"ވައްކަންކުރަން" ފަށައިފިނަމަ ބައިވެރިޔާއާ ކައިރިވާން އުނދަގޫވާނެ! އެއްދާންކުރުމާ ދުރަށް ޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
"ވައްކަންކުރަން" ފަށައިފިނަމަ ބައިވެރިޔާއާ ކައިރިވާން އުނދަގޫވާނެ! އެއްދާންކުރުމާ ދުރަށް ޖެހޭނެ!

ދެމަފިރިއަކު އެކުގައި ދިރިއުޅެމުން އެތަނުން އެކަކު ބައިވެރިޔާއަށް މަކަރު ހަދައި "ވައްކަންކުރަން" ފަށައިފިނަމަ ބައިވެރިޔާއާއި ކައިރިވެ އުޅެން އުނދަގުވާނެއެވެ. އެއްދާންކުރުމާއިވެސް ދުރަށް ޖެހޭނެއެވެ. އެނދުގެ ދެފަރާތުގަ ނުވަތަ ފުރަގަހަށް އެނބުރި އޮވެ ނިދަން ފަށާނެއެވެ. 

މިކަންކަން މިގޮތަށް ނުކޮށް ހަމަ ކުރިއާއި އެއްގޮތަށް އެކުގަ އުޅެވޭނީ ޕްރޮފެޝަނަލަ ވަޤުންނަށެވެ. އެއީ އެހައިގިނަ ބައެއް ނޫނެވެ. އެއިގެ އިތުރުން ހަށިގަނޑުގެ ބާރު ދެގުނައަށް ވަރުގަދަކުރުމުގެ ކުޅަދާނަކަން ލިބޭނީވެސް ވަރަށް މަދު މީހަކަށެވެ. 

ގިނަ އަނބިން ގޮވައިގެން ރިވެތި ގޮތުގައި ދިރިއުޅޭ ފިރިހެނުންގެ ކަންކަމަށް ބެލުމުންވެސް މިކަން އެނގޭނެއެވެ. އެމީހުން ކޮންމެ ރެއަކު ހުރިހާ އަނބިންގެ ގާތަކަށް ނުދާނެއެވެ. ދާނީ ރޭތައް ބަހައިގެންނެވެ. އެއީ ދާން ބޭނުންނުވާތީއެއް ނޫނެވެ. އެމީހުންގެ ހަށިގަނޑުގައި އެހައި ބާރު ނުހުންނަތީއެވެ. އެކަމުން އިސްތިސްނާވާނީ ވަރަށް މަދު މީހެކެވެ. 

ވީމާ ޞިއްޙީ ސަބަބެއް ނެތި ބައިވެރިޔާ ތިމާއާއި ދުރުހެލިވާން ފަށައިފިނަމަ އެކަމަށް އަޅާނުލައި ނުތިބޭށެވެ. އެއީ އަނބިމިހާ ނަމަވެސް އަދި ފިރިމީހާ ނަމަވެސް މެއެވެ. ސަބަބު ދެނެގަންނަން އަވަހަށް މަސައްކަތް ފަށާށެވެ. ކުރީ ކޮޅުގައި ސަބަބު ދެނެގަނެވިއްޖެނަމަ ޙައްލު ހޯދުން ފަސޭހަވެއެވެ. ވަޤުތު ފާއިތުވުމުން އުނދަގޫވާނެއެވެ. 

މިފަދަ މައްސަލަތައް ކުރިމަތިވަނީ ތެދުވެރިކަން ނެތުމުންނެވެ. ދިރިއުޅުމުގެ މުހިންމުކަމާއި އަގުވަޒަން ނުކުރެވޭތީއެވެ. އެކަންކަން ވިސްނޭނަމަ މިފަދަ ބޮޑެތި މައްސަލަތަކެއް ނުޖެހޭނެއެވެ.

 

--ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

މިއަދު އޮންލައިން