޫލިއްޔަތު އަދާކުރުމަކީވެސް ހަމަ އެކަންކަން ﷲ ތަޢާލާ އަންގަވާފައިވާ ކަންކަމެވެ. ﷲ ތަޢާލާއަށްޓަކައި އެކަންކަން ކުރުމުން އެއީވެސް ހަމަ އަޅުކަމެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ސުވާލު:. މޫނު ބުރުގާ އެޅުމަކީ ހައްދުފަހަނައެޅުން ކަމުގައި ބުނެއެވެ. އެ ކަމުގެ ޙުކުމަކީ ކޮބައިތޯ؟ އަދި މޫނު ބުރުގާ އެޅުމުގައި ދެ ލޯ ފޮރުވުމާ ނުފޮރުވުމުގައި ޘަވާބުމުގެ ގޮތުންނާއި ހައްދުފަހަނައެޅުމުގައި ތަފާތެއް ވޭތޯ؟  

ޖަވާބު:. ޝައިޠޯނާ ވަނީ އިންސާނުންނަށް ރީތި ހުތުރު އޮޅުވައިލައިފައެވެ. ކައިވެނި ކޮށްގެން ގުޅުން ހިންގީމައި ވަޙުޝީ މީހަކަށް ވެއެވެ. ކައިވެނިން ބޭރުގައި ނަމަ އެއީ އިއްފަތް ރައްކާތެރި ކުރުމެވެ. އަންހެނަކު އޭނާގެ އިއްފަތްތެރިކަން ރައްކަތެރި ކުރުމަށްޓަކައި މޫނު ނިވާކުރުމުން ހައްދުފަހަނައަޅައި ދިޔައީއެވެ. ބިކިނީގައި ނިކުތުމުން ޒަމާނަށް ފެތުނީއެވެ.  

އަޅުގަނޑުމެން އިންސާނުންނަށް ބުއްދި ދެއްވައި އެހެން މަޚުލޫޤުންގެ މައްޗަށް މާތް ކުރެއްވީ ސަބަތަކަކާއި ލައިގެންނެވެ. ވީމާ ޝައިޠޯނީ ވަސްވާތަކުން ދުރުހެލިވެ، ﷲ އާއި ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމްގެ މަގުން ހިނގަންޖެހެއެވެ. ދެ ލޯ ފެނުމަކީ ވެސް ފިތުނައަކަށް ވެދާނެ ކަމަށް ހީވާ ނަމަ، ފޮރުވުން ރަނގަޅެވެ.

 

ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން